ދުނިޔެ / ރޭޕް

އިންޑިއާގައި ޓޫރިސްޓަކު ގޭންގްރޭޕް ކޮށްފި

އިންޑިއާގައި ޓޫރިސްޓަކު ރޭޕްކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި.

05 މާޗް 2024 - 06:14

5 comments

ސައިކަލުގައި އެކި ތަންތަނަށް ދަތުރުކުރަމުން ދިޔަ ސްޕެއިންގެ ޓޫރިސްޓް ދެމަފިރިއަކު އިންޑިއާއަށް ގޮސް އުޅެނިކޮށް ގްރޫޕަކުން އަންހެން މީހާ ރޭޕްކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޯށް އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ އިރުމަތީ ޖަރްކަންދު ސްޓޭޓްގެ ދުމްކާ ޑިސްޓްރިކްޓްގައި އަންހެން މީހާ ރޭޕްކުރީ ދެމަފިރިން ކޭމްޕްކޮށްގެން ތިބި ތަނުން އަންހެން މީހާއަށް ހަމަލާ ދީގެންނެވެ. މިކަމުގައި ހަތް މީހަކު ބައިވެރިވި ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

"ބާކީ ތިބި ޝައްކު ކުރެވޭ މީހުން ހޯދުމަށް ހާއްސަ ޓީމެއް މިހާރު ވަނީ އެކުލަވާލާފައި،" ސަރަހައްދީ ފުލުހުންގެ އިސް އޮފިސަރު ޕިޓަމްބަރު ސިންގް ޚެރްވާރު އޭއެފްޕީއަށް ވިދާޅުވި އެވެ.

ހުކުރު ދުވަހު ވަނީ ތުހުމަތު ކުރެވޭ ތިން މީހަކު އަތުލައިގަނެ މޫނު ފޮރުވައިގެން ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ މީހުން ކޯޓަށް ގެންދިޔައިރު ތިބީ އުނަގަނޑުގައި ވާ ޖަހައި އައްސައިފަ އެވެ. މި މީހުންގެ ބަންދު ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.

ޝިކާރައަކަށްވި ސްޕެއިންގެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާ ވެސް އޭރު ކޯޓުގައި ހާޒިރުވެ ތިއްބެވެ.

ޚަރްވާރު ވިދާޅުވީ ހަމަލާ ދިން ސަރަހައްދުން ހެކި ހޯދުމަށް ފޮރެންސިކް އޮފިސަރުން ހިމެނޭ ހާއްސަ ޓީމެއް އެކުލަވާލާފައިވާއިރު، އިތުރު ޓީމަކުން، ޝައްކުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އިންޑިއާގައި އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ކޮންމެ ދުވަހަކު ރިޕޯޓްކުރެ އެވެ. މިފަދަ މައްސަލަތަކުގެ ވާހަކަ ދެއްކުން ލަދުވެތި ކަމެއްގެ ގޮތުގައި ދެކޭތީ އާއި ތަހުގީގުގައި ފުލުހުންނަށް އިތުބާރު ނޯންނާތީ ހުށަނާޅާ މައްސަލަތައް ވެސް ވަރަށް ގިނަ އެވެ.

ރޭޕްގެ މައްސަލަތަކުގައި ކުށް ސާބިތުވުން އިންޑިއާގައި ވަރަށް މަދެވެ. އަދި މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދެ އެވެ.

އިންޑިއާގެ ދަރިވަރަކު ގޭންގު ރޭޕްކޮށް މަރާލި މައްސަލައަކުން 2012 ވަނަ އަހަރު މުޅި ދުނިޔެ ސިހުނެވެ. ވެހިކަލެއްގެ ތެރޭ އެ ދަރިވަރު ރޭޕްކޮށް ޖިންސީ އަދި ޖިސްމާނީ ލާއިންސާނީ އެތައް އަނިޔާއެއް ކުރުމަށް ފަހު މަގުމައްޗަށް އެއްލައިލި ލާއިންސާނީ އަމަލާ އެކު ރޭޕްގެ ކުށަށް އިންޑިއާގައި މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު ބަދަލު ވެސް ކުރި އެވެ. --އޭއެފްޕީ

5 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޣުރޖއޖ

05 March 2024

އިންޑިޔާ މީހުން ރޭޕްކުރާ ވާހަކަ މިހާރު މީހުން ލިޔަންޏާ އެނޫން ވާހަކައެއް މިތަނުން ހޯދަން ވެސް އުނދަގޫވާނެ

The name is already taken The name is available. Register?

ދީމުގުރާތުސް

05 March 2024

އުއްމީދުކުރަން ޖޭސަންކަރު މިމައްސަލާގައިވެސް ބަޔާނެއް ނެރޭނެކަމަށް. އަމިއްލަގެދޮރު ސާފުނުކޮށް، "ބެކްޔާޑު" ސާފުކުރަންއުޅުން ކަޑަ.

The name is already taken The name is available. Register?

އިސްމާލި

05 March 2024

ދުވާލަކު 90 ރޭޕް ކޭސް ރިޕޯޓު ކުރަންޏާ ހަގީގަތުގައި ތި އަދަދު އުޅޭނީ ދުވާލަކު 300 ވަރުގަ

The name is already taken The name is available. Register?

ފަހުދު.

05 March 2024

30000

The name is already taken The name is available. Register?

ރިސްކް

05 March 2024

ރާއްޖެއަށް އެއްވެސް ހަމައެއް ލަމައެއް ނެތި އިންޑިޔާ މީހުން އަދި ވެސް ގެނޭ... ދުނިޔޭގެ ރޭޕް ކެޕިޓަލް އިންޑިޔާއަށް ކިޔަނީ ކަމެއް ވީމައޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454