ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރުންޏަށް ވަޑައިގަތުމުން އެ ރަށަށް ޒިޔާރަތް ކޮށްގެން އުޅޭ ބައެއް ފަތުރުވެރިން ރައީސަށް މަރުހަބާ ދަންނަވަން ވަނީ ނުކުމެފައި -- ފޮޓޯ: ރައީސް އޮފީސް
07 ފެބުރުއަރީ 2024 - 12:53
ތ. ބުރުނީގައި ލޯކަލް ޓޫރިޒަމަށް އިތުރަށް ދޮރު ހުޅުވައި، އިގުތިސާދީ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ތަސައްވުރު ގެންގުޅުއްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.
ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު ބުރުންޏަށް ވަޑައިގެން ރައީސް ވިދާޅުވީ، މި ރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މިހާރު ވެސް ރައްޔިތުން އިސްވެ ކުރަމުން އަންނަ ކަމަށާއި އެކަން އިތުރަށް ފުޅާވާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ބުރުނީގައި ލޯކަލް ޓޫރިޒަމްގެ ހިދުމަތް އިތުރަށް ފުޅާކުރަން ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި އެކަމަށް ހުރި ބައެއް ހުރަސްތައް ކަމަށްވާ ގޮނޑުދޮށް ގިރުމާއި ބަނދަރުގެ މައްސަލަ އަށް ވެސް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަަމަށެވެ.
އޭގެ އިތުރުން ރަށަށް އިގްތިސާދީ ކުރިއެރުން ގެނައުމަށް، ފަޅު ރަށްރަށް ކައުންސިލަށް ނަގައިގެން އިގްތިސާދީ ފައިދާ ނެގޭ ގޮތަށް ސަރުކާރުން މިހާރު ގެޒެޓު ކޮށްފައިވާ އުސޫލުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރުންޏަށް ޒިޔާރަތް ކޮށްގެން އުޅޭ ބައެއް ފަތުރުވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ރައީސް އޮފީސް
ބުރުނީ ކައިރީގައި ފަޅު ރަށެއް އޮތްއިރު، ރަށުގެ މީހުން އެދޭ ގޮތަށް ކައުންސިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅައިގެން އެ ރަށުން ޓޫރިޒަމް ނުވަތަ އިގްތިސާދީ ފައިދާ ލިބޭނެ ކަންކަން ކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ބުރުންޏަށް މިއަދު ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބުރުންޏަށް ވަރަށް ބޮޑު އިގްތިސޯދީ ކުރިއެރުމެއް ރައްޔިތުންނަށް ބޭނުންވާ ލިބޭ ފެންވަރުގެ ފުރުސަތުތައް އޮތް އޭގެ ތެރެއިން ހޯދައިދޭނެ ވާހަކަ ދަންނަވަން. ކައުންސިލް އަތްމަތީގައި އެކަން އޮތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި ރަށުގައި މިދިޔަ ސަރުކާރުން ފަށާފައި އަދި މިހާރު ހުއްޓިފައި މުހިންމު ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ ތަރުތީބު ކުރެވިގެން އެ މަޝްރޫއުތަކާއި އަދި އާ މަޝްރޫއުތައް ވެސް ފަށާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުމޭ
08 February 2024
ބުރުނީގެ ކިރިޔާވެސް ހިންގަން އިނގޭ ކައުންސިލަރުން ތިބިއްޔާ ބުރުނީ އެހެން ލެވެލް އަކަށް ގެންދެވޭނެ ޓޫރިޒަމް ގެ ދާއިރާއިން
ބުރުނީ އަންމަޑޭ
08 February 2024
ބުރުނީ ރައްޔިތުންނަށް މިވަރުގެ ވެރިއަކު ލިބޭނެތަ މީން ޒަމާނެއްގަ ވެސް؟ އިގްތިސާދީ ކުރިއެރުންތައް ރައްޔިތުންނަށް ލ؛ިބިގެން ދާނެކަން ޔަގީން
ހުމާމް
08 February 2024
ފުރަތަމަ ކަމަކަށް ގައުމުގެ އިގްތިސާދު އެބަޖެހޭ ކޮޅަށްޖަހަން. އެއާޕޯޓާ އެއްޗެއްހި ހުޅުވައިގެން ނޫނީ ނެތް މިކަމެއް ވާކަށް.
ވާހިދް
08 February 2024
ލޯކަލް ޓޫރިޒަމް އެއީ ކުރިއަރުވަން ވަރަށް މުހިންމު ސިނާޔަތެއް. އޭގެ ސަބަބުން އާންމު މީހާގެ ޖީބަށް ބޯކޮށް ޑޮލަރު ލިބިގެންދާނެ
ސިމްވާ
08 February 2024
ރާއްޖޭގެ މައި އެއާރޕޯޓް ނިމުނީމަ ދެން ފެނިގެންދާނެ ޓޫރިޒަމް ފުޅާވެގެންދާތަން، ހާއްސަކޮށް ލޯކަލް ޓޫރިޒަމް. 5 އަހަރު ނިމިގެންދިޔައީ ބަޔަކަށް އެއާރޕޯޓް ގަނޑުވެސް ނިންމާ ނުލެވުން
އާއިދާ މުހައްމަދު
08 February 2024
މިހެންވެ ބުނަނީ ރައީސް މުއިއްޒް ވަރެއް ނެތޭ. ހުރިހާ ރަށަކަށްވެސް ތަރައްގީ. ހުރިހާ އަތޮޅަކަށްވެސް ތަރައްގީ މިގެންނަނީ.
ބަލަގަ
08 February 2024
އައްދެެ މީ އާ ބަސްކޮޅެއްތަ. ވޭތުވެ ދިޔަ ފަސް އަހަރު ވެސް ހަމަ މިވާހަކަ ދެއްކީ
ރުވޭދާ އަލީ
08 February 2024
ރައީސް މުއިއްޒް ވާނީ ރާއްޖެތެރޭ ބޮޑުތަނުން ތަރައްގީކުރާނެ ރައީސައަށް.
ހާނިމް މުހައްމަދު
08 February 2024
މަރުހަބާ ބުރުނީ ރައްޔިތުން. ކާމިޔާބަށް އެދެން.
އަޒުވަދު
08 February 2024
ބުރުނީގެ ކައުންސިލް މެދުވެރިކޮށް އެ ރަށް ކައިރީގަ އޮތް ފަޅު ރަށް ފަތުރުވެރިންނާ އާންމު ރައްޔިތުންނަށް ގޮސް އުޅެވޭނެ ކަހަލަ ތަނެއް ގޮތަށް ހެދިދާނެ.
ނަބީލްް
08 February 2024
ރާއްޖޭގެ އެކިތަންތާގަ ހުއްޓިފައިހުރި މަސައްކަތްތައް އިރާދަކުރެއްވިއްޔާ އަލުން ފައްޓަވައި ނިންމަވައިދެއްވާނެ ރައީސް ޑރ މުއިއްޒު.