22 ފެބުރުއަރީ 2024 - 17:46
ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އަވަހަރާވި މަރުހޫމް އިސްމާއިލް ވިޝާމްގެ ހަނދާނުގައި ކުރިއަރަމުން އަންނަ ޒުވާން ވަކީލުންނަށް ހާއްސަ އެވޯޑެއް ދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައި ވަނީ އިއްޔެ ބޭއްވި ބާ ކައުންސިލްގެ އާންމު އަހަރީ ޖަލްސާގަ އެވެ.
އެ ކައުންސިލުން ބުނީ ވިޝާން އަކީ ގާނޫނީ ދާއިރާ އާ އަލަށް ގުޅޭ ފަރާތްތަކުގެ ކުރި އެރުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވައި، އެ މީހުން ތަމްރީނުކޮށް ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
އަދި އެ ވަކީލުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ ބޭފުޅަކަށް ވާތީ "އިސްމާއީލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ" ގެ ނަމުގައި އެވޯޑެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.
އެ ޖަލްސާގައި ބާ ކައުންސިލުން ވަނީ އެ ކައުންސިލުން އަރުވާ އެންމެ މަތީ ދަރަޖައިގެ ރިކޮގްނިޝަން އެވޯޑް، "އެކްސްޓްރާއޯޑިނަރީ ސާވިސް އެވޯޑް" ވެސް ވިޝާމް އަށް އަރުވައިފަ އެވެ.
ވިޝާމް ކުއްލި ގޮތަކަށް އަވާހަރަވީ މިދިޔަ މަހުގެ 31 ގަ އެވެ.
އޭނާ ބާ ކައުންސިލްގެ ރައީސް ކަމަށް އައްޔަން ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެވޯޑް
25 February 2024
އެވޯޑް ދޭނަމަ ދޭންވާނީ ފަޟީލަތުއްޝައިޚު އަލްއުސްތާޛު މޫސާ ފަތުހީގެ ނަންފުޅަށް. އެ މަނިކުފާނަކީ ރާއްޖޭގައި ޤާޟީން ތަމްރީނުކުރަން މުގައްރަރު ލިޔެ ކިޔަވައިދެއްވި ބޭފުޅެއް. ޤާނޫނީ ވަކީލުކަމުގެ މުޤައްރަރު ލިޔެ ކިޔަވައިދެއްވި ބޭފުޅެއް. ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކިޔަވައިދީ އަމިއްލަ ވަންތަކަމާއެކު ކުރިޔަށް ގެންދިއުމަށް ބޮޑު ޚިދުމަތެއް ކުރެއްވީ މޫސާ ފަތުހީ. އެއްޗެއްނެތް ތަނެއްގައި އެއެއްޗެއް އުފެއްދުމަށްވުރެ ބޮޑު ޚިދުމަތެއް އެހެން މީހަކަށް ނުކުރެވޭނެ.
ޜިންގ
23 February 2024
އިސްމައިލް ވިޝާމް އަކީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރި ފަރާތެެއް. ތިޔަ އެވޯޑް އެންމެ މަޝަހޫރު މީހާއަށް ނުދިނުން އެދެން.
އަމިއްލަޚިޔާލު
22 February 2024
އެކްސްޓްރާއޯޑިނަރީ ސަރވިސްއެއް ދީގެން އެވޯޑު ދޭނެ ވަރުގެ ބަޔަކު މި ރާއްޖޭގެ ލީގަލް ދާއިރާ އަކިވެސް އަދި އެހެން ދާއިރާއަކު ވެސް ނެތް.
ހަމަ ނުބުނާނަން
22 February 2024
އެއްޗެކޭ ނުބުނާނަން