މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ފޯމު ހުށަހެޅުއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
16 ފެބުރުއަރީ 2024 - 12:44
ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި އަންހެނުންގެ ނިސްބަތަކީ 10 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ވަނީ ހުށަހަޅައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ރޭ "އެކްސް"ގައި ވިދާޅުވީ، މީގެ ތެރެއިން 10.76 ޕަސެންޓަކީ އަންހެނުން ކަމަށެވެ.
އެއީ 41 އަންހެން ކެންޑިޑޭޓުންނެވެ.
ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީ އިން އަދި ބާތިލްކުރާނެ އެވެ. އެ މައުލޫމާތު އީމެއިލްގެ ޒަރީއާއިން އަންގާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.
ކެންޑިޑޭޓުންގެ ނަން ނަގަން ވަގުތު ދިނުމަށް ފަހު ކެންޑިޑޭޓުންގެ މެދުގައި، ގުރުއަތު ނެގުން މިއަދު މެންދުރު ފަހު 2:00 ގައި ފަށައިގެން ކުރިއަށް ދާނެ އެވެ.
މަޖިލިސް އިންތިހާބުގައި އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 13 އަންހެން ކެންޑިޑޭޓުން ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފަ އެވެ. އެމްޑީޕީން އަންހެން ހަތަރު ކެންޑިޑޭޓުން ފޯމު ހުށަހެޅުއްވިއިރު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވާދަކުރައްވަނީ އެންމެ ދެ އަންހެން ކެންޑިޑޭޓުންނެވެ. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވެސް ދެ އަންހެން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުނާ
17 February 2024
އަންހެނުންނަށް ވިސްނޭ އަމިއްލަ އަގުކަން ވެއްޓެނީ އެތަނަށް ގޮސްގެން. ތީ ގޮތެއްނެތް ހަޔާތްކުޑަ މީހުން ކުރިމަތިލާ ދިވެހިރާއްޖޭގެ ޖަނަވާރު ކޮށި!
ހީހީ ސުލީހް
17 February 2024
ކިހިނެއް މިކަންތައް މައްސަލައަކަށް ވަނީ؟ ގާބިލްކަމެއްހުރީޔާ ކުރިމަތިލައިގެން ހޮވެންވީ
ޖަރީމާ
17 February 2024
އަންހެނުންގެ ރައްތިތުން މަޖިލިސް އުފައްދަމާ. އޭރުން 100% އަންހެނުން ތިބޭނީ. ބަށިކުޅުމާ އަވެލިމޮޑިމާ ކަންކަން ކޮއްފަ ބޮލިހިލީމަ އެއޮތީ ބާރުވެރިވެފައެންނު
އިބުނު މަހުދީ
17 February 2024
ކީވެތޯ ހަބަރުނުގެނެސްދެނީ ރާނާ، ކޮންސްޓްރަކްސަން މަސައްކަތްކުރަން ތިބީ މިޔަނަ% މީހުންނޭ، މަސްވެރިކަންކުރަންތިބީ % އަންހެނުންނޭ! މިއީ ޖޯކެއް، ހަމައެކަނި މަތީ ވަޒީފާގެވާހަކަ، ނޫސްވެރިންވެސް ރިފޯޓުކުރަންވީ. ކޯޓާވެސް ހުންނަން ޖެހެނީ އެވަޒީފާތަކަށް އެކަނިދޯ.
ބަކަމޫނުސް
17 February 2024
މިޚަބަރު ގެނެސްދެނީ މަޖްލިހަކީ އެންމެންގެ މަސްލަހަތު ހިމެނޭ ގާނޫނާ ގަވައިދު ހަދާތަނަކަށް ވެފައި އަންހެނުން ބައިވެރިވުމުން އެކަމުގައި އަންހެނުން ދެކޭގޮތް ހާމަވެ އަދި ގާނޫނުހެދުމުގައި އަންހެނުންވެސް ބައިވެރިވެވޭތީވެ.
