ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައިގެ ފަހުން ފަށަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް: މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައިގެ ފަހުން ފަށަން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު

ނ. ކެނދިކުޅުދޫން،  އިފްރާޒް އަލީ، މިހާރު

29 ފެބުރުއަރީ 2024 - 11:35

12 comments

މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް އަންނަ ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ދިވެހިންނަށް ގެދޮރު ޔަގީންކޮށްދިނުމަކީ ރައީސްގެ އެންމެ ބޮޑު ވައުދެވެ.

ރައީސް މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ނ. ކެނދިކުޅޫގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ އަށް އެންމެ މުހިންމު އެ ކަމަކީ ގެދޮރުވެރިކަން ކަމަށެވެ.

ރާއްޖޭގެ އިޖުތިމާއީ ގިނަ މައްސަލަތައް ވެސް މޫލައި ގުޅިފައި ވަނީ ގެދޮރުގެ ދަތިކަމާ ކަމަށް ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވަން އެ މަނިކުފާނު ނިންމެވީ ވެސް އެ ސަބަބަށްޓަކާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މިއަދު ވިދާޅުވި ގޮތުގައި، ގެދޮރުވެރިކަމާ ގުޅޭ އެކި ފަހި ފުރުސަތުތައް ހުޅުވާލުމަށްޓަކާ ކުރަންޖެހޭ ބައިވަރު އިގުތިސާދީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

"އެ ކަންކަމުގެ ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ހަމަ ފެންނަމުން ދާނެ، ފުރުސަތުތައް ފަހިކުރާނަން، މި ރަށަށް ވެސް ހައުސިން ޔުނިޓް ފުރުސަތުތަކާއި އެކި ކަހަލަ ލުއި ލޯނުތައް ލިބޭނެ ފުރުސަތުތައް ވެސް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި އަހަރު ތެރޭގައި، ފަހު ކުއާޓާއަށް ދާއިރުގައި، ޖުލައި އޮގަސްޓްގެ ހިސާބުން ފެށިގެން ފަހަތަށް ދާއިރުގައި އަޅުގަނޑުމެންނަށް މުޅި ރާއްޖެ އަށް މި ފުރުސަތުތައް ހުޅުވާލެވޭ ހިސާބަށް ގެންދެވޭނެ."

ރައީސް ދެއްވި ޔަގީން ކަމަކީ އެ މަޝްރޫއުތަކުގެ ދަށުން ގެދޮރުގެ ދަތިކަން ހުރި ރަށްރަށުގައި ވެސް ހައުސިން ޔުނިޓް އެޅުމާއި އަމިއްލަ ގެދޮރުގައި ލޯނު ނަގައިގެން ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގައި 70،000 ހައުސިން ޔުނިޓްގެ ބޮޑު މަޝްރޫއެއް ހިންގަން ވައުދުވެވަޑައިގެންފަ އެވެ. އަދި އެ މަޝްރޫއުއަށް އިންވެސްޓަރުން ހޯދަން ޗައިނާ އާއި ބޭރު އެހެން ގައުމުތަކާ އެކު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދާ 40،000 ހައުސިން ޔުނިޓާއި "ރަސްމާލެ" ގައި 30،000 ހައުސިން ޔުނިޓް އެޅުމެވެ.

އުތުރުގައި ފްލެޓްތައް އަޅަން ނިންމާފައި ވަނީ ހއ، ހދ. އަދި ށ. ގަ އެވެ. އަދި ދެކުނުގައި ފްލެޓްތައް އެޅުމަށް ޕްލޭންކޮށްފައި އޮތީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫގަ އެވެ.

ސަރުކާރުން އިމާރާތްކުރަން ބޭނުންވަނީ 15-20 ބުރީގެ ހައުސިން ޔުނިޓާއި ވިޔަފާރީގެ ބޭނުމަށް ޖާގަ ހުންނަ ގޮތަށް ހަދާ ޓަވަރުތަކާއި ހަތަރު ބުރީގެ ހައުސިން ޔުނިޓްތަކާއި ތިން ބުރީގެ ހައުސިން ޔުނިޓެވެ. އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްތަކާއި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވެސް ހިމެނޭނެ އެވެ. އަދި ފްލެޓްތައް އެޅުމަށް އަކަފޫޓަކަށް 85-100 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް މި ޕްރޮޖެކްޓްތައް ހިންގޭނެ އެވެ.

12 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 13%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލަމާހުއްޓާ

29 February 2024

ބޭކާރު ވާހަކަ ނުދައްކައި ހުސްވި ސަރުކާރުން ފްލެޓް ދިނުމަށް ލިސްޓްނެރެފަ އޮތްމީހުނަށް ފްލެޓްދީބަލަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 February 2024

ދައުލަތުގެ އެހީތެރިކަންލިބިގެންމެނުވީ ބޯހިޔާވަހިކަންހޯދެންނެތް ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކާ ދައުލަތް ދަރަނިކޮށް އެތައްހާސް މިލިޔަންރުފިޔާ ނަގައިގެން ދައުލަތުން އިމާރާތްކުރާ ސޯޝަލް ހައުސިންގ ސްކީމުން ވައްކަންކުރުމަކީ އާދަކާދައިގެތެރޭގައިހިމެނޭ "ޝަރަފުވެރި ވައްކަމެއް" ގެ ގޮތުގައި ބޭއްވުމުގެބަދަލުގައި ދައުލަތާއި ރައްޔިތުންގެޙައްޤު ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށްޓަކާ މިވައްކަންހުއްޓުވޭނެ ޤާނޫނުވުޖޫދުކޮށްފައި ތިކަން ކުރޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

