މީހަކު ފޯނުން ސޯޝަލް މީޑިއާ ބަލަނީ: އިޒްރޭލު އެމްބަސީގެ ޕޯސްޓެއް ސިންގަޕޫރު ސަރުކާރުން ވަނީ ޑިލީޓްކުރުވާފައި. -- ފޮޓޯ: އޭއެފްޕީ
26 މާޗް 2024 - 08:20
ސިންގަޕޫރުގައި ހުންނަ އިޒްރޭލު އެމްބަސީން ފަލަސްތީނާ ގުޅޭ ގޮތުން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއް ޑިލީޓްކުރުވާފައި ވާނެ ކަމަށާއި އެއީ އެ ޕޯސްޓުގެ ސަބަބުން އިތުރު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށް ހޯމް މިނިސްޓަރު ކޭ. ޝަންމުގަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ދޭން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާއިރު ޣައްޒާގައި އިންސާނީ ކާރިސާއެއް ވަނީ ފެށިފަ އެވެ.
ޑިލީޓްކުރުވި ޕޯސްޓުގައި އޮތީ ކީރިތި ގުރުއާނުގައި އިޒްރޭލްގެ ނަން 43 ފަހަރު އޮންނަ ކަމަށާއި އެކަމަކު ފަލަސްތީނުގެ ނަން ނޯންނާނެ ކަމަށެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މިއީ މި ޕޯސްޓް ޖަހާފައި އޮތީ އާދީއްތަ ދުވަހު ކަމަށާއި އެކަން ފޮރިން މިނިސްޓްރީއަށް އެނގުމާ އެކު އެ ޑިލީޓްކުރުމަށް ބުނުމުން ވަގުތުން ޑިލީޓްކޮށްދިން ކަމަށެވެ.
"އިޒްރޭލު އެމްބަސީގެ ސޯޝަލް މީޑިއާ ޕޭޖްގައި އޮތް ޕޯސްޓް ބަލައިގަނެވޭނެ އެއްވެސް ގޮތެއް ނެތް. އެކަމާ އަޅުގަނޑު ވަރަށް ކަންބޮޑުވި،" ޝަންމުގަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ މީހުންގެ މެދުގައި ނަފްރަތު އުފެދޭ އަދި އެކަމުގެ ސަބަބުން ސިންގަޕޫރުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް ނުރައްކާ ވެދާނެ ޕޯސްޓެއް ކަމަށެވެ.
ސިންގަޕޫރަކީ ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރި ގައުމެކެވެ. އަދި ރައްދުގައި އިޒްރޭލުން ދޭ ހަމަލާތައް ވެސް ހައްދުފަހަނަޅައި ގޮސްފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަވާރިޖް
27 March 2024
ފަލަސްތީން މައްސަލަޔަށް ޓަކައި ދީނާއި ތާރީޚް އޮޅުވަމުން ގޮސް ދީނުގެ އަސްލު ގެއްލި އޮޅިފައިވާ ކަން ތީގެން ވެސް އެނގެނީ.
ނަނަނަ
27 March 2024
ކޯއްޗެއް އޮޅުނީ؟ ކިޔާދޭންވީނު؟
ކައުންސެލަރު...
26 March 2024
ސާބަހޭ ސިންގަޕޫރު! ދުނިޔޭގެ އެހެންތަންތަނާ ކުޅުނަކަސް ސިންގަޕޫރަކާ ނުކުޅެވޭނެކަން ޔަހޫދީން ޖެހޭނެ ދަންނަން. ޔަހޫދީންނަށް ހަލާކުހުރި
އަމީނު
26 March 2024
އެއީ ދޮގެއް ނޫނެއްނު. އެމީހުން ވެސް ވަރަށް ބަލާފަ އެ ވާހަކަ ލިޔާނީ
ފަމީނު
26 March 2024
ބާނީ އިސްރާއީލް ބާގައިގެ މީހުންގެ ޒާތްކޮޅު ބޮޑުވާހަކަ.. އިސްރާއީލް ކިޔާ ގައުމެއްގެ ވާހަކަ އެއް ނޫން.
ހަރުބޯ
26 March 2024
ކީރިތި ޤުރްއާންގަ އޮންނަނީ މިހާރު މިއޮތް އިޒުރޭލުގެ ނަމެއް ނޫން..ބަނީ އިސްރާއީލްގެ ނަން..އަދި ކީރިތި ޤުރްއާނުގަ އޮންނާނެ ޔަހޫދީންނަށް ލައުނަތް ލެއްވިގެންވާ ވާހަކަވެސް..އަދި ޔަހޫދީން ﷲ ފޮނުއްވި ނަބިއްޔުންނާ ރަސޫލުން ގަތުލު ކުރިވާހަކަވެސް އޮންނާނެ. އެވާހަކަވެސް ބުނެލިނަމަ ދޯ..
މަހާރަދުން
26 March 2024
ކަލޭކަހަލަ ކަނޑު ކޮހަކަށް ސިންގަޕޯރުގެ ފަރަންޖިއަކަށް ވާވަރުވެސް ނުވު އެއްނު!!!ކަލެއަށް ހަލާކު ހުރި!!
މުފައްސިރް
27 March 2024
ހަރުބޮލަށް. ޤުރްއާނުގައި އޮންނަނީ ޔަހޫދީންގެ ޤައުުމު ބަނީ އިސްރާޢީލް ވާހަކަ. އެ ޔަހޫދީން ނުވަތަ އިސްރާޢީލުން ހަމަ އިހުޒަމާނުގައި އެ އިސްރާޢީލް އޮތްތާގައި ބިނާ ކޮށްފައިވާ މި ޒަމާނުގެ ދައުލަތަކީ އިސްރާޢީލް ނުވަތަ އިޒްރޭލް. ޔަހޫދީން (އިސްރާޢީލުން) މިހާރު އުޅޭ ޤައުމަކީ އިސްރާޢީލް/އިޒްރޭލް.
ލަސް
28 March 2024
އެއީ އެމީހުންގެ ބިން. އެމީހުންގެ އަނިޔާވެރިކަމާ ދެކޮޅު. އެކަމަކު އެބިމުގެ ހައްގުވެރިންނަކީ އެއީ.އެމީހުންގެ މިހާރުގެ ވެރިންނަކީ އަނިޔާވެރި ޓެރަރިސްޓުން. ދެން މިކަމާ ކިތަންމެ ދެކޮޅަށް ކޮމެންޓް ކުރިޔަސް ހަގީގަތެއް ބަދަލެއް ނުކުރެވޭނެ.