މާލޭގައި ޑްރަގުގެ ވިޔަފާރިކުރާ ތަންތަން މެޕެއްގައި ފާހަގަކޮށްފައި.-- ފޮޓޯ: މިހާރު
09 އެޕްރީލް 2024 - 13:03
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން އަތުލައިގަނެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންސް އެވެ. ދެން އެންމެ ގިނައީ ހިރޮއިން އެވެ.
ސިންތެޓިކް ކެތިނޯންސްގެ 6،544 ގްރާމް
ހިރޮއިންގެ 5،300 ގްރާމް
އެމްޑީއެމްއޭގެ 1،152 ގްރާމް
މެތަމްފެޓަމިންގެ 570 ގްރާމް
އެމްފެޓަމިންގެ 350 ގްރާމް
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މިފަހުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ހޯދުމާއި ތަމްރީނުތައް ވަރުގަދަ ކުރުން ހިމެނެ އެވެ.
ފުލުހުން މި މަހުގެ ތިންވަނަ ދުވަހު ބުނެފައި ވަނީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އޭގެ ކުރީ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެންމެފަހުން ވިދާޅުވެފައިވާ ގޮތުގައި، ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާން
10 April 2024
ތި 12 ކިލޯ ހުންނާނީ ކިހާ ދުވަހެއް ބާ
އަބްޑޫޅް +
10 April 2024
ކަސްޓަމުން ޑުރަގަށް އަތްފޯރުކުރީ، ދޯ؟
ތިމާވެށި
09 April 2024
އަވަހަށް ނައްތާލާށެވެ. ތިޔަ ހުރެގެން ވާ ފައިދާ އެއްނެތެވެ. މީދާ ކާލަފާނެ އެވެ.
ތުނޑުހަސަނު
09 April 2024
މަތީގައި ފޮޓޯލާފައި އެހުރީ އިޝްތިހާރުކުރަންތަ.!. ފުލުހުންނާއި ކަސްޓަމްސާއި ދެންވެސްތިބި ބަޔަކު އެބައެއްގެ ވަސީލަތްތައް ބޭކާރު ކުރާނެ ކަމެއްނެތް. ކިތަންމެ ވަރަކަށް އަތުލައިގަތަސް އެއްދޮރުން ވައްދާ މީހާ އަނެއް ދޮރުން ނެރޭހާ ދުވަހަކު ތިކަމަށް ޙައްލެއް ނެތް. ހާހަކަކުން އެކަކަށް ކުށް ސާބިތުވަނީ. އެމީހުންނާ ދޭތެރޭ "ޙަމްދަރުދީވާ" "ވެރިން" ގިނަވީމަ ޢުމުރު ދުވަހުގެ ޖަލުހުކުުން ނިންމާލެވޭ ދެތިން މަސް ދުވަހުން. އަނެއްކާ ވެސް އުޅެނީ އެމަސައްކަތުގައި.
ޒަންޖަބީލު
09 April 2024
ކުއްވެރިވާނީ އަތުލައިގަނެވުނު ޑްރަގު، ހުރިހާ އަދަބެއް ދެވެނީ އަތުލެވޭ ޑްރަގަށް، އެތައް ޓެސްޓްތަކެއް ކޮށް، ބަންދުކޮށްފަ ބަހައްޓާ، އެންމެފަހުން ގެއްލި، އަންދާލަނީވެސް ހަމަ އެތަކެތި... ތަކެތި ގެންނަ މީހުނާ ވިއްކާމީހުނާ ބޭނުންކުރާމީހުންގެ އެއްވެސް ކުށެއްނެތި ދޫކޮށްލާނެ
ތުއްތޮންބެ
09 April 2024
އަސްލުޑުރަގުތޯ ނޫނީ ޑުރަގުކަމަށް ޝައްކުކުރެވޭ އެއްޗެއްތޯ؟ ހަމައާލި.
ވޯންޓެޑް
09 April 2024
ޑުރަގު ކެފޭތައް އެހުރީ ފާހަގަކޮށްފާ. ގޭންގުތައްވެސް ހުރީ ދަފްތަރުކުރެވިފާ. އެކަމަކު ވާކަމެއް ހަރާން.
އޮނަރަބްލް އަފީފު ދީދީ
09 April 2024
ޑްރަޤް އެތެރެކުރާމީހުނަށް ދުނިޔޭގެ ޤައުމުތަކުންދޭ އަދަބު ރާއްޖެއިން ނުދޭނަމަ، ކަސްޓަމްސް އިން ތަފާތު ވަސީލަތް ޤާއިމްކޮށް ތަމްރީނު ދީގެން ތިތަކެތި އަތުލަނީ އެތެރެކުރާ މީހުނާއި ކަސްޓަމްސް ބާޖުމަރައި ދެފަރާތުންކުރެ މޮޅީ ކޮންބައެއްތޯ ބަލަންވެގެންތޯ!؟ ރާއްޖެއަށް ޑްރަޤް އެތެރެ ކުރާ މީހުނާއި ޑްރަޤް ވިއްކާ މީހުން އުމުރުދުވަހަށް ޖަލައްލައިގެން އެމީހުންގެ މައްޗަށް އެ އަދަބު ތަންފީޒު ނުކުރާނަމަ ތިކަން ކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް ނުދެކެން.
ސްޕައި
09 April 2024
ޗާރޓުގައި ނެތް މޭރީ ބްރައުން ކައިރި އޮތް ޕާރކިން ޒޯން، އެއީ އެންމެ އާންމުކޮށް ވިއްކާ އެއްތަން. އެތަނަށް އާންމުކޮށް ވިއްކަން އަންނާނީ ވެސް 17 ވަރަކަށް އަހަރުގެ ކުދިން.
ބާބޫޖީ
09 April 2024
17 އަހަރުގެ ކުދިންނެއް ނޫޅޭނެ. އެއީ ހޭޖެހޭ ބޮޑެތި ފިރިހެނުން. ގާނޫނު އެހެން ހަދާފަ އޮންނަނީ ގޭންގް ތަކުގެ އެދުމުގެ މަތިން އަތުވިޔަސް ދައުވޭ ނުކުރޭނެކަން ޔަޤީން ވާތީ. އުމުރު ދައްކުރަން ދެކޮޅު ހަދަނީވެސް ނެޓްވޯކް ތަކުން ފައިދާ ކުރާމީހުން.