މާލޭގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް އަމީނިއްޔާ ސްކޫލް ހޯލުގައި ކުރިއަށް ގެންދަނީ: ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ލިބިފައި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
03 އެޕްރީލް 2024 - 16:27
މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރުނު ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި އެ މުއްދަތުގައި ވަނީ ޖުމްލަ 4،499،433ރ. ލިބިފަ އެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި މަހު 11 އިން ފެށިގެންނެވެ.
ޒަކާތު ހައުސް އިން ކުރިން ބުނެފައިވާ ގޮތުގައި މި ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ވަނީ 1.6 މިލިއަން ރުފިޔާ ލިބިފަ އެވެ.
1445 ވަނަ އަހަރުގެ ރަމަޟާންމަހު ފުރަތަމަ 20 ދުވަހު ފިޠުރުޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލު.#Zakat #ZakatHouseMv pic.twitter.com/Xzg8up1G9M
— Maldives Zakat House (@ZakatHouseMv) April 3, 2024
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ އެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް ނޭނގޭ މީހުންނަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުން ވެސް ޒަކާތް ބަލައިގަންނާނެ އެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށެވެ.
ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ޒަކާތު ހައުސް އިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މާލޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ އަމީނިއްޔާ ސްކޫލް ހޯލުގައި، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. އަދި އަންނަ އަންގާރަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރުފަހު 1:00 އިން ހަވީރު 6:00 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު މުދިމު
04 April 2024
ތިޔާ ކީއްކުރަން ދައްކާ ވާހަކައެއްތޯ؟؟؟ ތިޔާ ކިތަންމެ ގިނައިން ލިބުނަސް ތިޔަ ލިބޭނެ ކުފޫ ހަމަވާ ދިވެއްސަކު ޔަގީނާ ހަމައިން މަދުވާނެ މިހާރު ތިޔާގެ ޖައްސަންޔާ ނާސާޔައް ދާހާ ލިޔެކިޔުން ސަބުމިޓު ކުރަންޖެހެ. ތިޔާ ދާނީ ކޮންމެވެސް ބޭރު ޑޯނޭށަނަކައް. ދިވެއްސަކު ވަޒީފާޔަކައް ލަންޔާ ވެސް ނާސާޔައް ކުރިމަތިލާހަ ލިޔެ ކިޔުން ހުށައަޅަން ނުޖެހޭތޯ؟ ބޭރުމީހާޔައް ވައިބާއިން ޖޮބު ހަމަޖެހިފަ އޮންނަނީ.
މުހައްްމަދު
03 April 2024
ދެބައި ކުޅަ އެއްބައި ގައްޒާގެ ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންނަށް ހަދިޔާކޮށް ދެއްވުމަށް އެދެން
ބާބޫޖީ
03 April 2024
ދެބައި ކުޅަ އެއްބައި އެއް ނޫން ، ލިބުނު ހުރިހާ އެއްޗެއް ފޮނުވުން އެދެން.
ޓެރޭސްސް
03 April 2024
ފިތުރު ޒަކާތަކީ އެބައެއްގެ ތެރޭގައި އުޅޭ ފަގީރުން އީދު ދުވަހު ކައިގެން ބޮއެގެން އުފާކޮށްލުމަށް ދޭ އެއްޗެއް. މުދަލު ޒަކާތުން ގައްޒާއަށްދީ.
ވަޒަން
05 April 2024
ހަދިޔާ ކުރުމުގެ ބަދަލުގައި ހަދިޔާގެ ނަމުގައި އެއްކޮށް ކާނުލައްޗޭ އަނެއްކާ!!!