އަންހެން ކުއްޖަކަށް އަނިޔާކުރި ކަމަށް ބުނެ ހުޅުމާލޭ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ދޮށަށް ބަޔަކު އެއްވެ، ނުރުހުން ފާޅުކުރަނީ-- ފޮޓޯ: މޫސާ އަލި މަނިކު/އެކްސް
26 މާޗް 2024 - 11:13
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނަސް އެކަން ހިނގީ ޗެކް ޕޮއިންޓަކުން ސައިކަލް ހުއްޓަން އެންގުމުން ފިލައިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލުން ވެއްޓިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޮތް ގޮތުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރުމުން ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވި އެވެ.
ރޭ މެންދަމު 1:20 ގައި ކުރި ޕޯސްޓާ އެކު އާންމުކުރި ފޮޓޯގައި ޕޮލިސް ސްޓޭޝަން ކައިރިއަށް މީހުން އެއްވެ ތިބިތަން ވެސް ފެނެ އެވެ. މޫކޭ ވިދާޅުވެފައި އޮތީ ފުލުހުންގެ ފަރާތުން ފެންނަނީ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ޕޮލިސް އޮފިސަރު ހިމާޔަތްކޮށް ހެކި ނައްތާލަން މަސައްކަތްކުރާ ހަޑި މަންޒަރު ކަމަށެވެ.
"ކުޑަކުދިންނަށް އަނިޔާކުރުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން،" މޫކޭގެ ޕޯސްޓުގައިވެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 17 އަހަރުގެ އަންހެން ކުއްޖަކަށް @PoliceMv އޮފިޝަލަކު އަނިޔާކުރި މައްސަލައެއްގެ ނުރުހުން ރައްޔިތުން ދަނީ ފާޅުކުރަމުން. ފުލުހުންގެ ފަރާތުން ފެނިގެންދަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބަދަލުގައި ފުލުސް އޮފިޝަލް ހިމާޔަތްކޮށް ހެކި ނައްތާލުމަށް… pic.twitter.com/KFXjVyXSrw
— Moosa Ali Manik 🇲🇻 (@VMookey) March 25, 2024
އެ ޕޯސްޓުގައި ހާދިސާގެ ތަފްސީލް ދީފައި ނުވިޔަސް ތުހުމަތުކުރީ ދުއްވާފައި ދިޔަ ސައިކަލެއް ވައްޓާލި ކަމަށެވެ.
އެކަމަކު ފުލުހުން ބުނި ގޮތުގައި ކަން ހިނގީ އެހެންނެއް ނޫނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގައި 2 ގައި ރޭ 10:00 ހާއިރު އެކަން ހިނގީ ޗެކް ޕޮއިންޓެއްގައި ތިބި ޓްރެފިކް ފުލުހުން ހުއްޓަން އެންގުމުން ވެސް ނުހުއްޓައި ބާރަށް ދުއްވާފައި ދާން އުޅެނިކޮށެވެ.
"ވެހިކަލް ޗެކް ޕޮއިންޓަކާ އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގެ ގައިން ނައްޓައި ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް،" ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އެ ސައިކަލު ދުއްވާފައި ވަނީ ވެސް ލައިސަންސް ނެތް މީހެކެވެ. އަދި އެ ހާދިސާގައި އަނިޔާވުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލެ 2 އަށް އަރާ ހިސާބުގައި ކޮންމެ ރެޔަކުހެން ޓްރެފިކް ފުލުހުން އުޅަނދުތައް ހުއްޓުވައި ޗެކް ކުރެ އެވެ. ހުޅުމާލޭގައި މި ރޯދަ މަހު ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި މީހުންނަށް ސީރިއަސް އަނިޔާތައް ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަޅި
27 March 2024
މި ވޭތުވެދިޔަ ފަސްއަހަރުގައި ދޮގު ޚަބަރު ފަތުރާ ދައުލަތުގެ މުމައްސާތަކުގެ އަގުވައްޓާލާ ހެދީ ކޮންބައެއްތަ? އެމީހުން ކުރީގައި ކުރި މަސައްކަތް މިހާރު އަނެއްބަޔަކު ކުރާތީ ކަންބޮޑުވާންވީ ސަބަބަކީކޮބާ? ބަލަ އެބަޔަކު ކަންކުރިގޮތައް އެބަޔަކާމެދު ކަންކަންކުރަންޖެހޭނީ! ބަލަ ވެރިކަމަށް އާދެވުނީމައި ހާދަ އަވަހަކަށް ތިޔަ ހަނދާންނެތުނީދޯ!
