އެމްއައިބީއިން ހުޅުވި ބިޒްނަސް ސެންޓަރު. -- ފޮޓޯ: އެމްއައިބީ
04 ފެބުރުއަރީ 2024 - 08:55
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިދުމަތް ހޯދާ ވިޔަފާރިތަކަށް ބޭނުންވާ ކަންކަން ފަސޭހައިން ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްޓަކައި ވިޔަފާރިތަކަށް ހާއްސަކޮށް ބަދަލުތަކެއް ގެނެސްފި އެވެ.
އެ ބަދަލުތަކުގެ ތެރޭގައި ބިޒްނަސް ބޭންކިން އަށް އަމާޒުކޮށް ނަގުދު ފައިސާގެ ހިދުމަތް ދޭ ކައުންޓަރެއް ހެޑް އޮފީހުގައި ބެހެއްޓުމާއި ބަލްކް ކޭޝްއާ ގުޅޭ ހިދުމަތް ދިނުމަށް ވަކި ކައުންޓަރުތަކެއް ހަމަޖެއްސުން ހިމެނެ އެވެ.
އެމްއައިބީ އިން ކުރިން ހިދުމަތް ދެމުން އައީ ހެނދުނު 8:30 އިން މެންދުރު 2:00 އާ ހަމައަށް ކަމަށް ވިޔަސް މިހާރު ވަނީ ހަވީރު 4:00 އަށް ވަގުތު އިތުރުކޮށްފަ އެވެ.
އެމްއައިބީ އިން ބުނިގޮތުގައި، ކާޑުން ނެގޭ އަދަދަށް ވުރެ ގިނައިން ފައިސާ ނަގަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް ހަވީރު 4 ޖެހުމާ ހަމައަށް ހެޑް އޮފީހުގެ ފުރަތަމަ ފްލޯއިން އެ ހިދުމަތް ލިބޭނެ އެވެ.
ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި އޭޓީއެމް މެޝިންތައް އިތުރުކުރުމަށް ނިންމާފައިވާނެ ކަމަށާއި އެ މެޝިންތަކުން 24 ގަޑިއިރު ހިދުމަތް ދޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ވިޔަފާރިތަކުން އާއްމުކޮށް ޗެކު ޖަމާކުރުމުގެ ހިދުމަތް ބޭނުންވާއިރު, އެ އޭޓީއެމްތަކުން އެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ބުންޏެވެ. ބޭންކިންގެ ހިދުމަތްތައް ދޭ ދުވަސްތައް އިތުރުކުރުމުގެ ގޮތުން، ކުރިއަށް އޮތް ރޯދަ މަހުގެ ފަހު 10 އާއި އީދު ބަންދުގައި ވެސް ވެސް ހިދުމަތް ދޭން އެމްއައިބީ އިން ވަނީ ނިންމައިފަ އެވެ.
އެ ބޭންކުން ބުނީ، އަލަށް ގެނައި ބަދަލުތަކަކީ ބިޒްނަސް ބޭންކިންގެ ކަސްޓަމަރުން އިތުރުވަމުން ދިއުމާ ގުޅިގެން ވިޔަފާރިތަކުން ބޭންކިންގެ ހިދުމަތް ހޯދުމަށް ފަސޭހަ މަގެއް ތަނަވަސްކޮށްދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށެވެ. އެއީ ބޭންކިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން ގެނައި ބަދަލުތަކެއް ކަމަށް ބުންޏެވެ.
ބިޒްނަސް ބޭންކިންގެ އިތުރުން ރީޓެއިލް ބޭންކިންގެ ހިދުމަތް ހޯދާ އާއްމު ކަސްޓަމަރުންނަށް ވެސް ހަވީރު 4 ޖަހަންދެން ހިދުމަތް ދިނުމަށް ވަނީ ނިންމައިފަ އެވެ. ރީޓެއިލް ބޭންކިންގެ ތަޖުރިބާ ފުރިހަމަ އަށް ދިނުމުގެ ގޮތުން އޮންލައިންކޮށް އެކައުންޓު ހުޅުވުމުގައި ސަޕޯޓު ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށް އެ ބޭންކުގެ ބިޒްނަސް ސެންޓަރުގެ ފުރަތަމަ ފްލޯގައި ކައުންޓަރެއް ވަނީ ހުޅުވައިފަ އެވެ. އެމްއައިބީގެ ހިދުމަތް ހޯދުމަށް އަންނަ އިސް ރައްވެހިންނާއި މާބަނޑު މީހުން އަދި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރުތަކެއް ވެސް އެމްއައިބީގެ ހެޑް އޮފީހުގައި ވަނީ ހުޅުވައިފަ އެވެ.
އެމްއައިބީ އަކީ އެ ބޭންކުގެ ރީޓެއިލް ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދޭ ބޭންކެކެވެ. އެ ބެންކުން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށް, ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށް އެ ބެންކުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ.
04 February 2024
އެމް.އައި.ބީ އަށް ކާމީޔާބީއަށް އެދެން. ބޭންކުން ދެމުން ގެންދާ ޚިދުމަތްތަކާމެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ. ޚިދުމަތް ލިބިގަންނަން ވަރަށްވެސް ފަސޭހަ ބޭންކެއް އެމް.އައި.ބީ އަކީ. އަދި މިހާރު ތިޔަ ގެނައި ބަދަލާއި ގުޅިގެން ކަސްޓަމަރުންވެސް ވަރަށްބޮޑުތަނުން އިތުރުވެގެންދާނޭކަމަށް ބެލެވޭ. އުފަލާއެކު ރައްޔިތުންނަށް ތިޔަ ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވަން.
އަލީ އިބުރާހިމް
04 February 2024
މިހާރުވެސް ލޯނެއްނަގަން ފޯމްލާފައި އޮނަތާ އެތައްދުވަހެއް ވެއްޖެ އަދިވެސް ލިބޭނެ އޭ ނުލިބޭނެ އޭ ވެސްނުބުނެ ބުނާއެއްޗަކީ މާގިނަ ފޯމްލާފައޮތިއްޔޯ މިކަން ވެސް އަވަސްކުރުން މުހިމް އެހެން ނޫނީ ބޭނުން ވެގެން ނަގަން އުޅުނުލޯނު ލަސްވެގެން އޭގެ ބޭނުން ކެޑުނީމަ ދެން ޖެހޭނީ ކެންސަލްކުރަން ..
ބޒވޒވސު
04 February 2024
ބައެއްކަންކަން ވަރަށް ރަނގަޅު. އެހެނަސް ރަނގަޅުކޯސްލަން ޖެހޭ ...ކަސްޓަމަރުން ވާނުވާގައި ނުބައިތިއްބުމަށް ގޮވާލަން. އަދި ފޯނު ނުނަގާކަން ފާހަގަ ކޮށްލަން. މިހާރު 20މިނިޓު ހޭދަވޭ. ކުރީގައި 1 މިނިޓުތެރޭ ނަގާ. ޗެޓުގެ ހާލުވެސް ރަނގަޅުކޮށްލަދެއްވާ. ޝުކުރިއްޔާ
ކަސްޓަމަރ
04 February 2024
އަސްލުވެސް. ކަސްޓަމަރ ބޭސް ބޮޑުވާ ވަރަށް ކަސްޓަމަރ ކެއަ ނުދޭ ކުރިއަކަށް. ގުޅައިގެން އެތައް އިރެއް ވާއިރުވެސް ނުނަގާ ފޯނެއް