ދުބާއީގައި މިއަދު ފެށި ވޯލްޑް ގަވަމަންޓްސް ސަމިޓުގައި ރައީސް ޑރ. މުއިއްޒާއި ތުރުކީގެ ރައީސް ވަރަށް އެކުވެރި މާހައުލެއްގައި މަޝްވަރާއެއްގައި.---ފޮޓޯ: ރައީސް އޮފީސް
13 ފެބުރުއަރީ 2024 - 18:46
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި މިއަދު ގާއިމުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރީ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީގެ ޒިންމާގެ ތެރޭގައި ރައީސް ވަނީ 22 ކަމެއް ހިމަނުއްވައިފަ އެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ތުރުކީ އަށް ކުރެއްވި އެ މަނިކުފާނުގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް
ތުރުކީގެ އަންކާރާގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރިއިރު، އެއީ ރައީސް ޑރ. މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމު ވެސް މެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހި ކުރައްވަން ފައްޓަވައިފަ އެވެ. ރައީސް ޑރ. މުއިއްޒުގެ ތުރުކީ ދަތުރުފުޅުގައި އެ ގައުމާ އެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރެއްވި އެވެ. އަދި ރާއްޖެ އަށް ކާޑުގެ ބާވަތްތައް ގެންނަން ވެސް އެ ގައުމާ އެކު ވަނީ ރާއްޖެ އިން ސޮއިކޮށްފަ އެވެ.
ތުރުކީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ މެއި 28، 1979 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހަހަ
14 February 2024
ތިޔަ ހުރިހާ ކަމަކަށްވުރެ ކޮނޑަށް އަތް ވަށްޓާލާފަ ހުރިގޮތް މާ ސަޅި
މަސީހްް
14 February 2024
ރާއްޖެއަކީ އަބަދުވެސް އިސްލާމީގައުމްތަކާއެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ބަޔެއް.
ފަހުދު.
14 February 2024
ބޯއީއެއް
ޔޫޓޫ
14 February 2024
މަރުހަބާ މުއިޒްތިޔަ ބިނާކުރީސަޅިމުސްތަގުބަލްއެއް ސިޔާސީ ޚާރިޖީ 1950ހުގެދުވަސްވަރު ރާއްޖޭގެވެރިއަކުނުރަސްމީކޮށްތުރުކީވިލާތުގެއިސްތަންބޯލްއަށްދިއުމުންއިމިގްރޭޝަންއިންމައުލޫމާތުހޯއްދަވާއޭރުގެރައީސްރިޔާސީގަޑުވަރަށްރާއްޖޭގެވެރިޔާގެންދެވިނޫސްތަކުންމުޅިތުރުކޫގައިއެޚަބަރުކަވަރުކުރި އެއީމަރުހޫމްމުހައްމަދުއަމީން 2024މުއިޒްގެކޮޑުގައިތިޔައޮތީތުރުކީރައީސްގެއަތްޕުޅު މުއިޒްގެތިޔަގުޅުންކާމިޔާބުމަރުހަބާ
ފުޅުނީ
13 February 2024
ތި ތަނަށްވެސް ފޮނުވާ ބޮޑުބެރު ޖަހާ މީހެއް. ލަންކާ އެމްބަސީއަށް ފިލްމް ކުޅޭ މީހެއް ފޮނުވި ގޮތަށް.
ލަންކާ
14 February 2024
މިއަދު ސޯސަންވިލާ އިން ގެއައް އައިސް ކުދިން ބުނަނީ ޕުރިންސިޕަލް އަކީ ފިލްމްސްޓާރެކޭ ދެން އަޅުގަނޑުމެންނައް ފިލްމު ކުޅެންތޯ އޭ ދަސްކޮއް ދެއްވާނީ؟ ؟؟ މިތަނަށް އެޑިއުކޭޝަލް ދާއިރާގައި ކޮންމެވެސް ވަރަކަށް އުޅެފައި މީހަކު ފޮނުއްވާ ދެއްވާ ހެޔޮ ނުވާނެ … ޑޮކްޓރ މުއިއްޒު އަށް ވޯޓް ދެވުނު މޮޔަ ހިތައް އަރާ…
މިސްޓަރ ޓިނޭ
13 February 2024
ރާއްޖޭގެ ބޯޑަރުބަލަހައްޓަން ތުރުކީން ގެނައި ޑްރޯންތައް ކޮބާތޯ؟ އެއީވެސް ރައްޔިތުންބޮލަށްޖެހި ޗިޕެއްތޯ.
