ދުނިޔެ / އީރާން

ހަމަލާތަކުގެ ހުރިހާ މަގްސަދެއް ހާސިލްވި: އީރާން

އިޒްރޭލަށް ދިން ހަމަލާއަށް ފަހު ތެހެރާންގެ ފަލަސްތީން މައިދާނުގައި މީހުން އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

14 އެޕްރީލް 2024 - 12:45

8 comments

އިޒްރޭލަށް ދިން މިސައިލާއި ޑްރޯންގެ ހަމަލާތަކުގައި ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްވެފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

"އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް ... ރޭގެ ވަގުތެއްގައި ފަށައި، ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްކޮށް، ފަތިހުގެ ނިޔަލަށް ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައި،" އީރާން އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣޭރީ އީރާންގެ ގައުމީ ޓީވީއަށް ވިދާޅުވި އެވެ.

ނަމަވެސް އިޒްރޭލުން ބުނީ އީރާނުން 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯނުން ދިން ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.

އީރާނުން ވަނީ މިއީ މި މަހުގެ 1 ގައި ސީރިއާގައި އީރާންގެ އެމްބަސީއަށް ހަމަލާދީ އިސް ދެ ޖެނެރަލަކު އަވަހާރަކޮށްލި ހަމަލާގެ ބަދަލުހިފުން ކަމަށް ބުނެފަ އެވެ. އަދި މި ބަދަލު ހިފުން މި ހިސާބުން ނިމުނީ ކަމަށާއި އިޒްރޭލުން ރައްދުގައި ހަމަލާދީފި ނަމަ ރައްދުގައި އަނެއްކާ މާ ވަރުގަދަ އަށް ހަމަލާ ދޭނެ ކަމަށް ބުންޏެވެ.

އިޒްރޭލަށް ފޮނުވާލި ހަމަލާތަކުގައި އެއްވެސް ތަނަކަށް ބޮޑު ގެއްލުމެއް ނުވާ ކަމަށާއި އަނިޔާވީ ވެސް އެންމެ މީހަކަށް ކަމަށް އިޒްރޭލުން ބުންޏެވެ.

8 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރެޑްނޯޓިސް

15 April 2024

2020ގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑް ކޯރޕްސްގެ ގުދުސް ފޯރސްގެ މޭޖަރ ޖެނެރަލް ގާސިމް ސުލައިމާނީ، އެމެރިކާއިން ދުއްވާލީމަވެސް އޭރުގެ ބޮޑުވަޒީރު ހަސަން ރޫހާނީ އެތައް ތަނެއްގަ ވައުދުވި ބަދަލު ހިފާނަމޭ. 4 އަހަރުވީއިރުވެސް ވީކަމެއް ޙަރާމް. މިފަހަރުވެސް ހަމަ އެހެން. ސީރިޔާ އެމްބަސީގަ ޒާހިދީ ދުއްވަލީމަ މިސައިލުން ހަވާ އަރުވާފަ ނިންމާލީ. ބާރު އޮތަސް އީރާނުގެ ޝީޢީންނަކަށް ނުވާނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

14 April 2024

އިސްރާއީލުގެ އެބުނާ އަޔަން ޑޯމް ވަނީ ފޭލް ވެފައި. އެމަންޒަރު ކިތަންމެ ރަނގަޅަށްވެސް އެ ހަމަލާގެ ވީޑިއޯ ތަކުން ފެނޭ. އަޔަން ޑޯމް އިން ފޮނުވާލި ދިފާއީ މިސައިލް ތައް އީރާނުން ފޮނުވާލި މިސައިލް ތަކަށް ހުރަސް އަޅަން ޖުރި މަސައްކަތް ނާކާމިޔާބުވި ތަން ފެނޭ.

The name is already taken The name is available. Register?

ޖުއްބާ

14 April 2024

ތިފޮނުވާލި ހަމަލާތަކަކީ ހަނގުރާމައެއްގަ މިހާތަނަށް ފެނުނު އެންމެ ޒަމާނީ ބާރުގަދަ ހަތިޔާރު 300 ހަމަލާދިންއިރު އެކަން އެނގުނު އިޒްރޭލުމީހަކުނެތް

The name is already taken The name is available. Register?

ވައުދު ފުއްދައިފި

14 April 2024

އިރާނުން އިޒުރޭލަށް މިހަމަލަ ފޮނުވާލުމުގެ އޮތީ ސިޔާސީ މަގުސަދެއް. އެ މަގުސަދު ހާސިލް ވެއްޖެ. އިރާނުގެ ވެރިންނަށް އެގޭ އިރާނުގެ ހަމަތަކުން އިޒުރޭލަށް ބޮޑެތި ގެއްލުންތައް ލިބިއްޖެނަމަ ސަލީބީ ލަޝްކަރުން އެކީ އެކަށްޗަކަށް އައިސް އިރާގާއި ލީބިޔާ އަށް ހެދިހެން އިރާނަށް ވެސް ހަދާލާނެކަން. އިރާނުން ވައުދުވީ އިޒުރޭލަށް ހަމަލަ ދޭނެކަމަށް. އެވައުދު ފުއްދިއްޖެ.

The name is already taken The name is available. Register?

އަލީ ޔޫސުފީ އަލް ހުސޭނީ

14 April 2024

އިރާނުގެ މަގުސަދު މިހުންނަނީ މިގައުމުގާ އުޅޭ އަމާޒޭ ލާހޫރޭ ބައިގަނޑާ ވައްތަރަށްހެން ހާދަ ހީވެއޭ.

The name is already taken The name is available. Register?

ގެދާނޯމޮސް

14 April 2024

އިޒްރޭލުން އެބުނީ ހުރިހާ ޑްރޯންތަށް އެޅުނީ ޑަސްބިންތަކަށް ކަމަށެވެ. ދެން އަނެއްކާވެސް ޖެރެލަކު ދުއްވާލީމާ އީރާންގެ އަސްލު ބާރު އެބަފެނެއެެވެ.

The name is already taken The name is available. Register?

ަސދސަދ

14 April 2024

ކޮބާތޯ ބޭނުންވި މަގްސަދަކީ؟ އިޒްރޭލުން އިރާނަށް އިތުރު ހަމަލައެއް ދޭން އުޒުރެއް ދެއްކުން؟ އަދި އިޒްރޭލުން މިހާރު ގާޒާގަ ކުރާ ނާއިންސާނީ އަމަލުތަކުން ދުނިޔޭގެ މީޑިއާގެ އެޓެންޝަން ޑައިވާޓު ކޮށް ދުނިޔޭގެ ސިމްޕަތީ އިޒްރޭލަށް ހޯދަން އެމީހުނނައް ފުރުސަތު ދިނުން؟ ވަޓާލާނެކަން ޔަގީން އިރު އެހާ މަޑުން ދުވާ ޑްރޯން ތަކެއް ފޮނުވާލުމުގެ އިޒްރޭލަށް ވިކްޓިމްސް ކާޑު ކުޅެން ފުރުސަތު ދިނުން ނޫން މަގްސަދެއް މަށަކަށް ނުވިސްނޭ

The name is already taken The name is available. Register?

ސަރުދާރު ދޮންބެ

14 April 2024

ދުނިޔެ އެބނުރޭގޮތް ނޭގޭ މީހުންނަކަށް ނޭގޭނެ. އަކުރާ މިފިލީގައި ނުބައި ނަމެއް ދޭވަހވާނީ ކިހިނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454