ޚަބަރު / ރައްޔިތުންގެ މަޖިލިސް

މުއައްސަސާތަކާއި ފަނޑިޔާރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް --

28 ފެބުރުއަރީ 2024 - 16:15

62 comments

މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން އަދި ކައުންސިލަރުންގެ މުސާރަތައް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުސާރަ ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުގައި 49 މެންބަރަކު ވޯޓު ދެއްވި އެވެ. ކޮމިޓީގެ ރިޕޯޓްގައި މަޖިލިސް މެންބަރުންގެ މުސާރަ ވެސް ބޮޑު ކުރަން ހިމަނާފައި އޮތް ނަމަވެސް، އާއްމުންގެ ފާޑުކިއުންތައް ބޮޑުވުމާ ގުޅިގެން ފަހުން ވަނީ އެ ބައި އުނިކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ ބޮޑުކުރަން ހިމެނި ބައި ވެސް އޮތީ އުނިކޮށްފަ އެވެ.

ކޮމިޓީން ނިންމާފައި އޮތީ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި ކައުންސިލަރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެފަދަ ހުރިހާ މަގާމެއްގެ މުސާރަ ބޮޑުކުރާށެވެ.

އޭގެ ތެރޭގައި އެމްއެމްއޭގެ ގަވަރުނަރާއި ޕްރޮސިކިއުޓާ ޖެނަރަލާއި އޮޑިޓާ ޖެނަރަލާއި ޗިލްޑްރަން އޮމްބަޑްޕާސަން އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާއި ނައިބު ރައީސް އަދި ބޯޑު މެންބަރުން ހިމެނެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބޮޑު ކުރަން ނިންމާފައިވާ އިރު، ކޮމިޓީން ގެނައި ބަދަލާ އެކު އެ މަގާމުގެ މުސާރައަކީ މަހަކު 91،000 ރުފިޔާ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 89،000 ރުފިޔާ އެވެ.

ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 46،000 އަށް ބޮޑު ކޮށްފައިވާއިރު ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އަކީ 25،000 ރުފިޔާ އެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އަކީ 33،000 ރުފިޔާ އެވެ.

މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރައިގެ ގޮތުގައި 59،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ނައިބުންގެ މުސާރަ އަކީ 55،000 ރުފިޔާ އެވެ. ޕްރޮސިކިއުޓާ ޖެނަރަލާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އަދި އޮޑިޓާ ޖެނަރަލްގެ މުސާރަ އަކީ 74،000 ރުފިޔާ އެވެ.

62 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގގގގ

03 March 2024

މޑޕ ގެ ލީޑަރޝިޕުން މަރުދެނީ ދިވެހި ރާއްޖެ ދަރުވާލާ އައިއެމްއެފް މެދުވެރިވެގެން ދިވެހިރާއްޖޭގެ ދަރަނި އިންޑިޔާއަށް ވިއްކާލައިގެން އިންޑިޔާގެ އަޅުވެތިކަމަށް ދިވެހި ގައުމު ވައްޓާލަން. ގައްދާރުންވެސް މޑޕ ގެ މެންބަރުންހާ ނުބައިނުވާނެ.

The name is already taken The name is available. Register?

ބްރެއިން ޑްރެއިން

29 February 2024

ދެން ސަރުކާރުގައި ލާރިއެއް ނެތޭ ކިޔާފައި މިދައްކަނީ ހުސް ދޮގު ވާހަކައެއްނު. މި ހުރިހާ އެންމެންގެ މުސާރަ ބޮޑުކުރި އިރު ސިވިލް ސާވަންޓުންނަށް ލިބެނީ އެންމެ 8،000ރ. އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް މިމީހުންގެ މުސާރަ ބޮޑުކުރަން ހެޔޮނުވާނެ. މުސްތަޤުބަލުގައި ކިޔަވައިގެން ތިބި މީހުން މިޤައުމު ދޫކޮށްދާނެ.

The name is already taken The name is available. Register?

ފފފފފ

03 March 2024

ސަރުކާރަށް ޖެއްސުންކުރާ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއްނެތް މަޖިލިހަކުން ފާސްކުރި މުސާރައަކާ ގުޅުވައިގެން ސަރުކާރުގައި ފައިސާ އެބަހުއްޓޭ ކިޔާވަރުގެ މީހުން ކޮމެންޓް ކުރަންވެސް ހުތުރު.

