ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ: މިފްކޯއިން މަސްވެރިންނަަށް ދޭން ޖެހޭ 190 މިލިޔަން ރުފިޔާ އޮތް ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފައި--
18 ފެބުރުއަރީ 2024 - 11:07
މިފްކޯ އަށް ކިރި މަހަށް ފައިސާ ނުދޭ ކަމަށް ބުނެ، ގއ. ކޫއްޑޫގައި ބައެއް މަސްވެރިން މިއަދު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.
މަސްވެރިންނަށް ދޭންޖެހޭ 190 މިލިޔަން ރުފިޔާ މިފްކޯއިން އަދި ނުދީ އޮތް ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
މިއަދު ހެނދުނުން ފެށިގެން ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިއަކު "މިހާރު" އަށް ބުނީ އެ މުޒާހަރާ ކުރަނީ މިފްކޯ އަށް ކިރާފައިވާ މަހަށް ފައިސާ ނުދޭތާ ތިން މަސް ވެފައިވެ، ސަރުކާރުން އެކަމަށް ހައްލެއް ވެސް ގެނެސްދީފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން މުޒާހަރާ ކުރަން ފެށީމަ ކޫއްޑޫގެ [މިފްކޯގެ] އެންމެ އިސް މީހާ އައިސް ބުނީ މިނިސްޓަރާ ގުޅަން މަސައްކަތް ކުރާ ކަމަށް. ފަހުން އައިސް ބުނެފި މިނިސްޓަރު ފޯނު ނުނަގާ ކަމަށް،" އޭނާ ބުންޏެވެ.
ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ.--
މައްސަލަ އަށް ހައްލެއް ލިބި، މަސްވެރިންނަށް ދޫކުރަން ހުރި ފައިސާ ޖަމާވުމުން ނޫނީ މުޒާހަރާ ނުހުއްޓަން ނިންމާފައިވާ ކަމަށް ވެސް އެ މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު ބުންޏެވެ.
މުޒާހަރާ ކުރާ މީހުން ވަނީ އެ ރަށުގައި ހުރި މަސް ފެކްޓަރީ އަށް މަސް ކިރަން ދިޔަ 15 ދޯންޏެއް މަސް ކިރުވުން ވެސް ހުއްޓުވައިފަ އެވެ.
"އަޅުގަނޑުމެން މިހާރު މި ދަނީ ރާއްޖެއިން ބޭރަށް މަސް ފޮނުވާ ބޯޓަށް މަސް ކިރުވުން ވެސް ހުއްޓުވަން. ފައިސާ ނުދީ ރާއްޖެއިން ބޭރަކަށް ވެސް މަހެއް ނުފޮނުވޭނެ،" އެ މުޒާހަރާގެ މަސްވެރިއަކު ބުންޏެވެ.
ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ.--
މިހާރު ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ދެކުނުގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ވެސް ކޫއްޑޫ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްސާން އަލީ
19 February 2024
އިބޫގެ ބްލޮގް މި ސާފްކުރަނީ އަދުގެ ސަރުކާރުން. އެއީ ހަގީގަތަކީ
ސިޔާމްް
19 February 2024
އަދި މުޒާހަރާ ކުރާކަށް ނުޖެހޭ. ގައުމުގަ ފައިސާ ނެތްކަން އެނގޭއިރު މިހެން ހެދީމަ ކަމަކުނުދާނެ. މަސްވެރިންވެސް ވިސްނަންޖެހޭނެ މިކަންތަށް ވަރަށް ރަނގަޅަށް.
އަންސާމްް
19 February 2024
ެއިބޫ ހެދި ބެކްލޮގްއަކަށް މިސަރުކާރުން ޒިންމާވާކަށް ނުޖެހޭ
އަޒީމްް
19 February 2024
ފައިސާ މި ސަރުކާރުން ދޭނެ. ކުޑަ ކެތްތެރިކަމެއް ބަހައްޓައިގެން ކުރިޔަށް ދިޔައިމަ ހުންނާނީ ރަނގަޅަށް
އަރުހަމްް
19 February 2024
ތި މުޒާހަރާ ކޮށްބަލަ އިބްރާހިމް މުހައްމަދު ސޯލިހުގެ ގޭ ދޮރުމަތީ. މަސްވެރިންގެ ލާރި ނެގި ކަލޭގެ އަތުގަ ހުންނާނެ ތި ފައިސާ
ސުމާރު
19 February 2024
މުޒާހަރާކުރާ ހުރިހާ މަސްވެރިން ޖަލަށް ލާންވީ!
ފެންނަގޮތް
18 February 2024
އެމްޑީޕީ ވެރިކަމުން ފޭބި އިރު.. 120 ބިލިޔަން ދަރާފަ އެސްޑީއެފް ހުރި ޑޮލަރުތަށް ހުސްވެފަ ކުންފުނިތަށް ބިލިޔަނުން ދަރާފާ ކަނޑުން ބައެއް ގެއްލިފަ ގައުމުގެ ޗާޓް ބަޔަކަށް ދީފަ ކުންފުނިތަލަށް އެކަށީގެން ނުވާވަރަށް ހާހުން މީހުންވައްދާ ބަޖެޓުން މުސާރަ ދޭން ޖެހިފަ ބަދަލުގެ ގޮތުގައި ބިލިޔަނުން ލާރި ބަހާފަ 8 ބިލިޔަން ރުފިޔާ ޗާޕްކޮށްފަ ބްރިޖް ނޭޅުނު،ފުލެޓް ނޭޅުނު، އެއާޕޯޓް ނުހެދުނު،ބިން ހިއްކާ ގޯތި ނުދެވުނު ގައުމު މިއޮތީ ބޮޑު އަދަނވަޅަކަށް ވައްޓާލާފަ.ވިސްނާ
ސާޖި
18 February 2024
މަސްވެރިންވެސް ސައިޒުއޮޅިގެން ނޫޅެބަލަ. ދަޢުލަތުގަ ނެތްއެއްޗެއްނުދެވޭނެ.
އައިމިނާ
18 February 2024
އެ ފައިސާ 5 އަހަރު ނިމުނު އިރު ނުދީ ބަލަން ތިބީ ކީއްވެބާ. އެމްޑީޕީން ރާވައިގެން ކުރުވާ ކޮސް ކަންތައްތައް. ވެރިކަން ބީވީމަ.
ގޯލު
18 February 2024
ޙަބަރުގަ އޮތީ ތިން މަސް ވި ފައިސާކަމަށް. ދެން ކޮން ފަސް އަހަރެކޭ ތިޔަ ކިޔަނީ؟
އައިމިނާ
18 February 2024
އެމްޑީޕީން ޖައްސާ ގޭމް.