ހޯމް މިނިސްޓްރީގެ ޕީއެސް އަބްދުއްރަހްމާން އަދި ޓޫރިޒަމްގެ ޕީއެސް ނިލްފާ.-
07 ފެބުރުއަރީ 2024 - 15:57
ޓޫރިޒަމް މިނިސްޓްރީ އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީން އިސްތިއުފާ ދެއްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ، ޓޫރިޒަމްގެ ޕީއެސްއަކަށް ހުންނެވި ފާތިމަތު ނިލްފާ މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ހުށަހެޅުއްވީ އަމިއްލަ ސަބަބަކާ ހެދި ކަމަށެވެ. ހަމަ އެ ދުވަހު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕީއެސްއަކަށް ހުންނެވި އަބްދުލްރަހުމާން ސަލާހު ރަޝީދު ވެސް ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހްމާން އެ މަގާމާ ހަވާލުވެވަޑައިގަތީ އޭޕްރީލް 9، 2020 ގަ އެވެ. ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލްގަ އެވެ.
ޓޫރިޒަމްގައި މަސައްކަތްކުރައްވާ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިޔާގެ ޒިންމާތަކާ ނިލްފާ ހަވާލުވެވަޑައިގަތީ މާޗު 10، 2021 ގަ އެވެ.
ސީއެސްސީން މައްސަލަތަކެއް ބަލަމުން ދަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މިދިޔަ ހަފުތާގައި ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެހެންވެ، އެ ކޮމިޝަނުން ވަނީ އެ މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯމް ބޯއި
10 February 2024
ހޯމް މިނިސްޓްރީގަ ވަޒީފާގަ އުޅުނު ފަރާތެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ ތިކަން ތިވީ ރަނގަޅަކަށް
ވަޓު ގޯސް އަރައުންޑު
08 February 2024
ހޯމް މިނިސްޓްރީގެ ޕީއެސްއަށް ކީއްވެ އެހެން ހަދަންވީ... ގައިމު ކުރީ ސަރުކާރުނަ އައިސް ބޭތިއްބި މިޙަރު ބޮޑެތި މަޤާމުތައް "ލިބިފަ" ތިބި މީހުންވެސް ހަމަ އޭރު ތިބި ބޮޑެތި މަޤާމު ތަކުގަ
ވޯލް
08 February 2024
މީވެސް ހުއްޓެންޖެހޭ ކަމެއް. ޕީއެސްއެީ ވުޒާރާތަކުގެ މުވައްޒަފުންގެ ކަންކަންބަލާ ހިންގަންހުންނަ ފަރާތް.މި މައްސލަ މިދިމާވަނި ސަރުކާރުގެ ހިނގުމުގެ ތަޖުރިބާ އަދި ދައުލަތެއް ހިންގާ ގޮތް ނޭގެ އަދި އެކަށީގެންވާ ތައުލީމާ ތަޖުރިބާނެތް މީހުންއަށް މިނިސްޓަރުކަން ދިނީމަ. ވަޒީރުންނަށް އޮފީހުގެ ޕީއެސްއަށް ނުފޫޒު ނުފޯރުވޭނެހެން. މިހާރުވިއްޔާ ޕީއެސްކަމަށް ކުރިމަތިލާ ފާރަތްތަކުން މި އާދެވެނި ވަޒީރު ރުހޭ މީހަކަށް، އެންމެ ޤާބިލު މީހަަކަށް ނޫން. ޤާނޫނު އިސްލާހްކުރޭ.
ޓުކުރި
07 February 2024
ޢެޓަރނީ ޖެނެރަލްގެ އޮފީސް ޕީއެސް އިސްތިއުފާ ނުދޭތަ؟
ވޯލް
08 February 2024
ޢެޓަރނީ ޖެނެރަލްގެ ވަކީލުންގެ ފެނަވަރު ހިޔެެއް މަދަނީ ކޯޓުން ކުރި ހުކުމުން އެއޮތީ ފެންނަން. ތިޔަ ތަނަށް ވަންނަނީ ޕްރައިވެޓް ޕްރެކްޓިސް ކުރާ ވަކީލުން. ދައުލަތުގެ ވަކީލުންގެ ޒިންމާއަކީ ހައްްްގު ކަށަވަރުކޮށް ދިނިން. އިޖިރާއީ ނުކުތަނާގަ މައްސަލަ ބޭރުކޮށް ހައްޤު ނިގުޅާގަތުމެއްނޫން.ދ.ވަކީލުގެ ޒިންމާއެއް ނޫން އެއީ ސަރުކާރު ދިފާއު ކުރުން. ގޯސްކޮށް ކަންކަން ކޮށްފަ އޮތިއްޔާ ދެން އެކަން ނުވާނެހެން ސަރުކާރުގެ ވުޒާރާއަށް ރަގަޅު ކުރަން ލަދަ ދިނުން.
ގައިމުވެސް
07 February 2024
ޕީއެސް ބަދަލުވޭ. 20 އަހަރުވީ ޢިކޮނޮމިކް މިނިސްޓްރީގެ ޕީއެސް ތިމާގެ ކުދިންނާއި އެކު މަގާމުގެ ބަގުޑިބައަދާފަ. މަސައްކަތަކީ ޥިޔަފާރަވެރިން ބަސްއަހައިގެން ޓެނިސްކުލުއްވުން. ގައުމު ފާލުން ނެއްޓިފަ
ބާބް
07 February 2024
އެމްޑީޕީގެ އަގުލަބިއްޔަތު އޮތް ޕާލަމެންޓުންވަނީ މިނިސްޓަރު ބޭނުން ނުވާ މީހަކު ޕީއެސްއަކަށް ނުހުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައި. މިބަދަލުގެ ސަބަބުން ޕީއެސްއެއް ހުރުމުގެ ބޭނުން ގެއްލިދޭ. އަދި އެންމެ ގާބިލް މީހާޔަށް މަގާމް ނުލިބޭ. ޕީއެސް ވެސް ހޮވަންވީ ކޮންމެ ސަރުކާރަކާއެކު.
ސިވިލް ޖުހާ
07 February 2024
ތިޔަވާގޮތް އެބައެނގޭ. ތިޔަކަންކަމުން އެނގެނީ ތިޔަ ކޮމިޝަންގެ މިނިވަންކަން. ސަރުކާރު ބަދަލުވާކޮންމެ ފަހަރަކު ކިޔަވައިގެން ތިބި ޤާބިލު މީހުންގެ ކޮންޓްރެކްޓްވެސް ހަމަނުވަނީ ބިރުދައްކައިގެން އިސްތިއުފާ ދޭން ޖެހުމަކީ ވ ބޮޑުގޯހެއް. ވަޒީރުނުރުހިއްޖެއްޔާ އެދެންނިމުނީ. ކޮންމެ ކަމަކަށް ޤާނޫނުއޮވެ ރައްޔިތުންނަށް އޭގެން ރައްކާތެރިކަން ނުލިބޭ މިޤައުމުގަ. ސަރުކާރަށް ސަނާ ކިޔައިގެން ހައްޤު ހޯދުމަށް ކީއްކުރާހާ ޤާނޫނުތަކެއްތޯ.