ހައި ކޯޓު: ހައިކޯޓުގެ ދުވަސްވީ މައްސަލަތައް ނިންމަން ރަސްމީ ގަޑީގެ ފަހުން އަޑުއެހުންތައް ބާއްވަން ވަނީ ނިންމައިފައި
19 ފެބުރުއަރީ 2024 - 11:38
ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ހައި ކޯޓުން މިއަދު ބުނި ގޮތުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް، ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ވަނީ ނިންމަވައިފަ އެވެ.
އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ބުންޏެވެ.
އެ މައްސަލަތައް ނިންމަން ކޮންމެ ދުވަހަކު ވެސް ރަސްމީގަޑީގެ ފަހުން 2:30 ގައި ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ހާއްސަ ސްލޮޓްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.
ހައި ކޯޓުގައި އިސްތިއުނާފު މައްސަލަތައް ނުނިމި، ދިގުލައިގެންދާ މައްސަލައަކީ އަބަދުވެސް ކަންބޮޑުވުން އޮންނަ ކަމެކެވެ. ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ނުގެންދެވި އެތައް އަހަރެއް ވާތީ، ވަކީލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
19 February 2024
ތިޔަ މައްސަލަތައް ބަލާއިރު ދައުވާ ރައްދުވާ ފާރާތް ޖެހޭނީ ކޮނެގެން ނަގަން!
ޑޭޖާވޫ
19 February 2024
މިހެޑްލައިން ކުރިންވެސް ފެނުން ހަނދާންވޭ
ޕޮންޕޭ
19 February 2024
ވާސަރީ ވާ. މީކޮންކަހަލަ އަލާމާތެއްތަ. ތިބުނަނީ ޔާމީންގެ މައްސަލަ ލަސްވަނީ 2017 ގެ މައްސަލަވެސް ނުނިމި އަދި ހުރީމައޭތަ. އެކަމަކުވާ ކަލޭމެންނަށް ސާބަސް. މިއޮތް ހުރިހާދުވަހު ކީއްކުރީތަ؟
ސުލްޙަ
19 February 2024
މިއިން ކޮންމެ ށޮލެޑަކަށް ކިހާ ފައިސާއެއް އިތުރަށް ލިބުނީމާތޯ ތިތަވާހަކަ އިޢުލާނުކޮށްލެވުނީ. މިހެން މިއަހާލީީހަކު ތަރިކަ މުދަލެއްގެ ގޯތި މައްސަލަ ތިޔަ ކޯޓުގައިވަނިކޮށް މައްސަލަ ހުއްޓުން އެރި ހިސަާބުން މައްސަލައެއް ކޯޓުގައިވާކަން ނުދެނެ ތިއްބާ 4=ބުރިޔަށް އެ ގޯތި ނަގާ ނިންމާލާފައިވާތީވެ. މާދަމާ ހުކުމް ކުރާނީ ޙަމަ އެއްކަލަ ނިކަމެތި މީހާއަށަށް ނިކަމެތި ކޮށްލަން. ރާނާ ނިންމާނީވެސް ބާރެއް ލިބިފައިވާތީތާ.