ވިލިމާލޭގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކު އެމްބިއުލެންސް އަށް އަރުވަނީ---
23 ފެބުރުއަރީ 2024 - 11:15
ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
ވިލިމާލޭ ވޯޓާސްޕޯޓްއާ ދިމާލުން ކަނޑުމަތިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓުގައި ޖުމްލަ 13 މީހަކަށް އަނިޔާވެގެން ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ 10 މީހަކާއި، އަނަންތާރަ ރިސޯޓުގެ ލޯންޗުގައި ތިބި ތިން މީހަކު ހިމެނެ އެވެ.
އިތުރު ފަރުވާއަށް އޭގެ ތެރެއިން ހަ މީހަކު ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ އެވެ.
އައިޖީއެމްއެޗުން ބުނީ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ އިތުރުން އަނިޔާވި އެކަކަށް ވޯޑުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި، އެ ހޮސްޕިޓަލަށް ގެންދިޔަ އިތުރު މީހުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މި ހާދިސާގައި އެކްސިޑެންޓުވި އެއް ލޯންޗުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ ލޯންޗު އަޑިއަށް ދިޔަ އެވެ. އަޑިއަށް ދިޔަ ލޯންޗުގެ ބައިތައް ނަގާފައިވަނީ ވޯޓާސްޕޯޓްސް އަތިރިމަތިންނެވެ.
އެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދިވެސް ސާފެއް ނުވެ އެވެ. ނަމަވެސް ބްރިޖު މަސައްކަތް ކުރާތީ މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން އޮތީ މަނާ ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްސަލަ އަކީ ސްޕީޑް
23 February 2024
އަޅެ ކޮންމެވެސް ރަށެއް ކައިރިން އެކްސިޑެންޓް ހިނގާ އިރު ކައްޕިން ނަން ނޭނގެނީތަ މަޑުން ދުއްވަން. މާކަނޑަށް ނުކުމެފަ ދެން ތި ޖައްސާ ޗަރުކޭހެއް ޖައްސަބަލަ
ފައިމު
23 February 2024
މިރާއްޖޭގައި މަގުމަތީގަވިޔަސް ކަޑުމަތީގަވިޔަސް ކަމެއް ނުކުރާން ބުނެ މަނާކޮށްފިއްޔާ ދެން އެކަމެއް ތަންފީޒުކުރަން ހަންމުށްޓާ މުގުރުބުރި ހިފައިގެން ބަޔަކު 24 ގަޑިއިރު ނެތިއްޔާ ދެން ހަދާންނައްތާލާ. ހިތުހުރި ގޮތަކަށް ކަންތައް ކުރަނީ ގިނަމީހުން.