އިމަޖެންސީ ހާލަތުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާނެ މަތިންދާ ބޯޓު.
01 މާޗް 2024 - 09:56
ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރެއިން އެ މަނިކުފާނުގެ އެންމެ އިސް އެއް ވައުދެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްލާފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދުން ފެށިގެން ދޭން ނިންމާފައިވާ ކަމަށެވެ. އެ ހިދުމަތް ދިނުމަށް ފަށާ ބޯޓުގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެ ކަމަށެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު.
މިނިސްޓްރީން ބުނި ގޮތުގައި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ބޯޓުގައި ފަށާ އެ ހިދުމަތާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ އެވެ.
މިނިސްޓްރީން ބުނީ މިހާރު މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓްކުރުމުގެ އިންތިޒާމު ރާވާ، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ގާއިމުކުރެވޭނެ ކަމަށެވެ.
މި ހިދުމަތް ދެނީ މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އޭގެ ތެރޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ހިމެނޭއިރު އެ މަސައްކަތުގެ އަމާޒަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.
އެކަމުގެ މައުލޫމާތު ދޭން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އެއާ އެމްބިއުލާންސްގެ މަތިންދާ ބޯޓުގައި އެއް ފަހަރާ ބަލި ދެ މީހުން އުފުލޭނެ ކަމަށެވެ. އަދި ޑިމާންޑާ އެއްވަރަށް ބަލި މީހުން އުފުލޭ އަދަދު އިތުރުކުރެވޭނެ ޖާގަ ވެސް އޭގައި އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭނުގައި އުފުލެނީ އެންމެ ބަލި މީހެކެވެ.
އެއާ އެމްބިއުލާންސުގައި ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެކަމުގެ މަޝްވަރާތައް ވަނީ ސްރީލަންކާއާ އެކު ކޮށްފަ އެވެ. މިހާރު ވަނީ ދެ ގަޑިއިރުން ބަލި މީހުން އުފުލުމަށް ލިބެން ޖެހޭ ހުއްދަތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ކުރިން އެކަމަށް ގާތްގަނޑަކަށް އެއް ދުވަސް ނަގަ އެވެ.
ދުރު ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމަށް ސަރުކާރުން މަސައްކަތްކުރާއިރު އެކަން ކުރަން ޖެހެނީ އެކި ތަންތަނަށް ހުއްޓައިގެން ދާށެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހެހެހެހެހެ
03 March 2024
އެންމެ ފަހުން ތި ތަނަކަށް ފުރި ތާރީޚެއް އިނގޭތަ؟؟؟؟
ބޫތީން
02 March 2024
އަހަރުމެން މޭކަރާނެ، އަހަރުމެންނަކީ ބީޖޭޕީ ސާލިހުން
ދެއްތޯ
02 March 2024
ތިއީ ފުރޮޅުލާފަ ތަންތަނަށް ކޮއްޕާގެންދާ އެއްޗެއްތަ؟ ތީގެ އިންޖީނުތައް އަނެއްކާ އެނބުރޭބާ؟ އެއްވެސް ފޮޓޯއެއްގައި އޭތި ސްޓާޓްކޮށްފައި އޮއްވައި ފެންނާކަށް ނެތް! އުދުހޭ އެއްޗެއް ހެނެއް ހިއެއްނުވޭ. - ރޭގަވެސް ޚިދުމަތް ފަށާފަ، އެކަމަކު ފޮނުވީ ހަމަ އާދައިގެ ބޯޓެއް ބަލިމީހަކު ބަލާ. ލޮލް
މެގަޕްރޮޖެކްޓެއް
01 March 2024
މިހާބޮޑު މެގަޕްރޮޖެކްޓެއް ފެށިއިރި ސަރުކާރުގެ ބޮޑުން އެއްވެ ފޮޓޯނަގައި ޓީވީތަކުން ލައިވުކޮށް ހަވާއަރުވަން ވާނެ ނޫންތަ. މިއިންކަމެއް ނުކޮށް މިކަންމިފެށީ ކީއްވެބާ! ފާޑުކިޔުންތަކާއި ކުރިމަތިލުމާއި ތިޔަބުނި ޖޮއިސްޓިކުއޮތް ނުފޫޒުގަދަ ބާރަކާއި ކުރިމަތިލާން ޖެހިލުންވަނީތަ.
ފެންނަގޮތް
01 March 2024
ތިމާމެންގެ ސިޔާސީ އެޖެންޑާއާއި އަމިއްލަ އެދުން އެއްފަރާތް ކޮށްފަ ގައުމީ ނަޒަރަކުން ވިސްނާ.. ގައުމަށް ލިބޭ ކޮންމެ ކުރި އެރުމަކަށް އުފާކޮށް ހިއްވަރުދެމާ.. އަމިއްލަ ފައިމައްޗަށް ތެދުވަން ވަގުތު ނަގާނެ. ގައިމު ކިތަންމެ ސަރުކާރެއް އާ.. އެކަމަކު މިކަން ނުކޮށް ވަކި ގައުމެއްގެ ފައިބުޑަށް ވެއްޓި، އެމީހުން ބުނިހާ ގޮތަކަށް، ޖެހިހާ ބެރަކަށް ނަށައިގެން އުޅެންޖެހުނީ..
