ޓެކްސް އިދާރާ މީރާ. މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ ދަށްވެފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
13 ފެބުރުއަރީ 2024 - 11:24
މިދިޔަ މަހު ޓެކްސް އިދާރާ، މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިތުރުވިޔަސް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީ މަހު ޑޮލަރުން ލިބުނީ 90 މިލިއަނެވެ. އެއީ މިދިޔަ އަހަރު އެ މަހު ލިބުނު ވަރަށް ވުރެ 10 މިލިއަން ޑޮލަރު މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި ޑޮލަރުން 100 މިލިއަން ލިބުނެވެ.
މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ދަށްވީ ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން ލިބުނު އަދަދު މަދުވުމުންނެވެ. ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޑޮލަރުން ލިބުނީ، 62 މިލިއަނެވެ. މިދިޔަ އަހަރު ޓީޖީއެސްޓީން ދައުލަތަށް 80 މިލިއަން ޑޮލަރު ލިބުނެވެ. ޑޮލަރުން ލިބުނު ޓެކްސް މަދުވިއިރު، މި އަހަރު ދިވެހި ރުފިޔާއިން ޓީޖީއެސްޓީއެއް ނުދައްކަ އެވެ.
އޭގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 16 މިލިއަން ޑޮލަރު ލިބުނެވެ. އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ވެސް ހަ މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ޑޮލަރުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ދައުލަތަށް ޖުމްލަ އާމްދަނީ މިދިޔަ މަހު އިތުރެވެ. މިދިޔަ މަހު ވަނީ 3.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ ކުރީ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު 152 މިލިއަން އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ޓެކްސްގެ ގޮތުގައި ރުފިޔާއިން ލިބުނު އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ޖެނުއަރީ މަހަކީ އެންމެ ބޮޑު އަދަދެއްގެ ޓެކްސް އާމްދަނީ ވަންނަ މަހެވެ. މިދިޔަ މަހުގެ އާމްދަނީ އަކީ މީރާއަށް އެއް މަސް ތެރޭ އެންމެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ދެއްކި މަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
13 February 2024
ރެމިޓެންސް ޓެކްސް ތައާރަފް ކުރޭ! ބިދޭސީ ރައްޖެ އައުމަށް ވިސާދޫކުރެވިފައިވާ މުސާރާގެ އަދަދައް ވުރެ އިތުރަށް ފައިސާ ބޭރުކުރުން ލިމިޓް ކުރައްވާ!
ޑޮލަރުނުވަދޭ
13 February 2024
އެންމެބޮޑު އާމްދަނީއެއް ރިސޯޓުތަކައް ލިބެނީ ރޫމް ވިއްކައިގެން. އެފައިސާ އާންމުކޮށް ޖަމާވަނީ ބޭރުގެ އެކައުންޓުތަކައް. މިއީ ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައެއް. އެކަމަކު އެފައިސާ ރާއްޖޭގެ އިކޮނޮމީއަށް ނުވަދޭ. ހަގީގަތުގައި ރިސޯޓުތަކުގެ އާމްދަނީ ވަކިމުއްދަތަކައް ރާއްޖޭގައި ބަހައްޓަންޖެހޭ. އޭގެން ބައެއް ރާއްޖޭގައި މާރުވެސް ކުރަންވާނެ. މިނޫންގޮތަކަށް ޑޮލަރުގެ މައްސަލަ ހައްލުނުކުރެވޭނެ
ލކލކ
14 February 2024
ވަރަށް ރަނގަޅު ކޮމެންޓެއް. ބިނާކުރަނިނި ޚިޔާލަކީ ކޮމެންޓް ސެކްޝަނުން ވަރަށް ނުފެންނަ އެއްޗެއް. އެކަމަކު މަތީގައި އެވަނީ ގައުމަށް ފައިދާ ކުރަނިވި ޚިޔާލެއް.
ކަޗޯރު ސަރުކާރު.
13 February 2024
އާމްދަނީ އިތުރުވިޔަސް، ރައްޔިތުން އުޅެން މިޖެހެނީ މިދިޔަ އަހަރު މިމަހަށް ވުރެ އެތައްގުނައެއް ފަހަތުގައި. ރައީސް މުއިޒު އިސްތިއުފާދިނުން މާރަނގަޅުވާނެ ރައްޔިތުން ބިކަނުކޮށް. ދައްކާވާހަކަ ދިމަލެއްނުވޭ. މިސަރުކާރު ބޮޑުތަނުން ފެއިލް.