29 February 2024

މަތީގައިދެންނެވިފަދައިން މާލޭގައިއާންމުވެފައިވާ "ފުލެޓްވައްކަން ހުއްޓުވުމަށްޓަކާ" ބިމާއިބެހޭ ޤާނޫނުއިސްލާޙްކޮށް އަދި ޕްރޮޕަޓީ ޤާނޫނެއް ވުޖޫދުކޮށް ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފްރީކޮށް އޭނާ މިލްކުކުރާ 2 ވަނަ ފުލެޓާއިބިމުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިބިމުން ޖީއެސްޓީގެއިތުރުން Luxury Tax ތައާރަފުކޮށް، މީގެ އިތުރުން ސޯޝަލް ހައުސިންގ ސްކީމްތަކަށް ދޮގުމައުލޫމާތުދިނުމާއި އެކަމަށް އެހީތެރިވުމަކީ ޖިނާޢީކުށެއްކަމަށް ޤާނޫނުގައި ކަޑައަޅާ.

The name is already taken The name is available. Register?

އމމމމ

29 February 2024

ގާނޫނުގަ ހުރިހާ ދިވެހިން ހަމަހަމަ އަދި ވަކި ރަށެއްގެ ވަކި ގަބީލާއަކަށް އުފަންވީތީ އިސްކަން ދިނުން ހުއްޓާލަންވީ.

The name is already taken The name is available. Register?

ބެއްޔާ.

02 March 2024

އެހެންވީމާ އަހަރެމެންގެ ގަބުޅިކާބަފައިން މާރަނގަޅެއްނު. ގެދޮރުއަޅާ ދިރިއުޅެ ދުނިޔެ ދޫކޮށްފައި އެދިޔައީ ދައުލަތުގެ އެއްވެސް އެހިތެރިކަމެއްނެތި އަމިއްލަ މަސައްކަތްކޮށްގެން. މިޒަމާނުގެ ތައުލީމީ ތަރައްގީ މީހުނަށް މިއުޅެނީ ދައުލަތުގެ އެހީއާ ނުލާ ދެކަމު ހާޖަތައްވެސް ނުދެވިގެން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

29 February 2024

ބޭކާރު ވާހަކަ ނުދައްކާ ހުޅުމާލެ ފޭސް3 ހިއްކާ ނިންމާބަލަ! ނިންމާފަ މިހާރު އެތަނުން ރަޖިސްޓްރީ ދޫކޮއްފައިވާ ފަރާތަކައް ބިން ހަވާލުކޮއްބަލަ! އެހެން ނޫނީ ވޯޓް ދޭނެ އެއްވެސް ގޮތެއް ނެތް!

The name is already taken The name is available. Register?

އަމާގެ ކޮއްޔާ.

29 February 2024

ވޯޓު ނުދެންޏާ ނުދީ ހުރޭ. އެހެން ނޫނީ މޯދީއަށް ވޯޓްދީ. ނުޖެހޭ 30 މިލިޔަން ރުފިޔާގެ ބިމެއް ހިލޭ ދޭކަށް. ވަންނާނެ ތަނެއް ނެތް ނަމަ ޖެހޭނީ ފުލެޓެއްދޭން. ތިއުޅެނީ ބިން ލިބުނީމާ ބިން ވިއްކާލާފައި އަނެއްކާވެސް ވަންނާނެ ތަނެއްނެތޭ ކިޔަން.

The name is already taken The name is available. Register?

1828

29 February 2024

އެއަރޕޯޓް އަޅަން އެކަނި ތޯ ފަޅުރަށް ހިލޭދެވެނީ؟ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ހޯދަައި ދިނުމަށް ފަޅުރަށް ދޫކުރުން އެއީ ކުރެވެން ނެތް ކަމަކީ ތޯ؟

The name is already taken The name is available. Register?

1828

29 February 2024

ތިޔަހައި މުހިންމު ކަމެއް 06 މަސް ފަހުން ފަށަނީ ކީއްވެ ތޯ؟ މުހިންމު ނުވީމައި 06 މަސް ފަހުން ފަށާނީ.

The name is already taken The name is available. Register?

އުމަރުބެ ބނޑދ

29 February 2024

މިސަރުކާރުން މިހާތަނައް ކުރިކަމެއް ހަރާމް ވަނީ ހުސްވައުދު

The name is already taken The name is available. Register?

ޢަލީދޖކސ

29 February 2024

ތިހެން ނުބުނޭ. ޢަދި އަންނަ ހަފްތާ ނާންނަނީ އެ

The name is already taken The name is available. Register?

ފޫހި

29 February 2024

އަދި މިސަރުކާރުން އެއްވެސް މަސްރޫއެއް އަމަލީ ގޮތުން ނުކުރޭ ހުސް ވައުދުވަމުސް ރައްރަށް ދަތުރުކުރަނީ ރައްޔިތުން ގަބޯހައްދާ އެކަމު ބުނާނެ މައުމޫނު ކަޑާޖަހާވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454