މޯލްޑިވިއަންގެ ބޯޓެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 މާޗް 2024 - 21:00
ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ އެތެރޭގެ އުދުހުންތަކުގެ ހާއްސަ ފެއާތަކަކުން ޓިކެޓްގެ އަގު ހެޔޮކޮށްފި އެވެ.
ޕްރޮމޯޝަނަލް ފެއާތަކާ ގުޅޭގޮތުން މޯލްޑިވިއަން އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އާ ފެއާތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، މޯލްޑިވިއަނުން މިހާރު ދަތުރު ކުރާ 16 މަންޒިލަކަށް ޝެޑިއުލްގެ ތެރެއިން ވަކި ފްލައިޓުތަކުން އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އެވެ. އޭގެ ތެރޭގައި ހދ. ހަނިމާދު އާއި ސ. ގަމާއި ގދ. ކާނޑެއްދޫގެ އިތުރުން ޏ. ފުވައްމުލަކަށް ވެސް ޓިކެޓް އަގުހެޔޮކޮށް ވިއްކަން ވަނީ ނިންމައިފަ އެވެ.
އަގު ހެޔޮ ފެއާގައި، މާލެ އާއި ކޫއްޑޫއާ ދެމެދު އެއްކޮޅު ޓިކެޓްގެ އަގަކީ 1،111ރ. އެވެ. މާލެ އިން ހަނިމާދުއަށް އަދި ހދ. ކުޅުދުއްފުއްޓާއި ތިމަރަފުއްޓަށް ވެސް މި ފެއާގައި ދަތުރުކުރެވޭނެ އެވެ.
މާލެ އާއި ކައްދުއާ ދެމެދުގެ އަގަކީ 1،055ރ. އެވެ.
ނ. މާފަރާއި ރ. އިފުރަށް ފެއާގައި 999ރ. އަށް ދަތުރުކުރެވޭނެ އެވެ.
މާލެ އާއި އައްޑުއާ ދެމެދު ފެއާގެ އަގަކީ 1،222ރ. އެވެ. ފުވައްމުލަކާއި މާލެއާ ދެމެދު އަގު ހެޔޮ ފެއާގައި 1،155ރ. އަށް އެއްކޮޅު ޓިކެޓް ލިބޭނެ އެވެ.
މާލެ އާއި ފަރެސްމާތޮޑާއާ ދެމެދު ފެއާގެ އަގަކީ 1،133ރ. އެވެ. ހޯރަފުއްޓާއި މާލެއާ ދެމެދު ވެސް ޓިކެޓްގެ އަގަކީ 1،133ރ. އެވެ.
މާލެ އާއި ކާޑެއްދޫއާ ދެމެދު ފެއާގެ އަގަކީ 1،333ރ. އެވެ. ކޫއްޑު އާއި މާލެއާ ދެމެދު ފެއާގައި އެއްކޮޅު ޓިކެޓްގެ އަގަކީ 1،111ރ. އެވެ.
މޯލްޑިވިއަންގެ އަގު ހެޔޮ ފެއާތައް.
މޯލްޑިވިއަންއިން ބުނެފައިވަނީ ބ.ދަރަވަންދޫ އާއި ޅ. މަޑިވަރު އެއާޕޯޓުން މިހާރު ވެސް ޕްރޮމޯޝަނަލް އަގުތަކުގައި ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.
އެ އަގުތަކުގައި ދަތުރުވެރިން ބޭނުންވާ ދަތުރުތައް ކަށަވަރު ކުރުމަށް ކުރިއާލައި ބުކިން ހެދުމަށް މޯލްޑިވއަން އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމަނާއީ
16 March 2024
ފެއަރ ގައި ޅ. މަޑިވަރަށް ދެއްވަނީ ހަނިމާދޫ ދަތުރު މަތީ ޓަރަންސިޓް ދަތުރުގެ ފެއަރ އަގު. އެތަނުން ލިބޭނީ ހަނިމާދޫ ފެއަރ ޓިކެޓް. ޅ. މަޑިވަރަކީ ޅ. އަތޮޅު ރައްޔިތުންނަށް އަގު ހެޔ ތަނެއްނޫން.
އިސްމާލާ
15 March 2024
ކިހިނެއްވާ އަގެއްބާ؟
ބެލެނިވެރިން
15 March 2024
މާލެ އިން ބެންގްލޫރައް ޓިކެޓް އުޅެނީ ކިހިނެއް ތޯ ބލާލެވިދާނެ ތޯ
ކަނބުރުގެ
15 March 2024
ތީގަ ވާނެގޮތަކީ ދަތުރުކުރާ ކޮންމެ ފްލައިޓެއްގަވެސް އިންނާނީ 2 ނޫނީ 4 ޖާގަ އަގުހެޔޮކޮށް.. އެ ފްލައިޓުގެ ބާކީ ޖާގަތައް ހުންނާނީ މިހާރުގެވެސް އަގުގަ. ފުރުމުގެ ތިން ހަތަރުދުވަސް ކުރިން ހާއްސަ ފެއާރގެ ޓިކެޓެއް ހޯދަން ގުޅިޔަސް ކުރިއަށް އޮތް ހަފްތާއަށް އަގުހެޔޮ ޓިކެޓު ފުލްކޮށް އުޅޭނީ. އެންމެ އަވަހަށްވެސް އަގުހެޔޮ ޓިކެޓެއް ލިބޭވަރު ވާނީ ހަފްތާއެެއްވަރު ފަހުން. ހާއްސަ ފެއާރ ނޫން ޓިކެޓު ވަގުތުން ވަގުތަށް ލިބެން ހުންނާނެ. މިނޫންގޮތަކަށް މިކަމެއް ނުހިނގާނެ..
