ޝީޝާގެ ޝޯރޫމްގައި ބަހައްޓާފައިވާ ސައިކަލްތަކެއް: ސްކޫޕީ އައިގެ އަދި ވޭވް 110 އައިގެ މޮޑެލްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި.
15 ފެބުރުއަރީ 2017 - 16:18
ޝީޝާއިން ވިއްކާ ހޮންޑާ "ސޫކޫޕީ އައި"ގެ މޮޑެލްތަކާއި "ވޭވް 110 އައި"ގެ ސައިކަލްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ފަށައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސައިކަލްގެ ވިޔަފާރިކުރާ ކުންފުނިން ބުނީ މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް މި ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މި ވިއްކާ ސްކޫޕީ އައިގެ މޮޑެލްތައް އަދި ވޭވް 110 އައިގެ މޮޑެލްތަކަކީ އަންހެން ބޭފުޅުންގެ މެދުގައި ވަރަށް މަގުބޫލް މޮޑެލްތަކެއް. މިހާރަކަށް އައިސް ވަޒީފާއަށާއި އަމިއްލަ ބޭނުންތަކަށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުން އަމިއްލަ ސައިކަލުގައި އެބަ ދަތުރުކުރޭ. ސައިކަލެއް ހުރުމުން އަންހެނުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެން އެބަދޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްކޫޕީ އައިގެ މޮޑެލްތަކާއި ވޭވް 110 އައިގެ މޮޑެލްތަކަކީ އެންމެ ގިނަ އަންހެނުން ދުއްވާ މޮޑެލްތަކުގެ ސައިކަލް ކަމަށެވެ.
ޝީޝާއިން ބުނީ އެ ކުންފުނިން އިންސްޓޯލްމަންޓަށާއި އިސްލާމިކް ބޭންކް އަދި ފައިނޭންސް ލީޒިން ކޮމްޕެނީ މެދުވެރިކޮށް ސައިކަލް ގަންނަ ފަރާތްތަކަށް އެ ހާއްސަ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
"މި ހުރިހާ މޮޑެލްތަކުގެ ސައިކަލް ވެސް ލިބެން އެބަހުރި. އަދި އެއްވެސް ބޭފުޅަކު ޕްރީ އޯޑާއެއް އަދި އެޑްވާންސް ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެ. އެކަމަކު އިންސްޓޯލްމަންޓަށް ނަގާ ފަރާތްތަކުން އެ އޮންނަ އުސޫލްތަކާ އެއްގޮތަށް އެޑްވާންސް ޕޭމަންޓް ދައްކަން ޖެހޭނެ،" ޝީޝާގެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަހްމަދް
26 February 2017
ޢެޭން؟ ޢެޑްވާންސް ޕޭމެންޓް ދައްކާކަށް ނުޖެހޭނެ؟ ޢެކަމަކު ޢެޑްވާންސް ޕޭމެންޓް ދައްކަން ޖެހޭނެ؟؟ ވަޓު ޑޫ ޔޫ މީން؟
ހައިރާން
26 February 2017
ރަންގަޅަށް ހަބަރު ކިޔާބަލަ
އޯކޭ
16 February 2017
ސައިކަލްތަކުގެ ފޮޓޯއާއި އެކު އަގުތައްވެސް ހނިމަނާލިނަމަ
ފައިދާ
16 February 2017
މި ސައިކަލު ތަށް ބެންގްކޮކުން އެކަށީގެންވާ ހެޔޮ އަގެއްގައި ލިބޭ، ރާއްޖެ ގެނެސް ކަސްޓަމްޑިއުޓީ ބޮޑު ވިޔަސް މިވިއްކަނީ 3 ގުނަ ފައިދާ ލާފަ
ޑިމާންޑު
16 February 2017
ވިއްކާ ބަޔަކު ކިޔާ އަގަކަށް އެއްޗެތި ގަންނާނެ ބަޔަކު ތިބިއްުޔާ ކޮބާ މައްސަލަ އަކީ؟
ހައި ޑިމާންޑް
16 February 2017
ޑިމާންޑް، އެހެންވީމަ ގަންނަން ވީނުންތޯ