އެފްޑީސީ އިން އަޅާ ފްލެޓްތައް. އެންމެ ފުރަތަމަ ނިންމާ ހަތަރު ޓަވަރުގެ ލިފްޓް އަންނަނީ ހަރުކުރަމުން -- ފޮޓޯ: މިހާރު
25 ފެބުރުއަރީ 2024 - 15:35
ފަހިދިރިއުޅުން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ ޓަވަރުތަކުގެ ތެރެއިން ހަތަރު ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނިން ބުނީ، އެއީ އެންމެ ފުރަތަމަ ނިންމާ ތަންތަން ކަމަށެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، އެ އިމާރާތްތަކުގައި ޓަވަރު ހަރުކުރުމުގެ މަސައްކަތް ނިމުމުން، އެ އިމާރާތްތަކުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި މަސް ނިމޭ އިރު އެ ހަތަރު ޓަވަރުގެ 512 އެޕާޓްމެންޓްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ.
ހުޅުމާލެ 2 ގައި އެފްޑީސީން ހަދާ ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ވަނީ ނިމިފަ އެވެ. އެއީ ގާތްގަނޑަކަށް 1،200 އެޕާޓްމެންޓެވެ. އެ ތަނުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތެވެ.
އެފްޑީސީން އަންނަނީ ހުޅުމާލެ 2 ގައި 4،000 ފްލެޓް އިމާރާތްކުރަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެފްޑީސީން ކުރިން ބުނެފައިވަނީ މި އަހަރު ނިމެންވާ އިރު ހުރިހާ ޓަވަރެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެފްޑީސީން އެ ފްލެޓްތައް އިމާރާތްކުރަން ހަވާލުކޮށްފައި ވަނީ ދެ ކޮންޓްރެކްޓަރުންނާ އެވެ. "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާ އެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.
އެ ފްލެޓުތައް އިމާރަތްކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ. އެ ދެ ލޯނަށް ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނިކް
26 February 2024
އެވެސްހުރީ ހަރުކުރެވިފަ. ހިފަހައްޓައިގެން ތިތިބެނީ ތިކަންކުރިބައެއް ހަދާނެތިދާނެހެންހީކޮށް ނާޖާއިދު މަންފާއެއްނެގިދާނެހެން ހީވާތީ މާދުތިކުރަނީ. ނިކަމެތިކަމުގެ ފައިދާނެގުމުގެ ވިސްނުމުގައި
ނިއުމާާ
26 February 2024
މިސަރުކާރު އައިފަހުން މި ފްލެޓްތަކުގެ މަސައްކަތް ވަނީ އެހެން ހަރުފަތަކަށް ޖައްސާފައި. ރައީސްގެ އަމާޒާ އެއްގޮތަށް މި ފްލެޓްތަށް އޭގެ ހައްގުވެރި ފަރާތްތަކަށް ހަވާލުކުރެވޭނެކަމާމެދު އެއްވެސް ޝައްކެތްނުކުރަން.
ބަނާތްް
26 February 2024
އަލްހަމްދުލިއްލާހި. ދެން މާގިނަދުވަހެއްނުވެ މި ފްލެޓްތަށް ފުރޭނެ. ރައީސް މުއިއްޒު ރައްޔިތުންގެ ހައްގުތަށް ކަށަވަރު ކުރާނެ.
ރުހާމްް
26 February 2024
އެމްޑީޕީގެ އިސް ވެރިން ވިދާޅުވީ ކުރީ ސަރުކާރުގެ ގެދޮރުވެރިކަމުގެ މަސައްކަތްތަށް މި ސަރުކާރުން ހުއްޓާނެކަމަށް. އެކަމަކު ކަންވީ ގޮތަކީ ފިނިހަކަ ސްޕީޑުން މުއިއްޒު ދުވެއްޔަށް ބަދަލުވެ މާ ބާރު ސްޕީޑެއްގައި މަސައްކަތްތަށް ކުރިޔަށް ދިޔުން.
ހުސްނީީ
26 February 2024
ރައްޔިތުންނަށް އެމީހުންގެ ގެދޮރު ދިނުމަށްޓަކާ ސަރުކާރުން މިކުރާ މަސައްކަތް ވަރަށް ފާހަގަކުރަން.
ކުލްސޫމްް
26 February 2024
މި ސަރުކާރުގެ ދުވެލި މިހިރީ މެކުހަށްޖަހާފައި. އޮބިނޯވޭ
ނެކުސްޓް ޕްރެޒިޑެންޓް
26 February 2024
ހިތަށް ލިބެމީ ފިނިކަން މިތަން ފެނުމުން
ހަސަނު
26 February 2024
4000 ފުލެޓު އެބަ އެޅޭ 3.5 ބިލިއަން ރުފިޔާއަށް.. ފުލެޓަކަށް 8 ލައްކަ ރުފިޔާ އެޖެހެނީ... މީ ނުކުރާ ވަރު ކަމެއްނޫން.. ތިޔަވަރު ތަނެއް އަމިއްލަމީހުން ހެދީމާ 3 ނުނީ 4 މިލިއަނަށް ވުރެ މިކޮޅަކުން ނުލިބޭ...
މޫސަބޭ
26 February 2024
އެގުރިމަންޓް ހަދާފައިވާ ފަރާތްތަކާ ހަވާލު ކުރޭ. އެހެންނޫނީ ދާނީ ކޯޓަށް
ހަމޭން
26 February 2024
އެގްރީމެންޓު ހެދިތޯ؟
އަފޫ
26 February 2024
ރައީސް ވައުދާ އެއްގޮތަށް ފުލެޓްތައް ދޭށޭ