މިދިޔަ އަހަރު ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި ތަރާވީހް ނަމާދުކުރަނީ: މިއަހަރު ތަރާވީހުގައި ހިފްޒުކުރާނީ މާލޭ ސަރަހައްދުން 30 މިސްކިތެއްގައި އަދި ކުރުކޮށް ތަރާވީސްކުރާނީ 18 މިސްކިތެއްގައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 މާޗް 2024 - 13:46
މާލޭ ސަރަހައްދުން ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނީ 30 މިސްކިތެއްގައި ކަމަށާއި ހިފްޒުނުކޮށް 18 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހިފްޒުކޮށް ތަރާވީސްކުރާ ތަންތަނުގެ ގޮތުގައި ހިމެނެނީ މާލެއިން 18 މިސްކިތަކާއި ވިލިމާލެއިން އެއް މިސްކިތް އަދި ހުޅުމާލެއިން 11 މިސްކިތެކެވެ.
ހިފްޒުނުކޮށް ތަރާވީސް ކުރާ 18 މިސްކިތުގެ ތެރޭގައި ހިމެނެނީ މާލޭގެ 13 މިސްކިތެކެވެ. އަދި ވިލިމާލެއިން ދެ މިސްކިތަކާއި ހުޅުމާލެއިން ތިން މިސްކިތެއްގައި ވެސް ތަރާވީސްކުރާނީ ހިފްޒު ނުކޮށް ކަމަށް މިނިސްޓްރީން ބުނެ އެވެ.
● މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް
● މަސްޖިދު މަލިކު ސަލްމާން
● މަސްޖިދުލްސުލްތާން މުހައްމަދު ބިން އަބްދުﷲ
● މަސްޖިދުލް ފުރުގާން
● މަސްޖިދު ޝަހީދު އަލީ
● ތައިބާ މިސްކިތް
● ދުނބުރި މިސްކިތް
● ފަނޑިޔާރު މިސްކިތް
● މަސްޖިދު ސަލާހުއްދީން
● މަސްޖިދު ޖަލާލުއްދީން
● އިބްރާހިމް މިސްކިތް
● އިސްކަންދަރު މިސްކިތް
● މާވެޔޮ މިސްކިތް
● ރަން މިސްކިތް
● ފައިފުހޭ މިސްކިތް
● ދިއްލީ މިސްކިތް
● ޒިކްރާ މިސްކިތް
● ވިލިމާލޭ ސޮނީ މިސްކިތް
● މަސްޖިދުލް އަސްދީގާ (ހުޅުމާލެ ފޭސް 1)
● މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
● ޝައިހް ގާސިމް ބިން މުހައްމަދު އަލްތާނީ މިސްކިތް ( ހުޅުމާލޭ ފޭސް 1)
● މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލޭ ފޭސް 1)
● މަސްޖިދު މުހައްމަދު (ހުޅުމާލޭ ފޭސް 1)
● ހުޅުމާލޭ ވަގުތީ މިސްކިތް (ހުޅުމާލޭ ފޭސް 1)
● އަބީބަކުރު ބިން ސިއްދީގު މިސްކިތް (ހުޅުމާލޭ ފޭސް 2)
● މަސްޖިދު އުސްމާން ބިން އައްފާން (ހުޅުމާލޭ ފޭސް 2)
● މަސްޖިދު އަމީލް ޖަމީލް (ހުޅުމާލޭ ފޭސް 2)
● މަސްޖިދުލް ވާލިދައިނި (ހުޅުމާލޭ ފޭސް 1)
● މަސްޖިދު ހަސަން އާދަމް
● ބަންޑާރަ މިސްކިތް
● މާފަންނު އާ މިސްކިތް
● ވަގުތީ މިސްކިތް (ބޮޑުގެ)
● މަސްޖިދު ޔޫސުފުލް ބަރުބަރީ
● މާލޭ ހުކުރު މިސްކިތް
● މަސްޖިދުލްސުލްތާނުލް އާދިލް
● އާސަހަރާ މިސްކިތް
