ޚަބަރު / ގޭންގް ހަމަނުޖެހުން

ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާ ގުޅިގެން ހަތަރު ވަނަ މީހަކު ހައްޔަރުކޮށްފި

މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން. -- ފޮޓޯ | މިހާރު

ގަލޮޅު ދަނޑުގައި މިދިޔަ ބުދަ ދުވަހުގެ ހަވީރު ބޭއްވި ފުޓްބޯޅަ މެޗެއްގެ ތެރެއިން ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރު ކުރި ހަތަރުވަނަ މީހަކީ މއ. ފިއްލަދޫގޭ އިބްރާހިމް ލުބާން އަބްދުﷲ، 20 އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދިނީ އިއްޔެ އެވެ.

ބަންދުގެ އަމުރުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރުދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމެވެ.

ކޯޓު އަމުރުގައި ބުނީ ލުބާން އަކީ ހައްޔަރު ބަންދުގެ ފަސް ރެކޯޑު އޮތް މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް އެ ބާވަތުގެ ދެ ރެކޯޑު ވެސް އޮތް ކަމަށެވެ. ނަމަވެސް އޭނަ ވަނީ މިހާތަނަށް އޭނާގެ މައްޗަށް އެ ބާވަތުގެ ކުށެއްގެ ދައުވާއެއް އުފުލާފައި ނުވަތަ ސާބިތުވެފައި ނުވާ ކަމަށް ބުނެފަ އެވެ.

އަދި އޭނާ އަކީ ތަކުރާރުކޮށް ފުލުހަށް ހާޒިރު ކުރާ މީހެއް ނޫން ކަމަށާއި ކުށުގެ ވެށީގައި އުޅޭ މީހެއް ނޫން ކަމަށް ވެސް ލުބާން ވަނީ ބުނެފަ އެވެ.

ލުބާން އަށް ބަންދުގެ މުއްދަތު ޖެހީ އެ ދުވަހު ދަނޑުގައި ހިންގި ހަމަނުޖެހުމުގައި ދަނޑަށް އަރައި މާރާމާރީ ހިންގި މީހުންނާއެކު އޭނާ ހުރި ކަމަށް ބެލެވޭތީ އާއި ލުބާންގެ އަމަލުތައް ހުރީ މާރާމާރީ ހިންގި މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ކަން ފުލުހުން ދީފައިވާ ބަޔާނުގައި ބުނެފައިވާތީ އެވެ.

ވިކްޓަރީގެ އެނަޓޮލީ އަށް ސަޕޯޓަރުންތަކެއް ހަމަލާދޭއިރު ސޮބާ އާއި ޓީމުގެ އެހެން ބައެއް ކުޅުންތެރިން އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: މިހާރު

ނަމަވެސް މާރާމާރީ ހިންގުމުގައި ނުވަތަ އެކަމަށް ހިތްވަރު ދިނުމުގައި އިސް ދައުރެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އެއީ ޖަމާއަތް ހަދައިގެން ހިންގި ކުށެއް ކަމަށް ފުލުހުން ބުނެފައިވާ ނަމަވެސް އެ ދުވަހު ދަނޑުގައި ހިންގި މާރާމާރީއަކި އެގޮތަށް ހިންގި އަމަލެއް ކަމަށް ބެލެވުމަށް ވުރެ އެއީ ޖަޒުބާތުގައި ޖެހި ކުއްލިއަކަށް ހިންގި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ފުލުހުންނަށް ލުބާން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ މާރާމާރީ ހިންގަމުންދާތީ އެ މަންޒަރު ބަލަން އޭނާ އެތާ ހުރީ ކަމަށެވެ. އަދި އޭނާ އަކީ އެ ތަނުގައި ކަން ހިނގާދިޔަ ގޮތުގެ ހެއްކެއްގެ ގޮތުގައި ބަލަން ޖެހޭ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގި ފަހުން ގިނަ ދުވަސްތަކެއް ވެފައިވާތީ މުއާލާތް ކެނޑިފައިވާ ކަމަށާއި މިދިޔަ ދުވަސްތަކުގައި ވެސް އެއްވެސް މީހަކަށް ބިރުދައްކައި ނުފޫޒު ފޯރުވާފައި ނުވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އަދި ހެއްކެއްގެ ގޮތުގައި އޮތީ އެ ދުވަހު ހާދިސާ ހިނގި ވީޑިއޯ ފޫޓޭޖް ކަމަށް ވާއިރު އެ ވެސް އޮތީ ފުލުހުންގެ އަތުގައި ކަމަށާއި އެހެން ކަމުން ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބަލައި ބަންދުގައި ބަހައްޓާނެ ހާލަތެއް ނެތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ބުދަ ދުވަހު ދެވަނަ ޑިވިޝަނުގައި ހިނގި ހަމަނުޖެހުން: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު

ގަލޮޅު ދަނޑުގައި ހިންގި މާރާމާރިއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ދެ މީހަކު ހައްޔަރުކޮށް އިއްޔެ ވެސް އިތުރު މީހަކު ހައްޔަރު ކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ދީފަ އެވެ.

1. ރުވާގުގެ، ރ. މަޑުއްވަރި، އިބްރާހިމް ނުއައިމް ޝަރުމީލް، 19

2. ފައިވްރޯސް، ގދ. ތިނަދޫ، ރިކްޒު އާދަމް، 21

3. ހ. ހިލްޓަން، އިބްރާހިމް އަލީފް ރައޫފް، 34

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިންގި އެ ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ވެސް ހަމަލާ ދީފަ އެވެ.

މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލި އެވެ.

މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އަދި އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަޖުރިބާ

13 February 2024

ޖަޒުބާތުގަ ޖެހޭ ވަގުތު ވަރިވެސް ކުރަނީ. ދެން އެހުރިހާ ވަރިތައް ކެންސަލްކުރަންވީނު

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

13 February 2024

''ދަނޑުގައި ހިންގި މާރާމާރީއަކި އެގޮތަށް ހިންގި އަމަލެއް ކަމަށް ބެލެވުމަށް ވުރެ އެއީ ޖަޒުބާތުގައި ޖެހި ކުއްލިއަކަށް ހިންގި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.'' މިއޮތީ ނުފޫޒުގަދަ ކޮންމެވެސް ބަޔަކު މޭޒުދަށުން ކުޅެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454