އަނދިރިފަރާތ
02 March 2024
ތިއަށް ކިޔައިއުޅެނީ "ނުފޯރާފޮތިން ފޫގެޅުން"
މޭރީގޯލްޑް
01 March 2024
އިބޫގެ ވެރިކަން ނިމިގެން ލިބުނު ދޮޅުމަސް ބޭނުންކުރީ ޖަރީމާތައް ފޮރުވަން އެގޮތުން ކޮންކްރީޓް މެޝިނަކައް އަޅާ ސަރުކާރު ކުންފުންޏެއްގެ ލިޔެކިޔުންތައް ނައްތާލީ އަދި ބްރިޖު އެއްބަސްވުން ދައްމާލީ ދެން އަދީބު ފުރުވާލީ. އަދި އިންޑިޔާއާ ގުޅިގެން އިތުރައްތިބި ސިފައިން ވެސް ފޮނުވާލީ. ދެންމިތާ ސިފައިންތިބިކަން އިންޑިޔާއިން ވެސް އެބަ އެއްބަސްވޭ.
މާރިޔާދީދީ
01 March 2024
ކަނޑުވިއްކާލި މީހުނަށް ވޯޓެއް ނުދޭނަން! އަދީބު މިނިބވަން ކުރި މީހުނަށް ވޯޓެއް ނުދޭނަން! އިންޑިއާއަށް ގައުމު ވިއްކާލި މީހުނަށް ދޭނެ ވޯޓެއް ނެތް! އަދީބު މިނިވަން ކޮއްފަ 7 ފަޅުރަށް އޭނަގެ އައުވާނުނަށް ވެރިކަމުގެ ފަހުދުވަހުދިން މީހުނަށް ވޯޓެއްނުދޭނަން! އަނބިމީހާއަށް އަނިޔާކުރި މެންބަރު މައްސަލަ އޮއްބާލި މީހުނަށް ވޯތެއް ނުދޭނަން! ރޯޔަލް ރޭޕްކޭސް މަތިން ހަދާން ހުއްޓަ ވޯޓެއް ނުދޭނަން! ކުޑަ ކުދިންނަ ބޭހުންމީހުން ހޯރއއްބެ މިނިވަންކުރީ ވޯޓް ބޭނުންނޫންވީމަ!
ޔަހޫޔާ
01 March 2024
އެމްޑީޕީވަނީ މަޖިލީހާ ހުރިހާ ބާރަކާ އެއްކޮއް އެއްކަމެއް ވެސް ނުވެފައި އަދި މިހާރު އުޅެނީ މަޖިލިޝް ބޭނުން ކޮއްގެން ސަރުކާރައް އުނދަގޫ ކޮއް ޖެއްސުން ކުރަން
ތެފައާސާ.
01 March 2024
ވަރަށް ރަނގަޅު ކަމެއް. ރައީސް މުއިއްޒުއާއި ސަރުކާރަށް މަރުހަބާ. މިފަހަކުން ސްޓްރެޗާރއެއްގައި ބަލިމީހަކާއިއެކު މޯލްޑިވިއަން ފްލައިޓެއްގައި ދަތުރުކޮށްފައިހުރި މީހެއްގެ ހައިސިއްޔަތުން، ޑެޑިކޭޓެޑް ފުލްފުލެޖު އެއާރ އެމްބިއުލާންސެއްގެ މުހިންމުކަން ވަރަށް ބޮޑަށް ވަޒަންކުރެވޭ. އަދިވެސް އެއްފަހަރު ޝުކުރާއި މަރުހަބާ!!
ސާބަހޭ ވެރިޔާ
01 March 2024
ނާސިރު ގެންގުޅުއްވި ދުރުވިސްނުމާއި، ބޭރުގެ ބާރުތަކަށް ބޯގުދުކޮށްގެން ނުތިބެ އަމިއްލަ ފައިމަައްޗަށް ތެދުވަން މަސައްކަތްކުރުމުގެ ސިޔާސަތު މިހާތަނަށް އައި ވެރިންވެސް ގެންގުޅުއްވިނަމަ މިރާއްޖެ ވަކި ސިންގަޕޯރއަކަށް ދުލެއްނުކުރާނެ މިހާރަކު. ދެރަކަމަކީ އޭގެފަހުން އައި ގިނަ ވެރިން ނާށިގަނޑު ހިފައިގެން ގައުމު ބިނާކުރަން އުޅުން. އަދި އެ ސިޔާސަތު ރައްޔިތުންވެސް ގަބޫލްކުރުން. ނުވާނޭ ކިޔައިގެން ތިބީމާ ނުވާނެ. ވާނީ ފެށީމާ. ރާއްޖޭގެ ޓޫރިޒަމް އަކީ އޭގެ މިސާލެއް.