ޚަބަރު / ޓްރާންސްޕޯޓް މިނިސްޓްރީ

ވެހިކަލްތަކުގެ އަދަދު ކަނޑައަޅާ ގަވާއިދު އެކުލަވާލައި، ރައީސް އޮފީހަށް

ބޮޑުތަކުރުފާނުމަގުގެ ދެ ފަރާތުގައި ސައިކަލުތަކާ ކާރުތައް ޕާކްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މަގުމަތީގައި ވެހިކަލް އުފުލުމާ ގުޅޭ އުސޫލު ނިންމުމަށް ފަހު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، "ރޯޑް ކެރީން ކެޕޭސިޓީ" އުސޫލަށް އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު، އެ ގެޒެޓުކުރުމަށް ހުރިހާ ކަމެއް ނިންމާފައިވާ ކަމަށެވެ. ވަރަށް އަވަހަށް އުސޫލު އާއްމުކުރާނެ ކަމަށާއި އޭރުން، އެ ރަށެއްގައި އެއްގަމު އުޅަނދު ދުއްވޭނެ ވަރު ކަނޑައެޅުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޮފިޝަލް ވިދާޅުވީ، އެ އުސޫލުގައި މިނިސްޓްރީން ދީފައި ހުންނާނީ، އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު އަދި އަދަދު ކަނޑައަޅާނެ ގޮތުގެ އެހީއެއް ކަމަށެވެ.

އެ ރަށެއްގައި ދުއްވާ އެއްގަމު އުޅަނދުތައް ހުންނަންޖެހޭ އުމުރާއި އުޅަނދުތަކުގެ ލިމިޓް އެ ކައުންސިލުން ކަނޑައަޅާނީ، ޓްރާންސްޕޯޓު މިނިސްޓްރީން ބުނިގޮތުގައި، އެ އުސޫލު ބަލައިގެންނެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އުޅަނދު ރަޖިސްޓްރީކުރުމާއި އެއްގަމު އުޅަނދުގެ އަދަދު ކަނޑައެޅުމާއި އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ލިބޭ ގޮތަށް ގަވައިދު ބަދަލުކުރީ 2021ގަ އެވެ. އެހެންވެ، މިއީ، ހުރިހާ ކައުންސިލަކުން ވެސް އެކަން ކަނޑައެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނެރޭ އާއްމު އުސޫލެކެވެ.

ވެހިކަލް ލިމިޓް ކުރަން ބާރު ލިބޭ ގޮތަށް އުސޫލު ހެދުމުގެ މަސައްކަތް ފެށިއިރު، ރާއްޖޭގައި ހާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުން ވަނީ ތޮއްޖެހިފަ އެވެ. އެކަމާ ގުޅިގެން، މާލޭގެ މޭޔަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި އާދަމް އާޒިމް މިދިޔަ ޖެނުއަރީ މަހު ވިދާޅުވީ މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަކީ އެންމެ ބޮޑު އަމާޒެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށެވެ. އެއީ އާދަޔާ ހިލާފަށް ގިނަ އަދަދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

13 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1650

10 March 2024

ނޭނގެ ދެން.... ކުރީ ދުވަހުވެސް ބަސް ސްޓޮޕްގައި 45 މިނެޓު ވަނދެން ހުރެފަ 1650 އަށް ގުޅީމަ ބުނީ ފޭސް އެކެއްގެ ބަހުން ދިޔަ ނަމަޔޯ ފޭސް 2ކަށް ... ދެން އެހެންވީމަ ވެހިކަލް ލިމިޓު ކުރަން ލަސްވެސް ވެއްޖެއްނު... މަށަކަށް ނޭނގުނު ދެން ހޭންވީ ކަމެއް ރޯންވީ ކަމެއް

The name is already taken The name is available. Register?

ހެލޯބެ

10 March 2024

ކިލޯކިލޯ ހަކުރު ބޮއިގެން މަގުމަތީ ބިއްޖެހިފައި ތިބީ ގާނޫނު ނެތިނގެންތަ ؟ ސިޔާސީ ވަގުން ބޭނުންވާ ގޮތް އެއީ.

The name is already taken The name is available. Register?

ހަސްނާނު

10 March 2024

ބާރަށް ދުއްވާމީހުން ޖޫރިމަނާ ކުރަނީ "މަގުމައްޗަކީ އެއްމެނަށް" އަމާން ތަނެއްކަމަށް ބުނެ. އެހެނަސް ހެޔޮ އަޑިގުޑަން ކިތަންމެ އޮތަކަސް.

The name is already taken The name is available. Register?

