ޚަބަރު / އާސަންދަ

35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ސްކްރީނެއް

އައިޖީއެމްއެޗް: ޑެންގީ ހުން ޖެހިގެން އިތުރު ކުއްޖަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާސަންދަ ސްކީމްގެ ދަށުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ޕެކޭޖު ތައާރަފްކޮށް، 18 އަހަރުން ދަށުގެ ކުދިންނަށް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް މިއަދުން ފެށިގެން ސްކްރީނިން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ހަފުތާ 14 ގައި ހިމަނާފައިވާ މަގުޗާޓުގައި ހިމެނޭ ގޮތަށް، 35 އަހަރުން މަތީގެ މީހުންނަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ދަރިވަރުން ހަދަންޖެހޭ ހާއްސަ ޓެސްޓުތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ ގޮތްތައް ކަނޑައަޅާފައިވެ އެވެ.

ސަރުކާރުން މިދިޔަ ޖެނުއަރީގައި މެޑިކަލް ޗެކަޕް ހަދަން ފެށީ 50 އަހަރުން މަތީގެ މީހުންނާއެކުގަ އެވެ. އެއަށްފަހު، މެޑިކަލް ޗެކަޕް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތަށް، 19 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށްފައިވާ އަސާސީ ޕެކޭޖުތަކަށް ބަދަލު ގެނެސްފައިވެ އެވެ.

އެ އުމުރުގެ މީހުންނަށް ޗެކަޕް ހަދަން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.

އާސަންދައިން ބުނީ 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެވެ. ކެންސަރު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓުތައް ސްކީމްގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ހަދަން ކަނޑައަޅާފައިވާ ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާ ދީފިނަމަ، ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެނދިބެ

02 April 2024

މިކަން ކުރަން ކެޕޭސިޓީއެއް ނެތް ހޮސްޕިޓާތަކު. ކިއުގަ ހަ މަސްދުވަސް.

The name is already taken The name is available. Register?

ހުސައިން803

01 April 2024

ޑރ. މުއިޒުއަކީ ގަދަ ރައީސެކޭ ބުނަނީ މިހެންވެގެނެވެ. އެއްޔެ އެއޮތީ ޒުވާނުންނަށް އިންޓާނޭސަނަލް އީވޮލެޓްތައް ހުޅުވާލާފައެވެ. މިއަދު މިއޮތީ 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ހެދޭގޮތަށެވެ. ސާބަހޭ ރައީސް މުއިޒު.

The name is already taken The name is available. Register?

ކުރިން

01 April 2024

އީވޮލެޓް ހުޅުވީ ޑޮލަރު އެކައުންޓުތަކަށް. ދެން އަހަރެމެން ވީ އަގުބޮޑުކޮށް ޑޮލަރު ގަނެގެން ޑޮލަރު އެކައުންޓް ހުޅުވަން.

The name is already taken The name is available. Register?

ކާއްޑަ

01 April 2024

ހަމަމިހާރު މިނައްޓާލަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454