އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ.
03 ފެބުރުއަރީ 2024 - 06:43
އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 32 އަހަރު ޕޫނަމް މަރުވީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭނާގެ މެނޭޖަރު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ހަބަރު ކަށަވަރުކޮށްދީފަ އެވެ. ޕޫނަމް އަށް ކެންސަރު ޖެހުނުކަން އެނގުނުއިރު އޭނާ ހުރީ ވަރަށް އެޑްވާންސް ސްޓޭޖެއްގައި ކަމަށް ވެސް މެނޭޖަރު ބުންޏެވެ.
ޕޫނަމް އަކީ އޭނާގެ މޮޑެލިން ކެރިއަރުގައި ރާއްޖޭގައި ގިނަ ޝޫޓްތަކެއް ކޮށްފައިވާ މޮޑެލްއެކެވެ. ނަމަވެސް، ރާއްޖެ އާއި އިންޑިއާ ދެމެދު މިފަހުން ސޯޝަލް މީޑިއާގައި ހޫނުވި މައްސަލަގަނޑަށް ފަހު އޭނާ ވަނީ ޝޫޓިންތަކަށް ރާއްޖެ ނާންނަން ނިންމައިފަ އެވެ.
އޭނާ އެގޮތަށް ނިންމިއިރު، މިދިޔަ މަހު އޭނާގެ ފޮޓޯޝޫޓެއް ރާއްޖޭގައި ކުރަން ތާވަލުކޮށްފައި އޮތެވެ.
ރާއްޖޭގައި ފޮޓޯޝޫޓް ނުކުރާނެ ކަމަށް ބުނެ އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި އޭރު ބުނީ ރާއްޖެއިން އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރަށް މަލާމަތްކުރުން ބަލައިނުގަނެވޭ ކަމަށެވެ. އަދި ރާއްޖޭގައި ޝޫޓްކުރުމުގެ ބަދަލުގައި އޭނާ ދެން އިހުތިޔާރުކުރާނީ ލަކްޝަދީޕް ކަހަލަ އިންޑިއާގެ ރީތި ލޮކޭޝަންތައް ކަމަށް އޭނާ ބުންޏެވެ.
ޕޫނަމް މޮޑެލިންގެ ދާއިރާއަށް ނުކުތީ 2010 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު އޭނާ ވަނީ "ނަޝާ" ކިޔާ ފިލްމަކުން ބޮލީވުޑަށް ތައާރަފުވެފަ އެވެ. ނަމަވެސް، ފިލްމީ ދާއިރާގައި އޭނާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަ
03 February 2024
އޮންލީފޭންސް މޮޑެލްއެދޯ
ފަންކާ
04 February 2024
ހަމައެކަނި ފަންކާ އިސްތިހާރު ކުރާ މޮޑަލެއްތަ؟
ހަނީ ފަނީ
03 February 2024
މީނަ މަރު ފޭކް ކުރީ. ވަރަށް އިންސެންސިޓިވް، ވިޔާނުދާ ކަމެއް ޕަބްލިސިޓީ ސްޓަންޓަކަސް މި ބޮޑުވަރު. މީނަ އަށް އެޓެންޝަން ނުދީ.
އޫރު ސަހަރު
03 February 2024
ޕޫނަމް މަރެއް ނުވޭ! އޭނާ އެބަ ހަނާ އަޅާ!
ނަސޭ
03 February 2024
މީހުން ހޭލުންތެރި ކުރަން ޖެއްސި އެކްޓެއް އެއީ
ޠަަފަރް
03 February 2024
އޭނަ މަރު ނުވާކަމަށް އޮތީ.
ހިމާރުލްގައުމު
03 February 2024
މަރުވެ ކަށްވަޅުގަ އޮވެގެންތަ މިއަދު އޭނަ ލައިވަށް އަރާ ވާހަކަ އެއޮތީ އިއުލާނުކޮށްފަ
މާހިރު
03 February 2024
ކޮންމެ މީހަކުވެސް އެމީހަކު ހިތުހުރި ގޮތަކަށް ދުނިޔެމަތީގައި އުޅެމުންދަނީ، ކުއްލިއަކަށްވެސް މިތަން ދޫކޮށްފައި ދާންޖެހިދާނެކަން ހަނދާން ނައްތާލާފައެވެ. އެހެންނޫންނަމަ އެގޮތްގޮތަކަށް ނޫޅޭނެއެވެ. މުސްލިމުންގެ ތެރޭގައިވެސް އެކަންއޮތީ ހަމަ އެގޮތަށެވެ. ބަރާބަރަށް ނަމާދުކޮށްގެން އުޅޭ ބައެއްމީހުންވެސް މުދަލާއި ފައިސާ ހޯދުމުގައި ޙަރާމެއް ޙަލާލެއް ބަލާލާތަނެއް ނުފެނެއެވެ.
ދޮޅި
03 February 2024
ފިލްމީ ފަންނާނުން ގައުމުތަކުގެ ސިޔާސީ ޗަރުކޭސްގަނޑުގެ ތެރެއައްވަދެ، އެގައުމުތަކާ ފުރައްސާރަކޮއް ނެތިމޮށި، އިގްތިސޯދާ ޖައްސާލުމަކީ ވަރައް ދެރަ ނާތަހުޒީބުކަމެއް.