ރައީސް މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
04 އެޕްރީލް 2024 - 19:16
އިދިކޮޅު ފަރާތްތަކުން ގެންދަނީ ކޮންމެ ކަމެއްގައި ވެސް އޮޅުވާލަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، އެކި ފަރާތްތަކުން ވީޑިއޯ މެދުވެރިކޮށް ކުރާ ސުވާލުތަކަށް ދެއްވަމުން ގެންދަވާ "ރައީސް ޖަވާބު" ގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ދޭނެ ޖަވާބެއް ނެތުމުން އެ މީހުން އަމިއްލަ އަށް ވާހަކަތައް އުފަން ކުރަނީ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅުތައް އެއްފޮތެއްގައި ވަނީ ނެރެފަ އެވެ.
"އޭގައި އަޅުގަނޑަށް ކޯނޗެއްތޯ އޮޅުވާލެވޭނީ؟ އަޅުގަނޑު މިވެނި ރަށެއްގައި ނޫނިއްޔާ މުޅި ރާއްޖެ އަށް ޝާމިލްވާ ކަމެއްގައި ވިޔަސް ދެއްކި ވާހަކައެއް އޮތިއްޔާ އެ އޮތީ ފެންނަނީ. އެހެންވީމާ އެ އޮތީ ފެންނަން. ކިތާބީ ހެކި ފެންނަން އަޅުގަނޑު ދެއްކި ވާހަކައެއް ވިއްޔާ،" ރައީސް ވިދާޅުވި އެވެ.
އަޅުގަނޑެއް ކަމެއް އޮޅުވާލައިގެން، ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދޭނެ މީހެއް ނޫން އަޅުގަނޑަކީ. ރައްޔިތުންނަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ މަސައްކަތްކުރާ މީހެއް،"--- ރައީސް
ރައީސް ވިދާޅުވި ގޮތުގައި، މިހާރު ވެސް އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ރިކޯޑުކޮށް، އަންނަނީ ލިޔަމުންނެވެ. މީޑިއާ އަށް ދެއްވާ އިންޓަވިއުތައް ވެސް ލިޔުމުން ފެންނާނެ ކަމަށް ވިދާޅުވި އެވެ. '
"އަޅުގަނޑު ދައްކާ ވާހަކައެއް ވިއްޔާ މި ދައްކަނީ އިހުލާސްތެރިކަމާ އެކީގައި ހިތުގެ އަޑިން. ﷲ ދެކެވޮޑިގެންވާނެ ކަން، ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން އަޅުގަނޑުގެ ލަޔާގަތާއި ގާބިލްކަން ތަން ދިން އެންމެ ފުން މިނަކަށް ސަރުކާރުން އެކަން ކުރުމުގެ ނިޔަތުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ކަމަކަށް ވަކިވަކިން ބެލިޔަސް އިދިކޮޅުން އަމިއްލަ ވާހަކަތައް ހަދައިގެން، ނުވަތަ އާ ވާހަކަތައް އުފަން ކޮށްގެން ފަތުރަމުންދާ ކަމަށެވެ.