ލަތިފާ

07 March 2024

ގާނޫން އަދި ގަވައިދު މިގައުމުގަ ނެތިގެންތަ ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ވެރިން އުޅޭނެ ގޮތަކަށް ތިޔަ އުޅެނީ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 March 2024

ވެހިކަލް ރެޖިސްޓްރީކުރުމަށް މާލޭބިންވެރިޔާއަތުން ބޮޑުއަގުގައި ސިޓީގަތުމަށް މަޖުބޫރުކުރުވުމަކީ ކުރީޒަމާނުގައި އެހެންރަށެއްގެ މީހެއްގެނަމުގައި އޮންނަ ކަނޑު އުޅަނދަކަށް މާލޭފަޅުން ފައްތިޔާނުދީގެން މާލޭމީހާގެނަމަށް އޮނޑީގެރެޖިސްޓްރީ ބަދަލުކުރުން އޮނޑި ދަމައިގަތް ފަދަ ކަންކަމަށް ޖާގަ ހުޅުވޭނެކަމެއް. # ތީގެބަދަލުގައި ތިރަށުގައި ދުއްވާވެހިކަލްތަކުންނަގާ މަހުފީ ބޮޑުކޮށްފިނަމަ އެ އާމްދަނީ މާލޭގެ ފަރުދެއްގެޖީބަށް ވަނުމުގެބަދަލުގައި މާލޭކައުންސިލަށްލިބޭނެ.

The name is already taken The name is available. Register?

ފޮތާބެ

07 March 2024

އެއްކަލަ އޮނަރޭ...މާލޭ މީހުންނޭ ކިޔައިގެން ކޮންމެވެސް ކަހަލަ ފިތުނައެއް ނުއުފައްދާ ނުހުރެވޭ ދޯ؟

The name is already taken The name is available. Register?

ދޮހޮއްތު

07 March 2024

ކަމަކުނުދޭ ރަނގަޅު އިތުބާރުކުރެވޭ ޕަބްލިކް ޓްރާންސްޕޯރޓް ނިޒާމެއް ނެތި ކުރާވަރުގެ ކަމެއްނޫން ތިއައީ

The name is already taken The name is available. Register?

އަމާނި

07 March 2024

މިގައުމަކީ ގާނޫނާއި ގަވާއިދު ހެދިޔަކަސް ތަންފީޒް ކުރުމަކީ އުދަގޫ އަދި ފަހަތު ފަޔަށް ބަރުއެއްޗެކެވެ. އެހެންވަނީ ސިޔާސީ ވެރީން ވަކިބަޔަކު ހިމާޔަތް ކުރުމަށްޓަކައި އެގާނޫނު އޮޅާލަނީއެވެ. އަދި އެހަދާ ގާނޫނު ހިގާނީ ވެސް ނިކަމެތި ރައްޔިތުންނާށެވެ. ޑްރަގް، ގޭގްތަށް އަދި ސިޔާސީ މީހުންގެ ބަލަދުވެރީން ގާނޫނުތަށް ނުހިގާނެއެވެ. ވެހިކަލްތަށް ރަޖިސްޓްރީ ކުރެވެނީ ވަކި އުސޫލުތަކުންނެވެ. އެހެން ނަމަވެސް ކަމާބެހޭ އިދާރައިން ގާނޫނާއި ޚިލަފަ ރަޖިސްޓްރީ ކޮއްދެނީއެވެ

The name is already taken The name is available. Register?

ގައުމުވެސް

07 March 2024

ބަލަ ހަމަތިޔައުޅެނީ ކޮންމެސްލާރިބޭނުމުގާ ދެންކިޔާނީ ލައްކާއިން މިހާރު ބައިލައްކަތަ؟ މިސީދާ ސަދޫމުގެ ހުކުން؟

The name is already taken The name is available. Register?

ނުވާނެ

07 March 2024

މާލޭގަ ހުޅުވާ ފިހާރަތަކާ ކެފޭތަކާ އޮފީސްތަކާ އަޅަމުންދާ އުސް އިމާރާތްތައް ދުވަހުން ދުވަހަށް ގިނަވާ ވަރަކަށް އެ ތަންތަނަށް ދާން ތިބި މީހުން އިތުރުވާވަރަކަށް ކިހިނެތް ވެހިކަލްތައް މަދުވާނީ؟ ދުއްވާ އުޅަނދުތަކާ ޕާކިންގ މައްސަލަތައް އޮތީ ހަމައެކަނި ވެހިކަލްތަކުގެ އަދަދުގައެއް ނޫން.

The name is already taken The name is available. Register?

ގޯރުނުދޯރު

07 March 2024

މާލެއާ އައްޑޫ އަދި ލާމު ކަހަލަ ބޮޑެތި ސަރަހައްދުތަކުގަ އެއް މިންގަނޑަކަށް ގަވާއިދު ހެދުން ރަނގަޅު. ތިނަދޫ ފުވައްމުލައް ކުޅުދުއްފުށި ތަންތަން ވަކި މިންގަނޑަކަށް. ސަރަހައްދުގެ ބިމުގެ ސައިޒާއި ސަރަހައްދުތަކުގެ މަގުތަކާއި އާބާދީ އިތުވަމުންދާނެ މިންވަރުގެ ލަފައަކަށް ބިނާކޮށް ގަވާއިދު ހެދުން ރަނގަޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454