08 މާޗް 2024 - 15:01
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން އެކަނިވެރިވެފައިވާ ކަމަށާއި އެ މަނިކުފާނަށް މިހާރު ގެންގުޅުއްވާ ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ "ރިޕަބްލިކް ޗެނަލް" ގެ ޕްރޮގްރާމެއްގައި މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގަނެވުނީ "އިންޑިއާ އައުޓް" ކިޔައިގެން ނޫން ކަމަށާއި އޭރު ރާއްޖޭގެ ސިޔާސީ ހާލަތު އޮތް ގޮތުން ކަމަށެވެ.
އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީ ވަރަށް ބޮޑަށް ބަލިކަށިވި ކަމަށާއި އެ ޕާޓީ ދެބައިވުމުގެ ފައިދާ އިދިކޮޅު ފަރާތްތަކަށް ލިބުނު ކަމަށް، ވަގުތީ ގޮތުން ގާނާއަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވި މެންބަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މުއިއްޒުއަށް ތާއީދުކުރެއްވި ކަމަށާއި ނަމަވެސް މިހާރު އެއިން އެއްވެސް ބޭފުޅަކު އެ މަނިކުފާނުގެ ސަރުކާރަށް ތާއީދުނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހާރު އެއްވެސް މީހަކު ރައީސް މުއިއްޒުއާ އެކީ ނެތް. ރައީސް ވަރަށް ބޮޑަށް އެކަނިވެރިވެއްޖެ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވީ ދިވެހިންނަކީ އިންޑިއާއާ ދުރަށް ދާން ތާއީދު ކުރާނެ ބައެއް ނޫން ކަމަށާއި އެކަން ކުރާނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަން ވެސް އެނގޭނެ ކަމަށެވެ.
ސަރުކާރުން އެ މަގުން ދާ ނަމަ ރައްޔިތުންނަށް ގެއްލުންވާނެ ކަމަށާއި އެ މިސްރާބު ބަދަލުކުރަން ރައީސަށް މަޖުބޫރުވެ ވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ހިނގަމުން އަންނަ ގޮތާ ގުޅޭ ގޮތުން ނަޝީދު ވަނީ އިންޑިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ ކުޑަކުޑަ ރާއްޖެއިން އިންޑިއާގައި ސިފައިން ބާލުވަން އެދުމުން އެ ގައުމުން ވަގުތުން އެއްބަސްވި ކަމަށެވެ. އެއީ "ބުލީ" އެއް އުޅޭނެ ގޮތެއް ނޫން ކަމަށާއި އިންޑިއާ ބޭނުން ވެއްޖެ ނަމަ ޖެއްސުން ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިންޑިއާ އިން ކުޑަ ގައުމަކަށް އިހުތިރާމްކޮށް އަދި މަޝްވަރާގެ މަގުން ސިފައިން ބަދަލުކުރެވޭނެ ގޮތްތަކާ މެދު ދަނީ ވާހަކަ ދައްކަމުން،" ނަޝީދު ވިދާޅުވި އެވެ.
އިންޑިއާއަށް އަބަދުވެސް ވަރަށް ބޮޑަށް ތާއީދުކުރައްވާ ނަޝީދު ރާއްޖެ-އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ތަކުރާރުކޮށް ދައްކަވާ ވާހަކަތަކުގައި، އިންޑިއާ ދެކޮޅު ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށް ބެލެވޭ މައްސަލަތަކުގެ ވާހަކަ ދައްކަވަ އެވެ. އަދި އިންޑިއާއާ ދުރުވެ ޗައިނާއަށް ބަރޯސާވުމަކީ ދަރަނީގެ މަޅިއެއްގައި ޖެހުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގފގފ
10 March 2024
ކޮން މޮޔައެއް ގޮވަނީ؟ އެކަލޭގެއަށް ނެތްދޯ ހިންދުތްވާގެ ވަކިތަކުން ސަލާމަތްވެވޭނެ ހަމައެއްގޮތެއްވެސް.
