ދިވެހި ދިދަ: ނެމީބިއާގެ ރައީސް އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައި.-- ފޮޓޯ: ރައީސް އޮފީސް
05 ފެބުރުއަރީ 2024 - 17:35
ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދިވެހި ދިދަ ދެ ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
ސައުތު އެފްރިކާގެ ގައުމެއް ކަމަށްވާ ނެމީބިއާ ރައީސް ހާގޭ ގެންގޮބް އަވަހާރަވީ އިއްޔެ އެވެ. އުމުރުފުޅުން 82 އަހަރުގެ ހާގޭ ގެންގޮބް އަވާހަރަވީ ކެންސަރުގެ އާލަސްކަންފުޅުގައި އުޅުއްވަނިކޮށެވެ. އަދި އޭނާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދެވުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.
ނެމްބިއާއާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1990 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީސައިޑްބޮންޑް
05 February 2024
މުސްލިމެއްނޫނަސް އަހަރެންގެ އިހްތިރާމް! ސަބަބަކީ މިފަހަރު ސައުތްއެފްރިކާ ފަހަތުން އިޒްރޭލް ކުށްވެރިކުރަން އައިސީޖޭގަ އެންމެބޮޑަށް އެއްބާރުލުން ދިންއެއްޤައުމަކީ ނެމީބިއާކަމަށްވީމަ. އެވަރުނުވި ގިނަމުސްލިމް ޤައުމުތަކަށްވެސް.
66545
05 February 2024
ހާރިޖީ ގުޅުމާ ސިޔާސީގުޅުމާ ހުރި ތަފާތަކީ ކޮބާ؟
ހަސަނަނާ
05 February 2024
މުސްލިމު ޤައުމެއްނޫން، ރާއްޖެއާއި މާބޮޑުގުމެއް އޮންނަ ޤައުމެއްވެސް ނޫން!