"އަޅުގަނޑު [ކުރިން] ދެއްކި ވާހަކައެއް މިވެނި ގޮތަކަށް އަޅުގަނޑު [ފަހުން] ބަދަލުކޮށްފި ކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރަނީ. އަޅުގަނޑެއް ކަމެއް އޮޅުވާލައިގެން، ދޮގު ހަދައިގެން ރައްޔިތުންނަށް ދެރަ ދޭނެ މީހެއް ނޫން އަޅުގަނޑަކީ. ރައްޔިތުންނަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ މަސައްކަތްކުރާ މީހެއް،" ރައީސް ވިދާޅުވި އެވެ
އެހެންވެ، ރައީސް މުއިއްޒު އެދިވަޑައިގަތީ ތެދު، ދޮގު ބަލައިގެން ގަބޫލު ކުރުމަށެވެ. އަދި އެންމެން ވެސް ވާންވީ ތެދު ގަބޫލުކުރާ ބަޔަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަދި އެއީ ކިތަންމެ މަތީ މަގާމެއްގައި ކުރިން އުޅުއްވި ބޭފުޅަކު ދެއްކި ވާހަކައަކަށް ވިޔަސް އަދި މިހާރު މަގާމެއްގައި ހުރި ބޭފުޅަކު ދައްކަވާ ވާހަކައަކަށް ވިޔަސް އެ ވާހަކައަކީ ފޭސް ވެލިއުގައި ނޫނިއްޔާ ވަގުތުން ގަބޫލު ކުރަންޖެހޭ ވާހަކައަކަށް ނުވާނެ. އަމިއްލަ އަށް އެނަލައިޒް ކޮށްލައްވާ. އަޅުގަނޑު ދެއްކި ވާހަކަތައް އެ ހުރީ ލިޔުމުން ފެންނަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަކީމް
05 April 2024
ގުދޯ ގުދޯ ހުއްޓާ ނުލާ އާރޓިފިޝަލް ބީޗް ކާރީ ކޮންމެ ރެއަކު ދުވަސްވީ އަންހެން ބޭފުޅުން ގޮވައިގެން މުޒާހަރާ ކުރި އިރު ތިބޭފުޅުން ގެ ޢަމަލު ވެސް ހުރީ ތިޔަ ވިދާޅުވި ގޮތަށް. ދިވެހިރާއްޖެ އަށް މި ނޫން ދުވަހެއް ނެތް ޤައުމަށާ ރައްޔިތުންނަށް ފައިދާ އެއް ނެތި ސިޔާސީ މަންފާ އިސްކުރުން އެންމެންގެ ކަމަކީ
ފޫނު
05 April 2024
5 އަހަރު މަޖިލިހާ ހުރިހާ ބާރަކާ އެއްކޮއް އެއްވެސް ވައުދެއް ނުފުއްދާ މުޅިދައުލަތުން ވައްކަންކޮއްފަ ގޮސްހުރެ މިކިޔަނީ 4 މަސް ނުވާ ސަރުކާރު ދޮގުހަދަނިއްޔޭ މަކަރުވެރިޔޭ.
ގެދާނޯމޮސް
05 April 2024
މަނިކުފާނު ގައުމަށް ހެވެއްވާން ބޭނުންނަމަ، މަޖިލީހަށް ހޮވޭމީހުން ލައްވާ ޝަހާދަތް ކިއުއްވާފަ އަދިއެބަޔަކު އާޚިރަތް ދުވަސް ގަބޫލުކުރޭތޯ ބެލުމުގެ ގަވައިދެއް އީސީން ހަމަޖައްސައިދޭށެވެ. ސަބަބަކީ އިސްލާމީ ގައުމެއްގެ ރައްޔިތުންނާއި ދިވެހި ފުލުހުންނާއި ސިފައިންގެ ވާޖިބުތަކަށް ހުރި ޤާނޫނު ހަދަން އިސްކުރެވޭ ބަޔަކަށް ހެދުމަށެވެ.
ދުމްމ
05 April 2024
ސިޔާސީ ކޮންމެމީހަކީވެސް ސިޔާސީގޮތުން ބާރުހޯދުމަށާ އިދިކޮޅު ފަރާތްތައް ބަލިކަށި ކުރުމަށް އެކިކަހަލަ ޓޫލްސް ބޭނުންކުރާނެ މީހުން. އޭގެތެރެއިން އެއް ޓޫލަކީ ދޮގު. ދޮގު ހެދުމާ އޮޅުވާލުން ނެތި ސިޔާސީ މަގާމަކަށް އެއްވެސް މީހަކަށް ނާދެވޭނެ. އަދި ސިޔާސީ މަގާމެއްގަ ދޮގު ނަހަދައެއް އެއްވެސް މީހަކަށް ނުހުރެވޭނެ. ބޭނުމަކީ ރައްޔިތުން ވައު ވައްދާފަ ބައިތިއްބައިގެން ސިޔާސީގޮތުން ނާޖާއިޒް މަންފާ ހޯދުން ދޮގުހަދަން ބިރުގަންނަ މީހަކު ސިޔާސީ މަގާމަކަށް ނާންނާނެ...