އިބްރ
09 March 2024
މީނާ ރާއްޖެއިން ފުރައިގެން ދިޔަފަހުން އެއްވެސް ޚަބަރެއްވީ ބޭފުޅަކު ވޭތޯއެވެ. ސަބަބަކީ މީނާބުނާގޮތުގައި ސިޔާސީ ދާއިރާއިން މީނާވަނީ އެއްފަރާތްވެފައެވެ.
ދީމުގުރާތުސް
09 March 2024
އެކަނިވީ މުއިއްޒުތޯއެވެ؟ އަމިއްލަ ޕާޓީގެ ޓިކެޓް ނުލިބި އެކަނިވީ މަނިކުފާނެވެ. އިބޫ ރައީސަށްވީމާ، ހަޖަމްނުވެ ވަކި ޕާޓީއެއް އުފެއްދީ މަނިކުފާނެވެ. މަޖިލީސް ރައީސްކަމުގައިވެސް އެކަނިވެ، އެންމެ ފަހުން އިސްތިއުފާދެއްވީވެސް މަނިކުފާނެވެ. ދެންވެސް މާޔޫސްވެ، ފާޑެއްގެ ބަޔާނެއްނެރުމަށްފަހު، ރާއްޖެ ދޫކޮށްދިޔައީވެސް މަނިކުފާނެވެ. ރައްޔިތުންކައިރީގައި އިންޑިއާއަށް ކުޑައިމީސްނުކުރާން ބުނެފައި، ޗައިނާ ބަދުނާމުކޮށް ވާހަކަދައްކަނީވެސް މަނިކުފާނެވެ. #ދެފުށްކެހެރި
ވިސްނުން
09 March 2024
ބުއްދި ހަމަނުޖެހޭ މީހުން ދައްކާާވާހަކައެއް ތިޔައީ.ދެން ތިޔަތާހުރެ
ގަރިދިޔަތަކުރު
09 March 2024
އެކަނިވި މީހާ މިހާރު ތިހުރީ ގާނާގަ ގާނާ ފުޑާން. ދެން ތިތާ މުސާރަ ނަގައިގެން ފުޑާން ހުރެބަލަ މި ގައުމާ ނުބެހި.
ގުދޯބެ
09 March 2024
ގުދޯ ގުދޯ ހިޖުރަ ކުރުމަކީ ވަރަށް މަޖާ ކަމެއް.
އެގޭ
09 March 2024
ޣައްދާރު!
ފެންނަގޮތް
09 March 2024
އިހުގަ ރަނގަޅު ކަންކަން ކޮށްފައެބަހުއްޓެވެ. އެކަމަކު ވެރިކަމުގެ ލައްޒަތުގެ ރަހަ ކަރުގަ ޖެހުމަށްފަހު، އެލަމަށް ގައުމު ވީރާނަކޮށް ވިއްކަން ފަހަށް ނުޖެހޭނެކަން މިހާރު އެނގެއެވެ. މަނިކުފާނަކީ ބޭރުގެ އަސްކަރިއްޔާއަކުން މިގައުމަށް އަރައި ވެރިކަން ބަދަލުކުރަން ގޮވި މީހާއެވެ.. މަނިކުފާނަކީ ދިވެހިންގެ އާމްދަނީ އޭގެ މައްޗަށް ބިނާވެފައި އޮތް ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވި މީހާއެވެ. ދެން އިތުރު އެއްޗެއް ނުބުނެ، ދުރުގަ ހުރިއްޔާ މާ ރަނގަޅެވެ.
އަޅި އަލީ
09 March 2024
އެކަނިވި މީހަ ހުންނެވީ ގާނާއަށް ގާނަން ފޮނުވާލާފަ!
ޓީޖެޓީ
09 March 2024
ފަކުރެއްގެ ދިރުން އައި ހިސާބުން ފެށިގެން މިދައްކަނީ އަންނި ފުލުން ދާނެ ވާހަކައެވެ. އެވާހަކަ ދައްކާތާ އަހަރެއް ނުވަނީސް މިއޮތީ އެކަން ހަގީގަތަކަށްވެފައިވާތަން ފެންނާށެވެ.