ޞުރޯ
17 February 2024
މީ މައްސަލައެއްތަ؟
ޕުރޯ
16 February 2024
ދެން ގަދަކަމުން އަންހެނުން ކުރިމަތި ލައްވައިގެން، ވޯޓު ދިނުމަށް މަޖުބޫރު ކުރުވައިގެން، ގޮނޑީގައި ބަނދެފަ ބައިތިއްބަންވީއެއްނުދޯ
އެގްރީ
17 February 2024
އެއަށް ކިޔަންމިއުޅެނީ ޑިމޮކްރަސީއޭ. ބަލަގަ އެބަޔަކު ކުރާނީ އެބަޔަކު ޝައުގުވެރިވާ ކަމެއް. އެއީ ފިތުރަތުގެ އުސޫލު. މަޖުބޫރުން ކުރުވާކަމެއްގެ އެދެވޭ ނަތީޖާއެއް ނުފެންނާނެ އަދި ދިގުދެމިގެންވެސް ނުދާނެ.
ތަހުޒީބު24
16 February 2024
ތަހުޒީބު ވީމަ ވިސްނުން ކޮށިވަނީ. އަދި މޮޅުކަމަކީ މިމީހުންނަކަށް ނޭގެ މިބައިމީހުންނަށް ނުވިސްނޭ ކަމެއްވެސް. ޖަޕާން ގެ އިކޮނޮމީ އެވެއްޓެނީ. ކުރިޔަށް އޮތްތަނުގައި ގައުމުވެސް ނެތޭ ވަރަށް އާބާދީ ކުޑަވާނެ. އެއީ ކީއްވެ ؟ އަންހެނުން މަސައްކަތަށް ނުކުތީމަ.
އަމާން
17 February 2024
އިކޮނޮމީއަކީ ވެއްޓިފަ އަރާއެއްޗެއް. ދެންތިބުނަނީ އަންހެނުން ތިބެންޖެހެނީ ދަރިންއުފައްދާ މެޝިނެއް ގޮތުގައިތަ؟ ރާއްޖޭގައި މިހާރުވެސް ގިނައީ އަންހެން މަސައްކަތްތެރިން. އެމީހުން ގޭގައިބައިތިއްބައިގެން ގޭތެެރޭގެ ޚަރަދުބަޗާ ވަރަކަށް ފިރިހެނުންނަކަށް އާމްދަނީއެއް ނުހޯދޭނެ. މީ ހަގީގަތް. ޕަބްޖީ ކުޅުމައި ކޮފީ ސިގިރެޓް ބޮއުން ކަމަކީ. ދަރިންނަށް ޚަރަދުނުދޭ ބަފައިން މަދެއްނޫން
ކަޅުހުއްތުބޭގެ އަލިކޮއި
16 February 2024
ޝާޑުވެސް މަޖުލީހަށް ނުކުންނަނީ؟ ގޮނޑި ލިބިއްޖިއްޔާ ބަސްއަހައިގެން ގޮނޑީގާ އިންނާނެބާ؟
ހޮވޭނީ
16 February 2024
ހޮވޭނީ 3%
ސާޅީސް ދޭއް
16 February 2024
41 އަންހެނުން ނޫނީ 10 ޕަސެންޓް ވެސް ރަނގަޅު .. ތީގެ ތެރެއިން ހޮވޭނެ އަދަދު މަދުވިޔަސް 19 ވަނަ މަޖްލިހަށްވުރެ ގިނަ ވަނެ ކަމަށް އުއްމީދުކުރަން. މަރުހަބާ ހުރިހާ އަންހެން ބޭފުޅުން. ސިޔާސީ ދާއިރާއަކީ ހަމަ އެކަނި ކަރަޕްޓް ފިރިހެނުންނަށް އޮތް ތަނެއް ނޫންކަން ސާބިތު ކޮށްދެއްވާތި. މަޖްލިހަކީ އަދި މެމްބަރަކަށް ވުމަކީ މިހާރު ނުރައްކާތެރި ކަމެއް. ކުރިއަށް 5 ފިޔަވަޅު އަޅަން ނޭނގިއްޖެ ނަމަ މީހާގެ ދުވަސް ދާނެ.