ގެއެއްގެ ފާހަނާއަށް ނަޖިސް ލީކުވެފައި.-- ފޮޓޯ: އެންޑީއެމްއޭ
13 އެޕްރީލް 2024 - 23:27
ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެގެން ގެއްލުން ލިބުނު ފަސް ގެއަކުން ވަގުތީ ބޯހިޔާވަހިކަމަށް މީހުން ބަދަލުކުރަން ނިންމައިފި އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނީ އެ އިދާރާއިން ހެދި ރެޕިޑް އެސިސްމަންޓުގައި، އުޅެން ދަތިވާ ކަމަށް ފާހަގަކުރެވުނު ނުވަ ގެއެއްގެ ތެރެއިން ފަސް ގެއަކުން 34 މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަމުން އަންނަ ކަމަށެވެ.
ބަދަލުކުރި ގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފާހަނާކުރަން ދަތިތައް ކުރިމަތިވެ، ނަޖިސް ލީކުވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ވަގުތީބޯހިޔާވަހިކަމާއެކު ކެއިންބުއިންވެސް ހަމަޖައްސައިދެވޭނެ، އަދި މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް މިދަނީ ހަމަޖައްސަމުން، މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ވަނީ ޖެހިފަ
— NDMA Maldives (@NDMAmv) April 13, 2024
އެންޑީއެމްއޭއިން ބުނީ ވަގުތީ ބޯހިޔާވަހިކަމާ އެކު ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށެވެ. އަދި ސްކޫލްތަކުގެ އިމްތިހާން ވެސް މާދަމާ ފަށާތީ ދަރިވަރުންނަށް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ބުންޏެވެ.
މެދުކެނޑުމެއް ނެތި އެތައް އިރެއް ވަންދެން ވާރޭވެހުމުގެ ސަބަބުން މުޅި މާލޭގައި ކަހަލަ ގޮތަކަށް ވަނީ ފެންބޮޑުވެފަ އެވެ. ތަންތަނަށް ފެން ވަނުން ހުއްޓުވަން މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ޖަހާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަާހދެއްރުޅިގަދަ ެގެން
14 April 2024
ތިޔަ އެންޑީއޭ އަކަށް ނުގުޅޭ އިސްތިއުފާ