ތުނޑުހަސަނު
15 March 2024
ތިކަންކުރެވޭނީ ވެސް ތިހެން.
ޢެޑްމުންޑޯ
15 March 2024
ތިބުނިގޮތަށް ކަންވެ ނިމިއްޖެ ، ތިފެއަރގެ އަޑު އިވުނު ވަގުތުން ، އުޅެ އުޅެ ފެއަރޓިކެޓަކާއި ލައްވާ ނުލާގެން މިއުޅެނީ
2024
15 March 2024
ތި އިންޑިޔާއަށްދާ އަގުހެޔޮކޮށްދީބަލަ..... ބޮއިހަލަކި
ނަނާ242
15 March 2024
ގދ. ކާޑެއްދޫ އަށްވުރެ ދުރު ފަރެސްމާތޮޑާ އާއި ސ. ޏ. ޓިކެޓް އަގުހެޔޮ ތިނަދޫ . މަޑަވެލި. ހޯޑެއްދޫ މީހުންދެކެ ހާދަ ރުޅިޔެއް ދޯ ތި އައީ. ގާސިމް ވެސް އަގުހެޔޮކޮށް ފްލައިމީގެ ދަތުރުތަށް ފަށާބާ.
ރަޓު މީހެނެ
15 March 2024
އެބުނާހެން ކާޑެއްދޫއަށްވުރެ 30 މިނެޓް ލަހުން ދެވޭ ސ.ގަން އެއާޕޯޓަށް ދެވޭ އަގު ހެޔޮ ކާޑެއްދޫއަށް ދެވޭވަރަށްވުރެ. ކާޑެއްދޫއަށްވުރެ 20 މިނެޓް ލަހުން ދެވޭ ފުވައްމުލަކަށް ވެސް ކާޑެއްދޫއަށްވުރެ އަގުހެޔޮ. ފަރެސްމާތޮޑާ އަކީވެސް ކާޑެއްދޫއަށްވުރެ 10 ވަރަކަށް މިނެޓް ލަހުން ދެވޭ ތަނެއް. އެތަންވެސް ކާޑެއްދޫއަށްވުރެ އަގުހެޔޮ. މުޅި ފެއާރގެ އެންމެ އަގުބޮޑު ޓިކެޓް ހުރީ ކާޑެއްދޫއަށް. މޯލްޑިވިއަން ތީތީ ކަޑައޭ.. ކިހިނެތްތަ ތިހަދަނީ؟؟.
ނުލިބެއޭ
15 March 2024
ފެއަރ ޓިކެޓު ލިބެނީ ކޮންބަޔަކަށް؟؟ ތި އެއް ލިބޭކަމަކަށް ނުވޭ ކިތަންމެ ކުރިން ހޯދަން އުޅުނަސް..
ބޯބުރާންތި
15 March 2024
އެ ޓިކެޓެއް ނުލިބޭނެ. އެއީ އަބަދުވެސް ފުލްކޮށް އުޅޭ ފަސްޓްކްލާސް ޓިކެޓެއް. ކިޔުގަ ޖައްސައިގެން 10 ވަރަކަށް ދުވަސްފަހުން ލިބިދާނެ..
އޮނަރަބްލް އަފީފު ދީދީ
14 March 2024
ކ.އަތޮޅު މާލެއިން އައްޑުއަށް އެއްކޮޅު ޓިކެޓް (ދިވެއްސަކަށް) މޯލްޑިވިއަނުން 1700ރ ވިއްކާއިރު ރިޓާން ޓިކެޓެއް ލިބެނީ 3300ރ އަށް. މިއީ އެރަށުން (ކ.މާލެއިން) އިންޑިޔާގެ އެކި މަންޒިލްތަކަށް ދަތުރު ކުރަން ނަގާ އަގުތަކާއި އެއްވަރުގެ އަގެއް. # މިހާރުވެސް ކުރާންތިއުޅެނީ ވަރަށް މަކަރުވެރިކަމެއް. ދުވަސްކޮޅަކުން ތިޔަ "ނަމުން އަގުހެޔޮ ފެއަރ" އިން ޓިކެޓް ލިބޭ މީހެއް ނުހުންނާނެ. ބަލަންތިއްބާ ދެންފެންނާނީ ތިރަށުން އައްޑުއަށް ދަތުރުކުރެވޭއަގު 3 ގުނަ ކޮށްލާތަން.
ފެންނަގޮތް
14 March 2024
އުންމީދަކީ ވައިޑް ބޮޑީ މަތިންދާ ބޯޓްގެނެސް، ބޭރުގެ އެއާލައިންތަކަށް ބަރޯސާވުން ކުޑަކޮށް، އެއިގެން ނަފާއާއި މަންފާ ދިވެހިންނަށް، ކުންފުނި ފައިދާވެ ސަރުކާރަށް އާމްދަނީ ލިބެ، އެިގެން ދިވެހި ރައްޔިތުންނަށް ފައިދާ ވުން
ސުމައިލީ
16 March 2024
ހުވަފެނުގައި ތިޔަކަން ކުރެވިދާނެ. ތިޔަކަން ހުރިހާ ކަމެއް ކުރެވޭނެ ވަރުމީހަކު ރާއްޖެއަކު އަދިއެއް ނެތް.
13
14 March 2024
ކޮން ފެއާރއެއް. އަގުހެޔޮކުރަަށްޏާ އަގުހެޔޮކުރާނި އަމާބުނީތީ ފަރަށް ދާ އުސޫލަކުން ނޫން. ދެން ބުނާނި ވައުދު ފުއްދީ އޭ