ހެލްތު މިނިސްޓްރީ ކައިރިން ލާފައި، މީހަކު ކުޑަކުއްޖަކާއެކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 ފެބުރުއަރީ 2024 - 17:02
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރީ-މެޑިސިންގެ ކޯސް އަނެއްކާވެސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރަން ފަށައިފި އެވެ.
ޕްރީ މެޑިސިންއަކީ ޑޮކްޓަރުކަމުގެ ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ނުވަތަ ޑެންޓިސްޓްރީ ކޯސް (ބީޑީއެސް) ކޯހަށް ޝަރުތު ހަމަކުރުމަށްޓަކައި އޭ ލެވެލްގެ ބަދަލުގައި ހަދާ އެއް އަހަރުގެ ކޯހެކެވެ.
އެކަމަކު މެޑިކަލް ކައުންސިލުން ޖެނުއަރީ، 2019 ގައި ނެރުނު ބަޔާނުގައި ބުނީ ޕްރީ މެޑިސިން ގަބޫލުކުރުން ހުއްޓާލަން ނިންމީ ބައެއް ގައުމުތަކުގެ އެ ކޯސްތައް ފަރުމާ ކޮށްފައިވާ ގޮތުން ދަރިވަރުންގެ ފެންވަރު ދަށްވާ ކަމަށް ފާހަގަ ކުރެވޭތީ ކަމަށެވެ.
އެއް އަހަރުގެ މުއްދަތަށް ޕްރީ މެޑިސިން ކޯސް ހިންގުމުގައި ނަމުގައި ބައެއް ގައުމުތަކުން ހަ މަސް ދުވަހުގެ މުއްދަތަށް ވެސް އެ ކޯސް ހިންގާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނަމަވެސް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު އެ ކައުންސިލުން ވަނީ އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
އޮގަސްޓް 22، 2023 ގައި ނެރުނު އުސޫލުގައި ބުނީ ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ފިޒިކްސް އަދި ހިސާބުން ސީ ގްރޭޑަށް ވުރެ ދަށުން ފާސްވެފައިވާ ދަރިވަރުން އެއް އަހަރު ނުވަތަ އެކަޑެމިކް 32 ހަފުތާގެ ޕްރީ މެޑިސިން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ.
ކުރިން ނެރުނު ބަޔާނުގައި ބުނީ ދިވެހި ދަރިވަރުންނަށް އަމާޒު ކޮށްގެން ބޭރުގައި ކުރިއަށް ގެންދިޔަ ޕްރީ މެޑިސިން ކޯސްތަކުގެ ސަބަބުން އެ ކުދިންނަށް ނަފްސާނީ އަދި މާލީގޮތުން ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެކަމަކު މި ފަހަރު އެ ބަދަލު ގެނައި ސަބަބެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
04 February 2024
އޭލެވެލް ނުހަދާ ޕްރީ މެޑިސިން ހަދައިގެން ތަންތަނުން ސެޓްފިކެޓް ގަނެގެން ޑޮކްޓަރުންގެ ގޮތުގައި އުޅޭ މުއްސަނދިންގެ ދަރިންނަށް ނޭގޭ ވާނުވާ ވެސް. ހިތުހުރި ބޭހެއް ލިޔަނީ. ޖީލެއް ހަލާކުކޮށްފި. އަޅުގަނޑު ކެޝްއަލްޓީއަށް ދިޔާމަ އޭގެ މުރަނގަ ގަސްދޮށު މާލިމީއެއް ދިން ބޭހަކުން ޢުމުރަށް މިހުރީ ޞިއްޙަތަށް ބޮޑު ގެއްލުމެއް ވެފަ. ކިތަންމެ ބަޔަކަށް އެކަން އެބަވޭ!
އަދީލާ
04 February 2024
ކޮލެޓީ ދަށް ސަރުކާރުގެ ސިޔާސީ މަގާމުތައް އެކަންޏެއް ނޫން ކޮލެޓީ ދަށް މި ކުރަނީ! ޕްރޮފެޝަނަލް ކަންކަމުގެ ކޮލެޓީވެސް ދަށް ކުރަމުން މި ދަނީ. މިއީ ހާދަ ދެރަ ކަމެކޭ
މީމްއަލިފް
04 February 2024
ހެޔޮނުވާނެ ދޯ! މިވެސް ކުޅޭ ކުޅޭ ކުޅިވަރަކަށް ހަދައިފި. އިންސާނުންގެ ފުރާނައިގެ ޒިންމާ ނަގަން ތިބޭ ޑަކްޓަރުންގެ ކޮންމެވެސް ފެންވަރެއް ހުންނަންވާނެ! ރަނގަޅު ޔުނިވާސިޓީއަކުން އެމްއެމްބީއެސް ކޯހުގައި ގިނަފަހަރަށް އޭލެވެލްގެ އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށްވެސް ހިފަހައްޓާލެވެނީ ކިރިޔާ. ދެން އަހަރެމެންވީ ގަބޫލު ކުރަން މި ފާސްނުވާ (ޔައުނީ ސީފާސް ނުލިބޭ) ގުރޫޕަށް ފީކަޅާ ކޮލެޖަކުން ޕްރީމެޑިސިން ހަދައިގެން ރަނގަޅު ފެންވަރު ހުންނާނެޔޭ؟؟ ވަޓް އަ ޖޯކް!
ޑޮކްޓަރ
03 February 2024
ކަމާ ބެހޭ އެއްވެސް ފަރާތެއްގެ ބަހެއްނެތް ލިއުމެއް. ޢެބަދަލުގެނެވުނީ މީގެއެތައްމެހެއް ކުރިން. ބަދަލުގެނެވުނުއިރު ޤަބޫލުކުރާނެ ޕްރީ މެޑިސިން ކޯހުގެ ޝަރުތުތައް ވަރައް ސާފުކޮށް ބަޔާން ކުރެވިފައިވޭ. ޢަދިގެނެވުނީ ވަރައްގިނަފަރާތްތަކެއްގެ ޝަކުވާއަށް.
ބައްޑާގޫ
03 February 2024
އޯގަސްޓް 2023 ގައި އުސޫލު ބަދަލުކުރީ އޭރުގެ ކޮންމެވެސް ބޮޑު މީހެއްގެ ދަރިއެއް އޭލެވެލްއިން ފާސްނުވެގެން ބޭރުގައުމެއްގައި ޕްރީ މެޑިސިން ކިޔަވާތީ އެމްބީބީއެސްއަށް ފުރުސަތުދޭން.
ޙަގިީގަތް
04 February 2024
ތީ ހަގީގަތް. މީ ކޮރަޕްޓް ގައުމެއް. ސިޔާސީމީހުންނާ އެބައިމީހުންގެ އާއިލާތަކަށް އެކަނި މިގައުމުގަ ކަންކަން ވަނީ. މެޑިކަލް ކައުންސިލުންދޭ ޓެސްޓުގެ ސުވާލުތައްވެސް ބަހާލީ 2018 ގެ ރިޔާސީ އިންތިޚާބައް.