ކިހިނެއް
05 April 2024
މުއީޒަކީ މިހާތަނައް ވެރިކަމައް އައި މީހުނައް ވުރެން ތެދުވެރި މީހެއް ކަންޔަގީން. ބަޔަކު ސިޔާސީ މަންފާ ހޯދަން ވެގެން ދޮގު ތުހުމަތު ކޮއްގެން އަބަދުވެސް ވެރިކަމައް އަންނަނީ. އެކަމުގަ އަބަދުވެސް އުޅެނީ އަސްލު ތެދު ހަދައިގެން ކުރި ނާރާނެ ކަން އިނގޭތީ.
ރަށު މުދިމު
04 April 2024
ސިޔާސީ ކަންކަމުގަ ރާއްޖޭގަ އޮތީ މުޅިން ދޮގާ މަކަރު އަދި ދީނީ ކާޑު ބޭނުން ކުރުން. މިހާރު ދިވެހިން ހޭނިއްޖެ މިކަމައް. ކުރީ ސަރުކާރާ ކަނޑު ކަންތަކުގަ އެބޭފުޅުން ދެންނެވީ ދުނިޔޭގެ ކޯޓުން ނިންމި ނިންމުން އދ އިން ކަނޑައަޅައިފި ނަމަ އެކަމައް މަރުހަބާ ކިޔާނެ ކަމައް. އެކަމާ ވީވަރު އޭރުގަ އިދިކޮޅުން މިއަދު ކޮބާތޯ؟؟؟
ޞބ.
04 April 2024
މި އިންތިހާބު ގެއްލޭލީ ދޮގުހެދި މީހުނަށް،،
ތަފާތު ފަހަރު
05 April 2024
ދޮގު ހެދުމުގެ އެއްވަނަ އިންތިހާބު ގެއްލުނަސް ނުގެއްލުނަސް އެމްޑީޕީން ވަރަށް ފަރިތަވާނެ
އެހެންތަ
04 April 2024
އަހަރުމެންނަށް އެނގޭ އޮޅުވަނީ ކޮންބައެއްކަން. ބަހާ އަމަލާ ދިމާކުރެވޭތޯ ބަލަމާ.
ހަމަދު
04 April 2024
ޔާމީނު މީހުން މަރަނިއްޔޭ މިހިރީ ކިތާބީހެކި އަދި ޗައިނާ ގެ ދަރަނި ދަންތޫރައިގައި ޖައްސާފިޔޭ އަދި ޗައިނާއައް މިތާ ފަޅުރައްތައް ދީފިޔޭ ބޭސްއަޅަން ވެސްކީ.މަސްވެރިންނައް ހަމަ އަގު ދޭނަމޭކިޔަފަ ދިނީ ކުޑައަގު ބޮޑުކުރީ ވެސް ރިޔަސީ އިންތިހާބުން ބަލިވީމަ އެރުފިޔާ ވެސް ދިނީ މިސަރުކާރުން. ރާއްޖޭގަ ނެތޭ އިންޑިޔާ ސިފައިން ސީދާ ރައްޔިތުން ކުރިމަތީގަ ބުނި. މީހުސް ތެދައް ވިއްޔާ ދެން ބުނާނެ އެއްޗެއް ނެތް.
ހަމަދޯ
05 April 2024
ދިވެހިން ދިވެހިރާއްޖެ ހަލާކުގެ ތެރެއަށް ވައްޓާލައިފި. އޭގެ އެންމެ ބޮޑުހެކި މިއެމްޑީޕީ އާ އެފިކުރުގެ މީހުން މިގައުމުގެ ވެރިންނަށްވުން. މިއެމްޑީޕީއެއް ވެރިކަމަށްއެރި ދެފަހަރުވެސް މި ގައުމަށް ޖެއްސީ އިއާދަ ނުކުރެވޭނެ ބޮޑެތިގެއްލުން. ވެރިކަމަށްޓަކައި ދިވެހިންގެ ލޭ އޮހޮރުވާލާފަތިބި ބައިގަނޑެއް. ހައްގޭ، މިނިވަންކަމޭ، ރައްކާތެރިކަމޭ ކިޔާ ވާވައްދާ. ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވާ މިރާއްޖެއަށް އަމާންކަމާ ބާއްޖަވެރިކަން ދެއްވެވުން އެދި ދުޢާ ކުުރަން.