14 އެޕްރީލް 2024 - 07:52
މިދިޔަ އަހަރު ފުވައްމުލަކުގައި ހުޅުވި ޓީޓީ ޑިވެލޮޕްމެންޓް ސެންޓަރުގެ ނަތީޖާ ރަނގަޅު ކަމަށާއި އެހެން ރަށްތަކުގައި އެފަދަ ސެންޓަރުތައް ހުޅުވަން މަސައްކަތް ކުރާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ކޯޗަކާ އެކު ފުވައްމުލަކު ޓީޓީ ސެންޓަރުގެ ޓްރޭނިންތައް ކުރިއަށްގެންދާރާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ.
ޝިއުރީ ވިދާޅުވީ، އެ ސެންޓަރު ހުޅުވިތާ ކުރު މުއްދަތެއްގައި ނަތީޖާ ފެނުނު ކަމަށެވެ.
"ޓްރޭނިން ފެށިތާ ދެ މަސް ތެރޭ އެ ކުދިންގެ ކިބައިން ކުރިއެރުން ފެންނަން ފެށި. ޕޮޓެންޝިއަލް އޮތްތަން ފެނުނު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި ފުވައްމުލަކުން އައި ކުޅުންތެރިން މޭލޭ ސްކޫލްތަކާ ވާދަކޮށް ނެރުނު ނަތީޖާ ރަނގަޅު ކަމަށެވެ.
"ޓްރޭނިން ސެންޓަރު ހުޅުވީމަ އޭގެ ތެރެއިން ބައެއް ކުދިން މުޅިން އަލަށް ޓީޓީގެ ރެކެޓެއްގައި އަތްލަން ލިބުނީ ވެސް. ދެން އިންޓަ ސްކޫލް މުބާރާތަށް އައިސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދި،" ޝިއުރީ ވިދާޅުވި އެވެ.
"މި ކޮންސެޕްޓް ކާމިޔާބުކަން ފެނުނު. މަސައްކަތް މި ކުރަނީ މި ކޮންސެޕްޓް ބައެއް އެހެން ރަށްތަކުގައި މި އަހަރު ފެށޭތޯ."
މި އަހަރަށް ޓީޓީއޭއެމުން ކަނޑައެޅި 3.9 މިލިއަން ރުފިޔާގެ ބަޖެޓްގައި އަތޮޅުތަކުގައި ޑިވެލޮޕްމެންޓް ޕްރޮގްރާމް ހިންގަން 800،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫ އަދި ތ. ތިމަރަފުށީގައި ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ޕްލޭންކޮށްފަ އެވެ.
އޭގެ އިތުރުން ޓީޓީގެ ކޯޗިން ކޯސްތައް ހދ. ކުޅުދުއްފުށި، ރ. އުނގޫފަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. އުކުޅަސް، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑުގައި ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
14 April 2024
ކ.އަތޮޅު މާލޭގައި ނަމުގެ ކުރިއަށް "ޤައުމީ އާއި ނޭޝަނަލް" ލައިގެން ހަދާފައިވާ ހުރިހާ އެސޯސިއޭޝަން ތަކަކީވެސް ތިރަށުމީހުނަށް ތިރަށު ގޭންގްތަކާއި ކަންމަތީ ޤުރޫޕްތަކަށް ފައިސާއާއި އިނާމް އަދި "މުބާރާތް ތަކުގެ ނަމުގައި" ޗުއްޓީ ހަދާލަން ބޭރަށް ދަތުރުދާން ހަދައިގެން އުޅޭ ތަންތަން. # ފުޓްބޯޅައިން ފެށިގެން މަންޑިއާއި ހަމައަށް އެކިއެކި ނަންނަމުގައި މުބާރާތް ބާއްވަން ދައުލަތުންވެސް ފައިސާ ނަގައިގެން ހުރިހާ މުބާރާތެއް ބާއްވަނީ މުޤައްދަސް ރަށްކޮޅުގައި.