4443
14 February 2024
ރައްޔިތުން ހޮވި ވެރިއެއް. ރައްޔިތުން ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ދަށުން 5 އަހަރަށް ހޮވީ. އެހެންވީމަ ކަޗޯރަކު ބުނެލާ ބަހަކުން މަގާމުން ދުރެއްނުކުރެވޭނެ. 5 އަހަރު ކެތް ކޮށްލާ. ނިމިދިޔަ 5 އަހަރު ލޯނު ނަގާ ގައުމު މާޒީގައި ނުދަރާ ވަރަށް ދަރުވާލާ މޫކޭ މެން ލައްވާ ބޮޑެތި ކޮރަޕްޝަންތައް ހިންގުވި އިރުވެސް ކަޗޯރުމެން ހަމަ ތިބީނު. ޖީއެސްޓީ %8 އަށް ހަދާ ކޮތަޅުން 2 ރުފިޔާ ނެގިއިރު ނުވި ދައްޗެއް ދެން ނުވާނެ.
ސީޒަން ޖެކުހަން
13 February 2024
ރިސޯޓުއޯނަރުން މަޖުލީހަށް ހާޒިރުކުރޭ!
ހޮޅިބޯ
13 February 2024
ރިސޯޓް އޯނަރުން ޓެކްހަށް މަކަރު ހަދަނީދޯ؟
ހާސަރު
13 February 2024
ގެސްޓްމީހާ ދައްކާ ޓެކްސް އަމިއްލަ އަށް ދައްކަން ބޭނުންނަމަ ސީދާ އެމީހާއަށް ދެއްކޭކަހަލަ ޕޯޓަލެއް ހަދަންވީ އޭރުން ބޮޑުތަނުން ޓެކްހަށް ލިބޭ ޑޮލަރ އިތުރުވާނެ. ކޮންމެސް އެންޖީއޯ އަަކުން ގެސްޓުން އަމިއްލަ އަށް ޓެކްސްދައްކަން ހިތްވަރުދޭން ފަށަންވީ.
ހާސަރު
13 February 2024
ޓީޖީއެސްޓީ ބޮޑުކުރީމަ ގިނަ ރިސޯޓްތަކުން ވިއްކާރޭޓް ދައްކޮށްގެން މީރާއަށް ޓެކްސްދައްކާތީ ވާގޮތްތީ. އާއްމު ރައްޔިތުންނަށް ޚިދުމަތްދޭން ގެސްޓްމީހާ ދައްކާ ޓެކްސްކޮޅުވެސް ހަމައަށް ދޭން ބޭނުންނުވާ ބަޔަކު ޓްއަރިޒަމް ވިޔަފާރީގައި ގިނައީ. ލަންކާގައި ހެދިގޮތަށް ޓެކްސްނެގުމުގައި ބަލާނެ ރޭޓްތަކެއް ކަނޑައަޅަންވީ އޭރުން ޑޮލަރވެސް ލިބޭނެ. ރިޒޯތް އޯނަރުން ދުވަހަކުވެސް ހިތެެއް ނުފުރޭނެ.
ިމިންގަނޑު
13 February 2024
އެކަމަކު އަންނަ ޓުވަރިސްޓުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން. އަނެއްކާ އެބައިމީހުން ޓީޖިސްޓީއާއި އެހެނިހެން ފީތައް ނުދައްކަނީބާ..
ސޭކިސްތާން
13 February 2024
ބޯގިނަވިޔަސް ހޭދަކުރާ ރޭ މަދު. ގިނައީ ގެސްޓް ހައުސްއަށް އަންނަ މީހުން. ރިސޯޓްއަށް މަދު.
ޑޮލާރ
13 February 2024
އަދި އެއް ފަހަރު ޖެނުއަރީ 2024 ގެ މަންތްލީ ކަލެކްޝަން ބަލާލަބަލަ. އަހަންނަށް ފެންނަނީ 102.70 މިލިއަން ޑޮލަރު
ތުރާކުނޭ
13 February 2024
އަދިވެސް ގަބީލާ ސްޓައިލަށް ގައުމު ހިންގަން މިއުޅެނީ މިގައުމު ހަލާކު ކުރަނީ މިތަނުގަ އުޅޭ ވިޔަފާރި ވެރިން ނާއި އެމީހުން އަތުން ރިސްވަތު ކައިގެން އުޅޭ ސިޔާސީ މިހުން ، މިކަމުގެ ސަބަބުން ނިކަމެތިން އަށް އަބަދުވެސް ސަލާމް ޖެހުން އޮންނަނިީ ، މިހާރު މިޖެހެނީ ޑޮލަރަށް ސަލާމް ޖަހަން
ކަލީމް
13 February 2024
މީރާއިން ބަލަންޖެހޭ ރިސޯޓުތަކުން ހިސާބަށްވުރެ ދަށްކޮށް ރޫމް ތައް ޓެކްސް ހެވަން ތަކުގައި ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށް ވިއްކާ ޖީއެސްޓީއަށް މަކަރުހަދާ އޮޅުވާލާ ފަރާތްތައް. 5 ސްޓަރ ރިސޯޓެއްގެ ރޫމެއް ގެސްޓްހައުސްއެއްގެ ރޫމް ރޭޓަށްވުރެވެސް ދަށްކޮށް ވިއްކިކަމަށް ޖެހިއަސް މީރާއަށް ހަމަ އޯކޭ.