ބޭރު
14 February 2024
ސަރުކާރުން ބުނިއަޑެއްނީވޭ ބޭރު ނޫސްތަކު އޮތްއެއްޗެއް އެއީ
ޙަސަނާތުބެ
14 February 2024
ކަލެއަށް އަންްގާކަށް ނުޖެހޭ! ޢޯޑަރުދޭއިރަށް ވަގުތުން ލިބޭތަ؟ ޢެންޑީޕި ކުދިން ދެރަވަނީ!
ބޯބުރާންތި
14 February 2024
ކޮން އިރަކު ގެނައި އެއްޗެއް؟؟ ސަރުކާރަކުން އަދި ރަސްމީކޮށް ނުބުނޭ ބޯޑަރު ބަލަހައްޓަން ތުރުކީން ޑްރޯން ގެނައި ވާހަކައެއް. ތިމާއަށް އިވޭހާ ވާހަކަތައް އޭގެ ހަގީގަތް ނުބަލާ އަނގައިން ބޭރުކުރަން ވެއްޖެނަމަ ސިކުނޑީގެ ބޭނުމެއް ނެތް.
އިނާން
13 February 2024
ހާދަ އުފާވޭ އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ވާތަން ފެންނާނީ
އެހެންތަ؟
14 February 2024
އެހެންތަ؟
ޓެރޭސްސް
13 February 2024
އިސްލާމީ ޤައުމަކާ ގުޅުން ބަދަހިކޮށްގެން ދެރައެއް ނުލިބޭނެ.
ދިވެއްސެއްގެ
13 February 2024
ޥ އުފާވެރި މަންޒަރެއް. އުސްމާނީ ދައުލަތް( ތުރުކީ) 1900 ގެ ކުރީކޮޅު ވައްޓާލާ އަރަބިން ބައިބައި ކުރީ ޔޫރަޕުން، އެހެންނުވިނަމަ، މިއަދު ފަލަސްޠީނު އެހާލުގައި އުޅޭކަން ނުޖެހޭނެ.
އަލީމު
13 February 2024
ތާރީޚް ރަގަޅައްކިޔާލިނަމަ. އުސްމާނީ ދައުލަތް، ފުރަތަމަ ބޮޑުހަގުރާމަ އައި އިރު އޮތީ ނުލާހިކު ކޮރަޕްޓް، އަދި އަމިއްލަ އެދުމުން ފުރިފައިވާ ބައެއްގެ އަތްދަށުގަ. އެބައިގަޑު އުޅުނީ "ހަރީމް" އައް ވީހާވެސް ގިނައަންހެނުން ވައްދައިގެން... އިސްތަންބޫލައް ގޮއްސަ ބަލާލަބަލަ. ރީތިކޮށް ފެންނަން އެއޮތީ ތިޔަބުނާ އުސްމާނީ ދައުލަތުގެ ހާލު އޭރު އޮތް ގޮތް.
ތުރުކިޔޭ
14 February 2024
އަލީމު. ތާރީހުގެ ހަވާސާގެ އެއް ކަނުގަ ލިޔެވިފައޮތް ފޮޅުވަތަކީ ތާރީހުކަމަށް ނުބެލެވޭނެ. އުސްމާނީ ޚިލާތުގަ ތުރުކީއަށް ވީގޮތް ބަލާލަން ބޭނުންނަމަ މުސްތަފާ ކަމާލް އަތަާތުރުކްގެ ބަޔޮގްރަފީއާ އޭނަގެ ވެރިކަން ތުރުކީގަ ހިނގައިދިޔަ ގޮތް ބަލާލާ.