10 މާޗް 2024 - 19:31
މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާތީ އެ ކަންކަން ހުއްޓުވުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓާކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓާކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައި އެވެ.
މީގެ އިތުރުން، ވަޒީރުންގެ މަޖިލީގުގެ ލަފާފުޅާއެކު ރައީސް ވަނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމަށް ލާޒިމުކުރުމަށް ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަންދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި، ރައީސް އޮފީހުން ބުނީ މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ފުލުހުންގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގެ އިތުރުން އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޝަން
12 March 2024
ދެން ފިލުމުތަކުގައި ވާހެން ތިޔަ ޑިވައިސް ކަނދެއްގައި ބާއްވާފައި ނުދެވޭ ގޮތަށް ހަދާތި އަނެއްކަ އުޅަނދުން ނުނެއްޓޭނޭހެން.
ޓެކުސީ
11 March 2024
އަހަރެން ހީކުރިން ޓެކްސީ ތަކުގައި ދެކުލައިން ދިއްލޭ އެތި ހަރުކުރީމާ ފެހި ކުލައިން ދިއްލައިގެން އަންނައިރު އަތްނެގީމާ ހުއްޓާނޭ. އެކަމަކު މީހުން ލާ ފުރައިގެން، ވަކި މަންޒިލް ތަކަކަށް ނޫނީ ފަސިންޖަރުން ނުގެންދާ ގޮތަށް ފެހިބޯޑު ދިއްލައިގެން އެއޮއް ދުއްވަނީ ފުލުހުން ކުރިމަތީގަވެސް. އެޅޭ ފިޔަވަޅެއް ނެތް. ޓުރެކަރަށްވެސް ވާނީ އެހެން. ހަރާންފަދަ އަންނާނެ ބަދަލެއް.
ހޯދަންނޭނގޭ މަސްވެރިޔާ
11 March 2024
ކަމަކީނވަރަށް ރަނގަޅުކަމެއް. ސަލާމތީ ގޮތަކިން ބެލިޔަސް ފަސޭހަތަކެއް ލިބޭނެ ކަމެއް. މި ނުޖައްސާ ފުރައިގެން އުޅޭނަމަ ޢަތުޖެހުނުބފަހަރަކުން ވުގުތުން ޖޫރިމާނާކޮށް މައްސަލަ ނިންމޭނެ ނިޒާމެއް އޮތުން މިހިންމި. ސްޓިކާއަކީވެސް މިކަހަލަ ނިންމުމެއް. ޒާތެއްގެ މަސްވެރިކަމެއް ކުރާ ލޯނަޗް ފަހަރުވެސް އެބައުޅޭ. މިލޯންޗް ފަހަރު މަސްވެރިކަމަށް.ނުކުންނާނީ އިރު އޮއްސުނީމާ މާކަނޑުތެރެއަށް. ދެން ކޮންމެސް.ފަޅުރަށަކަށް.މަސްކޮޅު ބާލާނީ.
އިބްރާހިމް ޝާފިޢު
11 March 2024
ވަރަށް ސަޅި ކަމެއް
ކޯރިއޯލިސް
11 March 2024
ސަލާމަތީ ގޮތުން ބަލާއިރު ވ. ރަނގަޅު ކަމެއް. އެކަމަކު ޑްރަގް ޓްރެފިކް ކުރާމީހުން ތިޔަފަދަ ތަކެތި ނިއްވާލާފައި ނޫނީ ކަޑުމަށްޗަށް އަރާނެބާއޭ ހިތަށް އަރަނީ. ޑިވައިސް ނިއްވާލީމައި އެފަދަ ފަރާތްތަކަޢް ފިޔަވަޅު އަޅާ އަދަބު ނުދެވެންޏާ ނަތީޖާ ނުނެރެވޭނެ. މިހާރުވެސް ޑްރަގްއާއި އެކީ އަތުލައިގަންނަ ގިނަފަރާތްތައްވެސް ސަލާމަތްވެގެން ދާ އަޑުއިވެނީ.
ތިމާވެށި
11 March 2024
ޓްރެކިންގް ހަރު ކުރުމަކީ ރަނގަޅު ކަމެކެވެ. ބޭރުން އަންނަ ލަކުޑި ބޯޓް ފަހަރު ބޮޑަށް ބަލާ ފާސް ކުރަން ވީ އެވެ.
އިބްރ
11 March 2024
ވަރަށް ރަނގަޅު ކަމެއް. ޑްރަގް މައިތިރި ކުރުމަކީ ޤައުމުގައި ކުށް މަދުވެގެންދާނެކަމެއް. ރައްޔިތުންނަށް އަމާން ވެއްޓެއް އިޙްސާސްވެގެންދާނެ ކަމެއް.
ޛިހޖހ
11 March 2024
ވރަށް ބޭކާރު ކަނެއް
ޛަޖސުސުސޖއ
11 March 2024
ޓުރެކިން އެއް ނޫނޭ ހަރުކުރަންވީ.. ކަންކުރާ މީހުނަށް ހަރުކަށި އަދަބޭ ދޭންވީ.. އަދި 10 12 އަހަރު ވަންދެން މައްސަލަ ދިގު ނުދެންމޭނެހެން ކަންކަން ރާވަންވީ
ހިތަދޫ 2
10 March 2024
އަނެއްކާ އެނެއް ހަރަދު ރައްޔިތު މީހާ ޖީބުން، ނަތީޖާ ދާނީ ޗޮކުން.
ސަމްސިއްޔާ
10 March 2024
ބަލަ ކިތައް އުޅަދުތަ ހާލުގައި ޖެހި ވީނުވީއެއް ނޭންގިގެން އުޅެނީ. ދެން ގައިމުވެސް އުޅަނދު އޮތްތަން ފެންނާނެދޯ. ރައްޔިތު މީހާގެ ފުރާނަ މުހިއްމެއްނޫންދޯ. ތިޔަކަހަލަ ނާތަހުޒީބު މީހުން މިގައުމުގައި ގިނަވީމަ މައްސަލައަކީ.
ކިހިނެއް
11 March 2024
ސިޔާސީ ވީމަ ނުފެންނާނެ ކުރާ ރަނގަޅުކަމެއް
ހިތަދޫ 2
11 March 2024
ވާހަކަ ނުދައްކާ ވާނުވާ ނޭނގި، ސަލާމަތީ ކިޔާ ސެޓްފިކެޓް މަޖުބޫރު ކޮއްގެން ލާރި ނަގާ އެކަމަކު ތީގެއިން އެއްޗަކަށް އަރާ ބަލައިނުލާނެ އެއްޗެއް ހަމަ ތޯ، ގިނަ ފަހަރު ހާލުގަ ޖެހޭ އެއްޗެހި ވެސް ނުހުންނާނެ، ނަމަކަށް ހުރިހާ ކަމެއް ކުރަނީ މިވެސް ހަމަ ވާނީ އެހެން. ރަނގަޅު ކިތަންމެ ކަމެއް ލިޔުމުގަ އެބަހުރި އެކަމަކު ކަމުން ސުމެއް، ޕޮލިޓިކްސް އިނގޭ އަހަރެމެނަށް،