● ޒިޔާރާތް މިސްކިތް
● އީދު މިސްކިތް
● މަސްޖިދުލް ބިއްރި (ވިލިމާލެ)
● މަސްޖިދުއް ސަލާމް (ވިލިމާލެ)
● މަސްޖިދު އުމަރު ބުނުލް ހައްތާބް (ހުޅުމާލޭ ފޭސް 1)
● މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލޭ ފޭސް 2)
● މަސްޖިދު އަމާނީ (ހުޅުމާލޭ ފެސް 1)
● ދަރުމަވަންތަ ރަސްގެފާނު މިސްކިތް
● ބިހުރޯޒު ކަމަނާ މިސްކިތް
● މަސްޖިދުއް ތަގުވާ
● މަސްޖިދު ޝާކިރައިނި
މިނިސްޓްރީން ބުނި ގޮތުގައި މިއަހަރު މާލޭ ސަރަހައްދުގައި ތަރާވީސްކުރުމުގައި ދިވެހި 32 ހާފިޒުންނާއި ބިދޭސީ 18 ހާފިޒަކު އުޅޭނެ އެވެ. މިހާރު މިނިސްޓްރީ މެދުވެރިކޮށް ރާއްޖެއަށް ބޭރުން ހާފިޒުންނެއް ނުގެނެ އެވެ. އެކަމަކު އެކި ޖަމިއްޔާތަކާއި ރަށު ކައުންސިލުތަކުން ބޭރުން ގެނައި ހާފިޒުންނަށް މިނިސްޓްރީން އެލަވަންސެއް ދޭނެ އެވެ.
މިނިސްޓްރީން ވަނީ ހުރިހާ މިސްކިތެއްގައި ވެސް އަންހެނުންނަށް ތަރާވީސް ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިފަ އެވެ. އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް މިސްކިތްތަކުގައި ދަރުސްތައް ދޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވެސް ޚިޔާލެއް
12 March 2024
ހިފްޒުކޮށް ތަރާވީސްކުރާ މިސްކިތްތައް ގިނަކުރުމަކީ ރައްޔިތުންނަށް ތަކުލީފަކަށް ވެދާނެ ކަމެއް. ނަމާދުކުރުމުގައި އޮންނަނީ ލުއިފަސޭހަކޮށްދިނުން. މުސްކުޅިންނާއި ބަލިމީހުންވެސް ބޭނުންވާނެ ތަރާވީސް ނަމާދު ކޮށްލަން. މިހާރު މިވާގޮތުން ކުރުކޮށް ކުރާ މިސްކިތްތައް ވަރަށް މަދުވެއްޖެ.
ތރވސ
12 March 2024
ކުރުކޮށް އަވަސް ކޮށް ތަރާވިސް ކުރާ މިސްކިތެއްނުހުރޭތަ؟
ރަދީފްއޮފިޝަލް
12 March 2024
އާސަހަރާ މިސްކިތް.
އެކްސްޕްރެސް
12 March 2024
އަހަރެން ބޭނުމީ އެކްސްޕްރެސްކޮށް 20 ރަކުއަތްކުރަން.
ރަދީފްއޮފިޝަލް
12 March 2024
މިއީ ދެރަވަރު ވާހަކައެއް. މިކަހަލަ ވާހަކަތައް ނުދެއްކުމަށް އެކްސްޕްރެސް ބޭބެއަށް ނަސޭހަތްތެރިވަން.
ހުވޭ
11 March 2024
މަޖީދީމަގު މިސްކިތްތަކުގައި ކުރުކޮށް ކުރާތީ ގިނަމީހުންގޮސް ޓްރެފިކަށް އޮބިނޯވެ. ދިގުކޮށް ކުރާނަމަ ގިނަމީހުންނުދާނެ. އޭގެބަދަލުގައި ބޮޑުމިސްކިތެއްގައި ކުރުކޮށް ކުރާނަމަ މަޖީދީމަގުގަ ނުތިބޭނެކަމަށް ބެލެވޭ.
ނަރުސޮރު
11 March 2024
ހިފްޒުކޮށް ނުކޮށް ކިޔުމުގެ ބަދަލުގައި ދިގުކޮށް ނުވަތަ ކުރުކޮށް ކިޔުން މާ ރަގަޅެއް ނޫންތަ؟ ގައުމިއްޔަތޭ ކިޔާތީވެ.