އަމިއްލަ ހިޔާލު
26 March 2024
ވީސީޕީ ގައި ޕޮލިހުން މަޑުކުރަން ބުނެފަ އޮއްވައި މަޑުނުކޮއް ދިޔުމަކީ ރަގަޅު ނިއްމުމެއް ނޫން.
އައްޔަ
26 March 2024
ބުނާނީ ތިނެންކަންވެސް އެނގޭ އެވަގުތު ފުލުހުން ތިބީ ވުލޫމަތީގައޭ ވެސް ބުނެވިދާނެ,
ަސޭޑް
26 March 2024
ކުޑަކުއްޖެއްވެސް ނޫން ބޯޑު އަންހެނެއް. ބާރުބާރަށް ދުއްވާ މީހުންގެ ސަބަބުން ކިތައް މީހުންގެ ފުރާނަދިޔައިމަތޯ މިމީހުން މައިތިރިކުރާނީ
ހިޔަޅު
26 March 2024
މޫކޭމެން ލަދެއްނުގަނޭދޯ
ޑޮކްޓާރ. ބަނާނާ
26 March 2024
ގާނޫނު ތަންފީޒު ކުރާ މުއައްސަސާ ތައް ބަނދުނާމުކޮށް ކުށްވެރިން ހިމާޔަތް ކުރަން ފާއިތުވެ ދިޔަ އަހަރު ތަކުގައި ބަޔަކު ކުރި މަސައްކަތުގެ ހިތި ނަތީޖާ މިއަދު މިގައުމުން މިފެންނަނީ! ވ. ވެދުން!
ޙަސަން އަޙްމަދު
26 March 2024
ނުގަވައިދުން ދުއްވާ މީހުންގެ ސަބަބުން ނުރައްކާތެރި ހާދިސާ ހިނގާތީ ވެސް ކުށްވެރިކުރަނީ ފުލުހުން. އެފަދަ މީހުން ހުއްޓުވީމާ ވެސް ކުށްވެރިކުރަނީ ފުލުހުން.
ހުސޭނުބޭ
26 March 2024
މިކަހަލަ ވާނުވާ ކުޑަކޮށްވެސް ނެގޭމީހުން އެތަންމިތަނަށް އެއްޗެހިޕޯސްޓުކޮށް ފިތުނަފަސާދަ ބްރީޑުކުރާ މައްސަލަ ބަލާ އަދަބުދޭންޖެހޭ. އެހެންނޫނީ މީހުންގެ މެދުގައި މަސަލަސްކަން ގެއްލިދާނެ.
މުޚްލިސާ
26 March 2024
ލައިސަންސް ނެތި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަތްތެރިވެ، ބާރު ސްޕީޑުގައި ސައިކަލު ދުއްވާފަ ބީތާވެގެން ގޮސް މިސްކިތުން ނިކުންނަ މީހާ ގައިގާ ސައިަލުން ޖައްސާ، އެމީހާގެ މުޅި އާއިލާ އައިސީޔޫއަށް ލާފަ އުޅޭ ކުދިންގެ ހައްޤުގައި ‘މުކޭ އޭ ކިޔާ މީހުން މި އުޅެނީ، ގައުމު ހަލާކުވީ މިކަލަ މުކޭ ތަކާއި ހެދި
މޫނުކާ
26 March 2024
މޫކޭ ކަލޭ ދެން ޕޮލިހަށް ވަދެފަ އެތާގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ދަސްކުރަމާބަހީ. މިކަހަލަ ސޮހޮލުން ގައުމުގެ މަތީފަޑިން ފެނުން ގައުމުގެ ހަލާކު.