އިންޑިއާގައި ސްޕެއިންގެ އަންހެނަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި ބައެއް މީހުން ކޯޓަށް ހާޒިރުކުރަނީ.
06 މާޗް 2024 - 06:27
އިންޑިއާގައި ސްޕެއިންގެ އަންހެން ޓޫރިސްޓަކު ގޭންގްރޭޕް ކުރި ކަމުގެ ތުހުމަތުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެން މިހާރު ހައްޔަރުކުރެވުނީ އެވެ.
މޮޓޯސައިކަލެއްގައި ފިރިމީހާއާ އެކު އެކި ގައުމުތަކަށް ދަތުރުކުރަމުން ދިޔަ ޓޫރިސްޓު ރޭޕްކުރީ މިދިޔަ ހަފްތާގައި އިންޑިއާގެ އިރުމަތީ ސްޓޭޓް، ޖަރްޚަންދުގަ އެވެ. އެއީ ދަތުރުގައި ދެމަފިރިން ކޭމްޕުކުރި ތަނެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ވަނީ ފަހުން ހައްޔަރުކުރި ފަސް މީހުން ބިޑި އަޅުވައި، އެކަކު އަނެކަކު ގައިގައި ވާ ޖަހައި އެއްސުމަށް ފަހު ފުލުހުންގެ ވެހިކަލެއްގެ ކުރިމަތީގައި ބައިތިއްބާފައި ތިބި މަންޒަރު ދައްކައިފި އެވެ.
ހޯމަ ދުވަހު ވަނީ މި މައްސަލައިގައި އެންމެ ފުރަތަމަ އަތުލައިގަނެވުނު ތިން މީހުން ކަނުބަނދެ ވާޖަހައިގެން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.
"ސްޕެއިން އަންހެނަކު ގޭންގްރޭޕްކުރި ކަމުގެ ތުހުމަތަށް މިހާތަނަށް ވަނީ އަށް މީހަކު ހައްޔަރުކޮށްފައު،" ފުލުހުންގެ އިސް އޮފިސަރަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުންޏެވެ.
އެންޑީޓީވީން ބުނި ގޮތުގައި، މިފަދަ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނަށް ބަދަލު ދިނުމަށް އެކުލަވާލާފައި އޮންނަ ސްކީމްގެ ދަށުން ޓޫރިސްޓު ދެމަފިރިންނަށް ސަރުކާރުން މިހާރު ވަނީ 12،000 ޑޮލަރުގެ ޗެކެއް ދީފަ އެވެ.
ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އިންޑިއާގައި އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ކޮންމެ ދުވަހަކު ރިޕޯޓްކުރެ އެވެ. މިފަދަ މައްސަލަތަކުގެ ވާހަކަ ދެއްކުން ލަދުވެތި ކަމެއްގެ ގޮތުގައި ދެކޭތީ އާއި ތަހުގީގުގައި ފުލުހުންނަށް އިތުބާރު ނޯންނާތީ ހުށަނާޅާ މައްސަލަތައް ވެސް ވަރަށް ގިނަ އެވެ.
އިންޑިއާގެ ދަރިވަރަކު ގޭންގު ރޭޕްކޮށް މަރާލި މައްސަލައަކުން 2012 ވަނަ އަހަރު މުޅި ދުނިޔެ ސިހުނެވެ. ވެހިކަލެއްގެ ތެރޭ އެ ދަރިވަރު ރޭޕްކޮށް ޖިންސީ އަދި ޖިސްމާނީ ލާއިންސާނީ އެތައް އަނިޔާއެއް ކުރުމަށް ފަހު މަގުމައްޗަށް އެއްލައިލި ލާއިންސާނީ އަމަލާ އެކު ރޭޕްގެ ކުށަށް އިންޑިއާގައި މަރުގެ އަދަބު ދޭ ގޮތަށް ގާނޫނު ބަދަލު ވެސް ކުރި އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
122345
07 March 2024
އިންޑިޔާ ޓުއަރުޒަމަ އަސަރު ކުރާނެ
ނާރާހަނދު
07 March 2024
ޖައްވަށް ގޮސްގެންނާ ލަކްޝަދީޕްގަ ނޭވަލް ބޭސް ހަދައިގެން އުޅޭ މިސަރަހައްދުގެ އެންމެ މޮޅު ބާރުގަދަ ގައުމުކަމަށް ކިޔާ އިންޑިއާގެ ދުރުމިތަކާ ރާޑަރުތަކަކަށް ނާރައޭ އެގައުމުގަ އެވަރަށް ރޭޕްތައް ހިންގާ މީހުންނެއް.
ޒަމިޜާ ޟޫޒަން
07 March 2024
ރާއްޖޭގައިވެސް މިހާރު އިޖުތިމާއީ ވިއުގަތަކާއި ޑޭޓިން އެޕްތައް ބޭނުންކޮށްގެން މީހުން ރަހީނުކޮށް ކަރުގައި ވަޅިޖައްސާ ކޮމްޕްރޮމައިޒް ވީޑިއޯތައް ހަދާ ބުލޭކްމެއިލްކޮށް ފައިސާ ފޭރުންދަނީ އާންމުވަމުން،... ފުލުހުން އެއްކަމެއްވެސް ނުކުރޭ މިކަން ހުއްޓުވާކަށް ..
ގެދާނޯމޮސް
07 March 2024
ޓޫރިސްޓުންނަށް ފައިސާ ދެނީ މައްސަލަ އޮށްބާލަން މިހާތަނަށް އިސްޑިޔާގެ ރޭޕްގެ ކޭސްތަކުން އެކަށީގެންވާ އަދަބެއް ދީފަނުވާސަބަބަކީ ވެސް މިއެވެ. މުސްލިމުއަންހެން ކުދިން ވަގަށް ނެގުމާއި މެރުމާއި ރޭޕްކުރުމުގެ ކޭސް މިހާރު އެންމެ ކުރީގައި އޮތީ އިޒްރޭލާއި އިންޑިޔާގައެވެ. ނޫސްތަކަށް ނާރުވަނީ މިދެ ސަރުކާރު ދެކެ އެބަޔަކުވެސް ޖެހިލުން ވާތީއެވެ.
ބާބް
06 March 2024
ރޭޕިސްތާނު. މާލޭގައިވެސް މިއުޅޭ އިންޑިޔާ މީހުންނާއި ބަންގާޅީން، ކުޑަކުދިން އެކުދިންގެ މައިންބަފައިންނާ އެކީ ތަންތަނަށް ދާއިރު ތިބެގެން ހާދަ ލޯއަޅައޭ. ހިތަށް އަރާ ގޮސް ދެލޯ ދަމައިގެންފާނަމޭ. އެކަމަކު އެހާ ހިތްވަރެއްވެސް އެހާ ކެރުމެއްވެސް ނުހުރޭ ވިއްޔާ އަމިއްލަ ނަފްސުގައިވެސް.
ޢައްޑޫކުއްޖާ
06 March 2024
ޢިންޑިޔާ މީހުން މޮޔަ