The name is already taken The name is available. Register?

އިހްސާސް

29 February 2024

ތިދެން ބޮޑުވަރު.. މަގުމަތި ސާފުކޮށް ކުނިނަގައި އުޅެމުންދާ ވެމްކޯގެ މުވައްޒަފުން އެކުރާވަރުގެ މަސައްކަތްވެސް ތިޔަބުނާ ކައުންސިލަރުން ނުކުރެ. މާރަގަޅުވާނެ އެމުވައްޒަފުންގެ މުސާރަޔާ އެލަވަންސް ބޮޑުކުރިއްޔާ. އެހެނީ އެއީ ރިސްކު ބޮޑު މާބުރަ މަސައްކަތްތައް. ކައުންސިލަރުން ކޮފީ ބޮއިގެން 25،000 ރުފިޔާ ޖީބަށް.

The name is already taken The name is available. Register?

ހވޔވބހޔބހޔ

29 February 2024

މުސާރަ ބޮޑު ކުރާނަމަ ތައުލީމީ ކުރައިޓީރިޔާ ނުވަތަ މަސައްކަތުގެ ތަޖުރިބާ ކުރައިޓީރިޔާ މަތިކޮށްލަން ޖެހޭ.. މިހާރު ވާގިތަކީ ގުރޭޑު 7 ނިމުނު މީހާ ކައުންސިލް ރައީސްކަމަށް..އެ ހެޔޮ ދިވެހި ބަހުން ސިޓީއެއް ލިޔަން ނޭނގުނަސް...

The name is already taken The name is available. Register?

ާއުނިމާ

29 February 2024

މިމީހުނަށް މުސާރަ ދީފައި ދެންތިބި މީހުން ނުކައި ދޯ ތިބެންވީ، ބަލަ މިޤައުމަކު ނެތޭ ތަރައްޤީވެފައިވާ ގައުމުތަކުގައި ދޭ މުސާރަ ދިނުމުގެ ފެންވަރެއް،

The name is already taken The name is available. Register?

ފޫހި

29 February 2024

ޖުޑީޝަރީއާއި މިނިވަން (ނަމެއްގަ) މުއައްސަސާ ތަކަކީ ރައްޔިތުން އިތުބާރުގެއްލިފައިވާ ތަންތަން. އެތަންތަން އުވާލުމަށް ގޮވާލަން. އެފަދަ ތަންތަނުގެ މީހުންނަށް ބިޔަ ބޮޑު މުސާރަދިނުމަކީ އަހަރެން ތާއީދުކުރާކަމެއްނޫން. މި ޖެހި މަޅިއަކީ މީގެ 1 މަސްފަހުން މަޖިލީހުގެ މުސާރަބޮޑުކުރަންކުރިކަމެއް. މި މުސާރައިގެ ކަންކަން ތަންފީޒުނުކުރުމަށް ގޮވާލަން. ދައުލަތް ދަރުވާލާފައި އަދިވެސް މިތެޅެނީ ޖެއްސުންކުރަން. ނޯވޯޓް އެމްޑީޕީ

The name is already taken The name is available. Register?

ބަގުރޫޓު

29 February 2024

އަދިވެސް ގައުމު ބަގުރޫޓްކޮށްލެވޭނެ ގޮތްތަކަށް މަގުކޮށަނީ. މިއީ ގައުމަށް ހެޔޮއެދޭ މަޖިލީހެއް ނޫން. ދަރިންގެ ދަރިންނަށްދާނދެން ދަރުވައިފި. 120 ބިލިޔަން ރުފިޔާއިން ދަރުވާލާފައި އިތުރު އެތައް މިލިޔަނަކުން ދަރުވާލަން އަނެއްކާވެސް މިފާސްކުރީ. މިވަރަށް ގައުމަށް ހަރާމްކޯރުވާ، ރައްޔިތުންނަށް ދޯކާދޭ ބަޔަކަށް އަލުން ވޯޓުދޭކަށް ނުވާނެ.

The name is already taken The name is available. Register?