މިނިސްޓަރަށްޕާސްކޮށްލަގަމީހަކު
11 March 2024
ކުރުކޮށް ކިޔަވާ ބޮޑު މިސްކިތެއް ހުރިނަމަ ރަގަޅު. ކުރުކޮށް ކިޔަވާ މިސްކިތަކަށް ދާން މިޖެހެނީ ޕާކުނުކިރެވޭ ކުނާ މަތީކުރަން. ބޮޑެތި މިސްކިތްތައް ތަރާވީހަށް ފުރެނީކީ ނޫން. އެކަމު ބޮޑު މިސްކިތުގައި ކުރުކޮށް ކިޔަވާނަމަ ފުރޭނެ
ޟސދެޖ
11 March 2024
ކަނބަލުންނަށް މޮޅުއިތުރުވެގެންވަނީ ، މިސްކިތިގަ ނަމާދުކުރުމަށްވުރެ ގޭގަ ނަމާދުކުރުމެވެ. ޢެކަމަށް ބާރު އަޅުއްވާ
ވެލާފޮޅި
11 March 2024
ތިހެންބުނަނީ ކޯޗަކަށް ބިނާކޮށްބާ؟ ނޭގޭތީވެ އަހާލީ.
ރަދީފްއޮފިޝަލް
12 March 2024
ވެލާފޮޅިއަށް. ހަދީސާއި އުންމަތުގެ އިލްމްވެރިންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކަނބަލުންނަށް މޮޅުއިތުރުވެގެންވަނީ ގޭގަ ނަމާދުކުރުންކަން ހާމަވޭ. ވެލާ އަބަދު މޫދުގަ އޮތަސް ހަދީސެއް ނޭނގޭނެ.
އާދަނު33
11 March 2024
ހިފްޒު ކުރުމަކީ ކޮބައިކަމެއްނޭގޭ. އަދި އަލަށް އަޑުއެހި ބަހެއް. ރަދީފަކުވެސްނެތް ބަހެއް.
ޢާލި
11 March 2024
ހިފްޒު ކުރުމަކީ ހަތިމު އެއްކޮށް ކިޔާނިންމުން.
ގެޓު
11 March 2024
ޙިފްޒު ކުރުމަކީ ނުބަލާ ހިތުދަސްކޮށްގެން ޤުރްއާން ކިޔެވުން. އެއީ ހިތުދަސްކުރުމަށް އަރަބިން ކިޔާ ނަމެއް.
ރަދީފްއޮފިޝަލް
11 March 2024
ހިފްޒުގެ ލަފްޒީ މާނައަކީ ރައްކާތެރިކުރުން.ހާފިޒުންނަކީ ގުރްއާން ހިތުދަސްކޮށްގެން ތިބޭ މީހުންނަށް ކިޔާނަން.ތަރާވީހް ނަމާދުގަ ކޮންމެ ރެއަކު ފޮތެއް ޔަޢުނީ އަލިފްލާމްމީމް އިން ފަށައިގެން އަންމާ ފޮތުގެ ނިޔަލަށް ކިޔަވައި ރޯދަ މަސް ނިމެންވާއިރު ގުރުއާން އެކީ ހަތިމް ކުރުން އެެއީ ހިފްޒުކޮށް ތަރާވީސް ނަމާދުކުރުން.މިއީ މަށަށް އެނގިފައޮތް މިންވަރު.ވ.ވެދުން
ޛުލީނާ
11 March 2024
ޙިފްޒު ކުރުމަކީ ޚަތިމްކުރާ ގޮތަށް (ކީރިތި ޤުރްއާނުގެ 1 ވަނަ ފޮތުން ފެށިގެން 30 ވަނަ ފޮތުގެ ނިޔަލަށް) ކިޔެވުން. އެގޮތުން ރޯދަމަހުގެ ފުރަތަމަ ރެއިން ފެށިގެން އެންމެފަހު ރެޔާ ހަމައަށް 30 ފޮތް ނިންމޭގޮތަށް ކިޔެވުން. މިގޮތަށް ކިޔަވާއިރު، ޢާންމުގޮތެއްގައި ރޯދަމަހުގެ 29 ވަނަ ރޭ ޚަތިމްކުރާނެ. އެއީ، 29 ރޯދަ ހިފުމުން ޝައްވާލުމަހުގެ ހަނދު ފެނިއްޖެނަމަ ރޯދަމަހުގެ 30 ވަނަ ދުވަސް ނާންނާނެތީ.
