ވިނަރެސް ފްލެޓްތައް: އެތަނުގެ ކުލިން 4200 އުނިކުރަން ސަރުކާރުން ނިންމާފައިވޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
05 ފެބުރުއަރީ 2024 - 13:13
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މިހާރުގެ އަގުން 4،200ރ. އެޗްޑީސީން އުނިކޮށްފައިވާއިރު އެގްރީމަންޓް އަލުން ނުހެދިޔަސް، އުނިކުރި އަދަދުން ފައިސާ ބަލައިގަންނަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ޑިސެމްބަރު މަހު ވައުދުވެވަޑައިގެންނެވި ގޮތަށް ވިނަރެސްގެ އަގު ކުޑަކުރިކަން އިއުލާންކުރީ މި މަހު އެވެ. އެ ބަދަލާ އެކު، ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9،000ރ. އާއި 13،000ރ. އާ ދެމެދުގެ އަދަދުތަކަކަށް ކުޑަވާނެ އެވެ. އެކަމަކު، އެކަން އާންމުންނަށް ސާފުވާ ގޮތަށް އެޗްޑީސީން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެކަމަކު މިމަހު އެޗްޑީސީ އަށް ވިނަރެސްގެ ކުލި ދެއްކި ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ކުލި ވަކި ކުޑަ ނުވާ ކަމަށެވެ. އެ މީހުން ކަންބޮޑުވުން ފާޅުކުރީ ކުލި ކުޑަވި ކަމަށް ބުނެ ކުރިއެކޭ އެއްގޮތަށް ފައިސާ ދައްކަން ޖެހުމުންނެވެ. އަދި ބައެއް މީހުން ބުނެފައި ވަނީ އަގުހެޔޮ ރޭޓުން ކުލި ނަގަން ފަށާނީ އެގްރިމެންޓް އާކޮށްގެން ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.
ވިނަރެސްގެ ކުއްޔާ ބެހޭ ގޮތުން އާންމުންނަށް އަރާފައިވާ އޮޅުންތަކާ ބެހޭ ގޮތުން އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އާ އެގްރީމަންޓް ނެތަސް ސިސްޓަމުން އެ ބަދަލު ދައްކާ ނަމަ، ކުލިން އެ އަގު އުނިވާނެ ކަމަށެވެ. އެކަމަކު ސިސްޓަމަށް ބަދަލު ގެނައުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި އެ މަސައްކަތް އަންނަ އާދިއްތަ ދުވަހާ ހިސާބަށް އެއްކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން އެކަމާ ގުޅިގެން ކުރި އިއުލާނުގައި ބުނީ ބޭންކު މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ވިނަރެސް ފްލެޓްތައް ގަނެފައިވާ މީހުންނަށް ވެސް، އާންމުކުރި ލުއިތައް ލިބޭނެ ކަމަށެވެ. ބޭންކު ލޯނަށް އެވްރެޖުކޮށް ދައްކަން ޖެހޭ އަދަދުން 4،200ރ. އެވްރެޖުކޮށް ކުޑަކުރާނެ ގޮތަށް ފްލެޓުގެ އަގުން ޑިސްކައުންޓް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އަމިއްލަ ފައިސާ އިން އެއްފަހަރާ އަގު އަދާކުރާ މީހުންނަށް ފްލެޓުގެ އަގުން ވެސް އެ ވަރުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.
ވިނަރެސް ފްލެޓްތަކުގެ މަހު ކުލި 10،000 ރުފިޔާއަށް ކުޑަކޮށްދޭން އެދި، އެ ފްލެޓް ލިބުނު މީހުންގެ ފަރާތުން ރައީސަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮރީގް
07 February 2024
އެގްރީމެންޓެއް ނުލިބޭ.... ކުލި ކުޑަކުރިކަން ނޭގޭ
ކޮރޮކަލި
05 February 2024
ހުސް ވަނީ އަންނަނީ ކިޔަނީ.. ކުޑަކުރި ޢަދަދުގެ ވާހަކަ އެޗްޑީއެފްސީ އަކަށް ވެސް ނާންގަާ.
ވހބޖޖ
05 February 2024
މިހެން ނޫހަށް އަރުވާނެ. މިހާރުވެސް އެތާ ކައުންޓަރަށް ގުޅާލަބަލަ. ބުނާނީ އެގްރިމެންޓް އާ ކުރަންދެން އެންމެ ކުރިން އޮތް ބޮޑުކުލި ދައްކަން
ވިނަރެސް ކޮމިޔުނިޓީ
05 February 2024
ސުކުރިއްޔާ ރައީސް މުއިއްޒު. ކެމްޕެއިންގަ ވިދާޅުވިގޮތަށް މިދެއްވާ ލުއިތަށް ބަލައިގަންނަނަން އަދި މަޖްލިސް އިންތިޚާބުގެ ކުރިން ވިނަރެސް ކޮމިޔުނިޓީ އިންއެދިފައިވާ ގޮތަށް 10000ރ އަށް މެއިންޓެނަސް ފީއާއެކު ކުޑަކޮށްދޭނެކަމަށް މަނިކުފާނުގެ ފަހަތުގައި މިތިބީ މަޖުލިސް ކާމިޔާބު ކޮށްދޭން. ވިނަރެސް ކޮމިޔުނިތީގެ ވޯޓު މަނިކުފާނާއެކު
ހުވަދޫ އަލިބެއްޔާ
05 February 2024
ނުދޭނަން ވޯޓެއް.. ކުލި ކުޑައެއް ނުވޭ..
ވިނަރެސް އާދިލާ
05 February 2024
މުއިއްޒު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް އެޗްޑީސީ ގެ އަމަލުން މިކަންތައް ފެންނަންޖެހޭ، ސާލިހުގެ ވެރިކަމުގައި އެޗްޑީސީ ސްލޯކަމުން މަހީކުރީ ސާލިހު ސްލޯއީ ކަމަށް. މިހާރުވެސް ހމައެހެން. ވާނުވާވެސް ނޭގޭ ގަމާރުން ގިނަތަނެއް އެޗްޑީސީ އަކީ. ވިނަރެސް ކޮމިއުނިޓީއަކީ ވިނަރެސްގެ ހުރިހާ ފްލެޓްވެރިން. މުއިއްޒު އެބަޖެހޭ މަޖްލިސް އިންތިހާބު ބޭނުމިއްޔާ އެޗްޑީސީ އަކީ ރަނގަޅަށް ފަންކްޝަންކުރާތަނަކަށް ހަދަން.
އޮނަރަބްލް އަފީފު ދީދީ
05 February 2024
ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމް ފުލެޓްތަކަކީ "ސަރުކާރުބައިވެރިވެގެން ހިންގާ ޤައުމީ ސްކޭމެއްގެ ގޮތުގައި" މިހާރު މިއޮންނަނީ ހަމަޖެހި ރައްޔިތުންވެސް އެކަމަށްހޭނިފައި. # މިކަަލަ ނުބައި އާދަތަކުންސަލާމަތްވާނީ ދުނިޔޭގައި މިފަދަކަންކަންކުރާގޮތަށް މިކަންތައްވެސް ކޮށްގެން. ސޯޝަލް ހައުސިންގސްކީމް ފުލެޓަށް ދޮގުމައުލޫމާތުދިނުން ހުއްޓުވުމަށާއި ފުލެޓްލިބުނީ ޙައްޤުމީހުނަށްކަން ކަށަވަރުކުރާން އެފަރާތްތަކުގެ މައުލޫމާތު ފޮޓޯއާއިއެކު އާންމުކޮށް ގެޒަޓްކުރައްވާ.