ޥޯޓޫފސސ

29 February 2024

ފަޑިޔާރުން ނަކީ 3 ގަޑި އިރު މަސައްކަތް ކުރާ ބައެއް. މިހާރު ދޭ މުސާރަ ރަނގަޅު. މިގޮތަށް މުސާރަ ބޮޑު ކުރަންނާ ހުރިހާ އެންމެގެ މުސާރަ ބޮޑު ކުރަންޖެހޭ. މައްސަލައެއް ނިމެނީ އަހަރަކުން. ޢެކަމުވެސް މުސާރަ ބޮޑުކޮށްފަ. މިޔަޡް ވޯޓު ދިން އެކަކަށް ވެސް ވޯޓު ދެން ނުދިނުން ރަނގަޅީ

The name is already taken The name is available. Register?

ކޯޓު އިދާރީ މުވައްޒަފުންގެ ހައްގުގައި

29 February 2024

ރަށު ކޯޓުތަކުގެ ޤާޟީން ސައިން އިން ކޮށްލާފައި ދަނީ ގެއަށް. ޙުރިހާ މަސައްކަތެއް ކުރަނީ އިދާރީ މުވައްޒަފުން. ޤާޟީން ކުރަންޖެހޭ މަސައްކަތްތައްވެސް މުވައްޒަފުންގެ ބޮލަށް ޖަހާފައި. ޝަރީއަތް އޮންނަ ގަޑިއަށްވެސް ނާދެވޭ. 09 ޖަހާއިރު އޮންނަ ޝަރީއަތަށް އާދެވެނީ 10 ޖަހާއިރު. ޜައްޔިތު މީހާ އިންތިޒާރުގައި. މުވައްޒަފުން ހަތަރުދަމު އޮފީހުގައި މަސައްކަތް ނުނިމިގެން ގަނަ ތެޅި ތެޅި

The name is already taken The name is available. Register?

ބަޑިތަކުރު

29 February 2024

ސަރުކާރު ފަޅިން ނުކުންނަ ކެންޑިޑޭޓުންގެ އެންމެ މުހިންމު ވައުދެއްކަމުގައި ޤާނޫނު އަސާސީއަށް ޕޭކޮމިޝަނެއްގެ ބާބު އިތުރުކޮށް އެއްވެސް ބަޔަކަށް އަމިއްލައަށް މުސާރަ ކަނޑަނޭޅޭގޮތަށާއި ސަރުކާރަށް ޖެއްސުމަށް ގައުމަށް ލިބޭ އާމްދަނީ މުސާރައަށް ބަހާލައިގެން ތަރައްޤީއަށް ހުރަސްއެޅުންފަދަ ނުބައި މަގްޞަދުތަކުގައި ކަންކަން ނުކުރެވޭގޮތަށް ހެދުން ހިމަނާލަދީބަލާށެވެ.

The name is already taken The name is available. Register?

ރަށުމީހާގެ

29 February 2024

ޕޭކޮމިޝަން ގެ އިސްކޮށް ތިބޭ މުވައްޒަފުންނަށް ވެސް މުސާރަބޮޑުވާނީ އެކަމަށް މަގުފަހި ކުރުވަން ތިބޭ މީހުންގެ މުސާރަވެސް ބޮޑުކޮށްގެން، އެހެންކަމުން މިކަމަށް ހައްލެއް ފެންނާނީ ޕޭކޮމިޝަންވެސް ނަޒާހަތްތެރިވެގެން އެހެންފަރާތެއްގެ ނުފޫޒު ނުފޯރާގޮތަކަށް ކަންތައް ތައް ބައްޓަންވެގެން.

The name is already taken The name is available. Register?

ޙަލ9

29 February 2024

މި އެބަޖެހޭ ވައުދެއް ގޮތުގަ ގެންނަން. މުއްސަދިން މުއްސަދި ވާއިރު ފަގީރުން ފަގީރުވަނި.

The name is already taken The name is available. Register?

އާދަނު

29 February 2024

މަތިން ޙެޔޮއެދިގެން އަޑިއަޑިން ސަރުކާރަށް ޕްރެސަރުކުރުން. މިބަލާވެރިކަމުން އަޅަމެން ނަޖާކުރައްވައި އަމާން ދިވެހި ރައްޔިތުންގެ މަޖިލިސްއަކަށް މެމްބަރުން އަޅަމެންނަށް ﷲގެ ހެޔޮ މިންވަރުފުޅުން މިއަހަރު ލަހައްޓަވާށި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454