ޛުލީނާ
11 March 2024
"ހިފްޒު" ރަދީފުގައި ނެތީ އެއީ ދިވެހިބަހުގެ ލަފުޒަކަށް ނުވާތީ. އެއީ ޢަރަބިބަހުގެ ލަފުޒެއް. "حفظ" މިއީ އެ ލަފުޒަކީ. ތާނައަކުރުން އެ ލަފުޒު ލިޔާއިރު އޮންނާނީ "ޙިފްޡު" މިގޮތަށް. އެކަމަކު "މިހާރު" ނޫހުގައި އުޅޭ މީހުންނަކީ "ތިކިޖެހި ތާނަ" އިގެ އަކުރުތައް ގަބޫލުކުރާ ބައެއްކަމަށް ނުވާތީ، އެމީހުން އެގޮތަށް ލިޔަނީ. އެމީހުން "ޚަބަރު" އަށްވެސް ލިޔާނީ "ހަބަރު". ދިވެހިބަހުން ލިޔެކިޔުމަށް ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތައް ގަބޫލުކުރާ ބައެއް ނޫން އެމީހުންނަކީ.
އާދަނު33
12 March 2024
ނޭގޭނެ ދޯ އެކެހަލަ މާނަނޭގޭ ބަސްބަސް ބޭނުންކުރީމަކާ.. ދިވެހިބަހުން ބުނިނަމަ ޙަތިމު އެއްކޮށްކިޔާ ނިންމާ މިސްކިތްތަކޭ.
ޙާފިޒު
11 March 2024
ޙިފްޒްކޮށް ތަރާވީހު ނަމާދު ކުރުމަކީ ކޮބައިބާ؟
ޢާލީ11
11 March 2024
ތަރާވީހު ނަމާދުގައި ހަތިމު އެއްކޮށް ކިޔާނިންމުން. މިގޮތަށް ކުރާއިރު އާއްމުކޮށް ކޮންމެރެޔަކު ފޮތެއް ކިޔާނިންމާނެ. ހިފްޒު ނުކޮށް ކުރާއިރު ހަތިމު އެއްކޮށް ނުނިމޭނެ. މާނަޔަކީ އާއްމުކޮށް 15 ނޫނީ 20 މިނިޓުން ވިތުރި އާއި އެއްކޮށް ތަރާވިހު ނަމާދު ކޮށް ނިމޭނެ. އެކަމަކު ހިފްޒުކޮށް ކުރާއިރު 1 ގަޑިއިރުވަރު ނަގާނެ ވިތުރި އާއި އެއްކޮށް ތަރާވިސް ނިންމަން.
ގެޓު
11 March 2024
ނުބަލާ ހިތުދަސްކޮށްގެން ޤުރްއާން ކިޔެވުން
އެންޓި މީހާ
11 March 2024
ދިވެހިންގެ އިސްލާމް ކަމާއި ގުޅިފައިވާ އަރަބި އަދި ބަހާއި މިސްކިތްތަކާއި ބީރައްޓެހި ބަޔަކު ޝަހީމްގެ އަޑުގަދަ މިނިސްޓްރީ ގައި ތިބިކަން އާއްމު ކުރިމި ލިސްޓަށް ބަލާލީމަ އެބަ އިނގޭ. ދިހަ ބާރަ ނައިބުންނާއި ސުޓޭޓުން ލީމަ މީޑިޔާ ސްޓަންޓް ނޫން ހުރިހާ ކަމެއް ވަނީ ފެއިލް.
ހހހހހ
11 March 2024
ފިތުނަ އުފެއްދުން ނޫން ކަމެއް ހަމަ ނުކުރާނަންދޯ؟