ޝިމާދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
09 އެޕްރީލް 2024 - 20:11
މި ރޯދަ މަހު އާންމު ކާބޯތަކެތީގެ އަގު ހިތްހަމަޖެހޭ ވަރެއްގައި ހިފެހެއްޓުނު ކަމަށާއި އެގޮތަށް އެކަންވީ ކުރިއާލައި އެކަމަށް ތައްޔާރުވުމުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، އެހެން ރޯދަމަސްތަކާ ހިލާފަށް އާންމު ކާބޯތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުނީ އާންމު ވިޔަފާރިވެރިންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.
އެސްޓީއޯ އިން އާންމުކޮށް އެތެރެކުރަނީ ހަނޑޫ ހަކުރު ފުށް ނަމަވެސް ރޯދައަށް ހާއްސަކޮށް މާކެޓުގައި އަގު އުފުލޭ ބާވަތްތައް އެތެރެ ކުރަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ. ރޯދައަށް ހާއްސަކޮށް ފިޔާ އަލުވި ބިހުގެ އިތުރުން ލުނބޯ އާއި ކެރެޓު ވެސް ވަނީ މާކެޓަށް އެތެރެކޮށްފަ އެވެ.
އެސްޓީއޯއިން އަންނަނީ މިދިޔަ ޑިސެމްބަރުން ފެށިގެން ފިޔާ އެތެރެ ކުރަމުންނެވެ. އެހެންވެ ރޯދަ މަސް ނިންމާލީ ފިޔާގެ އަގު ކޮންޓްރޯލު އަގެއްގައި ހުރެފަ އެވެ.
"އެކަމަކު ބައެއް ބާވަތްތައް ކޮންމެވެސް ވަރަކަށް އަގު ބޮޑުވި ބާޒާރުގައި. އެއީ ސަޕްލައި ޗެއިން އިޝޫތައް ވެސް ދުނިޔޭގައި ވަރަށް ބޮޑު. މިސާލަކަށް ރެޑް ސީގައި ދިމާވެފައިވާ އިޝޫ އާއި ފިއުލްގެ އަގަށް މިއަންނަ ބަދަލުތައް. އޭގެ އަސަރު ފްރައިޓްތަކަށް ކުރޭ،" އޭނާ ވިދާޅުވި އެވެ.
ބާޒާރުގައި ލުނބޯގެ އަގު އުފުލުމުން، އެސްޓީއޯއިން ވަނީ ލުނބޯގެ ހާއްސަ ޝިޕްމެންޓްތައް ގެނެސްފަ އެވެ. އަދި ކެރެޓުގެ އަގު ކޮންޓްރޯލު ކުރަން ކެރެޓުގެ ޝިޕްމެންޓެއް ވެސް މާކެޓަށް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ރައީސްގެ ވެސް އިރުޝާދާ އެކު ރޯދަ މަހު ކުރިން ދުރާލާ ރޭވުނު ކަންތައްތަކާ އެކު އަގުތައް މެއިންޓެއިން ކުރެވުނު،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، މި އަހަރުގެ ތަޖުރިބާގެ އަލީގައި އަންނަ އަހަރުގެ ރޯދަ މަހު މިއަށް ވުރެ ވެސް ރަނގަޅަށް އަގުތައް ކޮންޓްރޯލު ކުރަން އިސްކަން ދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިދީ
10 April 2024
ކޯޗެއް އަގު ކޮންޓްރޯލް ކުރެވުނު ވާހަކަ ތިދައްކަނީ.. މި ރޯދަމަސް ނިމުނީ ރަށުން ބޯންލެސް ޗިކެން ކޮޅެއް ގަންނަން ނުލިބި.. ކަރާ ނޫނީ މޭވާ / ތަރުކާރީ އެއް ލިބޭކަށް ނެތް. ގިނަ ފިހާރަގައި ހަރުތައް ހުރީ ހުސްކޮށް...
