ބްރެޒިލްގެ އެކްޓްރެސް ލަރީސާ ބޮނެސީ އާއި އާރިޔަން ހާން.
04 އެޕްރީލް 2024 - 09:09
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ ދޮށީ ދަރިފުޅު އާރިޔަން ހާން ބްރެޒިލްގެ ފިލްމީތަރިއަކާ ޑޭޓްކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 26 އަހަރުގެ އާރިޔަން ޑޭޓްކުރަނީ ބްރެޒިލްގެ އެކްޓްރެސްއެއް ކަމަށްވާ 30 އަހަރުގެ ލަރީސާ ބޮނެސީއާ އެވެ.
އާރިޔަން އޭނާގެ އިންސްޓަގްރާމުން ލަރީސާ އަށް ފޮލޯކުރެ އެވެ. އަދި ލަރީސާގެ މަންމަ ރެނާޓާ ބޮނެސީ އަށް ވެސް އޭނާ ފޮލޯކުރެ އެވެ.
އެ މީހުން ޑޭޓްކުރާ ކަމަށް ބުނާ އަޑުތައް އިތުރަށް ގަދަވީ އާރިޔަންގެ އަމިއްލަ ކްލޯތިން ބްރޭންޑެއް ކަމަށްވާ ޑިޔެވޯލްގެ އިޝްތިހާރެއް ކުޅުމަށް ލަރީސާ މިފަހުން އިންޑިއާގެ މުމްބާއީ އަށް ދިއުމުންނެވެ.
ނަމަވެސް އެ ދެތަރިން ވެސް މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ފިލްމު ޑައިރެކްޓުކުރުމަށް ޝައުގުވެރިކަން ހުންނަ އާރިޔަން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ފުރަތަމަ ޑައިރެކްޝަނަށެވެ. އެއީ "ސްޓާޑޯމް" ކިޔާ ސީރީޒެކެވެ. އެ ސީރީޒްގައި އިންޑިއާގެ މަޝްހޫރު ގިނަ ސެލެބްރިޓީނެއް ފެންނާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސިމްބެ
08 April 2024
ކޮން ކަމެއް. އަހަރުމެން ކީއް.
ޢަލީ ނާޒިމް
04 April 2024
ދެން އަހަރުމެނަށް ކީއް؟