ގެދޮރުވެރިޔާ
10 April 2024
ބަލަ ފެޝަންފުރުޓް ކިލޯއެއް މިދިޔަ އަހަރުވެސް ތި އަގުގަ ހުރިއިރު ކަރާ ކިލޯއެއް ހުރީ 40 ން މަތީގަ. މިފަހަރު ކަރަލުގެ އަގު ހެވެއް ނޫންތޯ? އެހެންވީމަ މަސައްކަތްތަކެއް ކޮށްފަ ހުރިކަން އެބަ އެނގޭ. މިއަންނަ ރޯދަމަހު ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ އަންނަ ބަދަލުތައް. ކެތްތެރި ކަމާއެކު އިންތިޒާރު ކުރަމާ
ިަހަމަ އެއްއަގެއް
10 April 2024
މިހާރު ވެސް ކަރާ ކިލޯއެއް 40 ރުފިޔާ އަށް. ދެން ކޮންގޮތަކަށް އަގު ހިފެހެއްޓުނު ވާހަކަ އެއް؟
މުހަންނަދު
10 April 2024
ހަޖަމް ޕްލީޒް
ޟމމމމ
09 April 2024
ބޭރުން އެތެރެކުރާ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލެއްނުވޭ. އަގުތައް ހުރީ މަތީގައި. ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތައް ބޭރުން އެތެރެކޮށްގެން އަގުތައް ވައްޓާލީ.
ހަމަދު
09 April 2024
ހަޖަމު ނުވާ ކުދިންނައް ނުފެންނާނެ
ޙުސެންބެ755
10 April 2024
@ހަމަދު، ޢަހަރެން ރޯދަ ކުރިންވެސް ފެށުމު ފަހުންވެސް ދިޔައިން މާރުކޭޓައް...ބުނެބަލަ ލުބޯ ކިލޯއެއްގެ އަގު؟؟ 40 ތިރިއެއްނުވޭ ގިނަ ތަންްތާގަ....ދޮގުނަހަދާ ދެންވެސް
އަލީ ބާއީ
09 April 2024
ތަޖުރިބާ އަލީގާ ކަންކަން ކުރަންޏާ ކުރުނބާއާ ގަބުޅި ގެނަސްދީ. އެސްޓީއޯއަށް ސަރުކާރުން ހުންނާނެ ބޮޑެތި ބިންދީފާ. ބިންތައް މޭވާއިން ފުރާލާ.
މަރޭ
09 April 2024
ރަގަޅުސަރުކާރަކުން ހުރިހާ ފިހާރަތަކެއްގެ އަގު ބަދަލެއް ނުކުރެވޭނެ އެކަމަކު ބޮޑު މަސައްކަތެއްކޮއްފި.
ޙުސެންބެ756
10 April 2024
ތީތި ކަނޑަ...ކީއްވެ ނުވާންވީ؟؟ ސަރުކާރުގެ ގާނޫނީ ހުކޫމަތް ގާއިމު ކުރެވޭނެ...ކީއްކުރާ ޓްރޭޑް މިނިސްޓްރީ އެއް؟؟
ކަނބުރުގެ
09 April 2024
ދުރާލާ ތައްޔާރުވީ ކިހިނެތް؟ ސަބްސިޑީއަށް ބަރޯސާވެގެން މުދާ އަގުހެޔޮކޮށް ވިއްކުން އެއީ ދުރާލާ ތައްޔާރުވިގޮތް ކަމަށް ވަންޏާ އޭތި އެހާ އެހާއެއް ނޫން.
ސަބްސި
09 April 2024
އެއްވެސް ސަބްސިޑީއެއް ނުދޭ. މަދު ނުވާވަރަށް އެތެރެ ކުރީ
ދޮން ހަސީނާ
09 April 2024
ދުރާލާ ތައްޔާރުވުމުންވެސް އޮރެންޖެއްގެ އަގު 9ރ އަށް، ފެޝަންފުރުޓު ކިލޯއެއް 180ރ
ކިހިނެއް
09 April 2024
ހުރިހާ އެއްޗެއްގެ އަގެއްނޫން ކޮންޓްރޯލް ކުރީކީ ހަމަ އެކަނި އާމު އެއްޗެހި ފިޔާ އަލުވި ބިސް. އަދި އެއްވެސް ސަރުކާރަކައް ނެތް ހުރިހާ އެއްޗެއްގެ އަގު ކޮންޓްރޯލް ވެފަކާ.