އިޒްރޭލަށް އީރާނުން ދިން ހަމަލާތަކުގައި ބޭނުންކުރި މިސައިލެއްގެ ކައިރީގައި ހުރެ އިޒްރޭލު ސިފައިންގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
17 އެޕްރީލް 2024 - 05:40
މިދިޔަ ހަފްތާ ބަންދުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާއަށް ފަހު އެކަމުގެ އަދަބު ނުލިބި އީރާނަށް ސަލާމަތް ނުވެވޭނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.
"މި ހަރުކަށިކަން ދައްކާފައި އަދަބެއް ނުލިބި ފިލައިގެން ނުދެވޭނެ،" ޖޫލިސް މިލިޓަރީ ބޭސްގައި، އީރާންގެ މިސައިލްތަކުގެ ބައިތައް ނޫސްވެރިންނަށް ދައްކަމުން އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުންޏެވެ.
އޭނާ ވަނީ ސަރަހައްދުގައި "ދެކޮޅުވެރިކަން ދައްކައި ހަމަނުޖެހުން އުފައްދައިގެން" އީރާން އެހެން އުޅުނު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލެއްގެ ގޮވާފައިވާ ބައެއްގެ ކައިރީގައި އިޒްރޭލު ސިފައިންގެ ދެ މީހުން އިއްޔެ ހުއްޓިލައިގެން. -- ފޮޓޯ: އޭއެފްޕީ
މުޅި ދުނިޔެއިން ދައްކަނީ އީރާނުން ނިއުކްލިއާ ޕްރޮގްރާމެއް ކުރިއަށްގެންދާ ވާހަކަ ކަމަށާއި އެކަމަކު އީރާނުން ކުރާ މަސައްކަތަކީ އިޒްރޭލުގެ ވަށައިގެން "އަލިފާން އެޅުން" ކަމަށް ވެސް އޭނާ ސިފަކުރި އެވެ.
އިޒްރޭލަށް އީރާނުން 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯނުން ހަމަލާދިނީ ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހު އިޒްރޭލުން ހަމަލާދީ ސިފައިންގެ އިސް ބަޔަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ. އެކަމަކު އެ ހަމަލާތަކުގައި، އިޒްރޭލުގެ ދެކުނުގައި އޮންނަ އަސްކަރީ ބޭސްއަކާއި އެހެން ބައެއް ތަންތަނަށް ކުދި ގެއްލުންތަކެއް ލިބުން ފިޔަވައި އިތުރު ގެއްލުމެއް ނުވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޯޕްޅާ
21 April 2024
އިޒުރޭލް މީ މީހުންމެރުމުގެ ލައިސަންސް އޮންނަ ބައެއްތަ؟
ލަސް
18 April 2024
އެއްވަރެއްގެ މުނާފިގު ދެގައުމު
ސުމޭ...
18 April 2024
ނަތަން ހީކުރަނީ ތިހެން އަބަދު އުޅެވޭނެ ކަމަށް ތަ؟ މާގިނަދުވަކު އިރާދަކުރެއްވީޔާ ދެންނުވާނެ.... އަޅެނިކަން ބަލަން ހުންނާތި...
ޝަހީމްބެ
17 April 2024
ކަލޭމެންދެކެ ބިރުގަންނާނީ ސައޫދީއަރަބިއްޔާ ޔޫއޭއީ އަދި އުރުދުންކަހަލަ ފިނޑި ޤަޢުމުތައް
ޖެރާ
18 April 2024
ކީއްކުރާނީ ތިހުރިހާ ޤައުމެއްގައި އެމެރިކާގެ އަޝްކަރީ މަރުކަޒުތައްހުރޭ އިދިކޮޅުވެއްޖިއްޔާ އިރުއަރާއިރު ހުންނާނީ ރަސްކަންތައް ބަދަލްކޮއްފައި
ގެދާނޯމޮސް
17 April 2024
ޔަހޫދީންގެ އެންމެ ޚާއްސަ އެއްސިފަ އަމިއްލަ ކުށް ގަބޫލުނުކުރުން ކަމުގަ ވެއެވެ. ލޮލަށް ނުފެންނަ ކަންފަތަށް ނީވޭ ބަޔެއްގެ ވާހަކަ ކީރިތިޤްރުއާނުން އެނގެން އޮވެއެވެެ . އިޒްރޭލުން ހޯދައިގެން މަރާއެލަނީ އެމީހުން ބޭނުން ބަޔެކެވެ. މުސްލިމުންގެ ޓާގެޓަކަށް ހެދެނީ ގޮތްނޭންގޭ ހަނަފަސް ތަނެކެވެ. ސްޕައިކުރުމަށް މަގުފަހިކަން ޔަހޫދީން ހޯދަނީ ސްމާރޓް ފޯނުތަކެވެ. އެއާނުލާ މުސްލިމަކަށް ނޫޅޭވޭހާ ފުރިހަމަ ކޮށް ހަދާފަހުންނަނީ މުސްލިމުން މާއްދިއްޔަތަށް ހައްލުވާށެވެ.
މާހިރު
17 April 2024
ކަލޭމެން ބޭނުންތާކަށް ބޭނުންވަގުތަކު ހަމަލާދީ ބޭނުންހާބަޔަކު މަރާފައި ކަލޭމެންނަށް ބޭނުންހާގޮތަކަށް އުޅެވިދާނޭ ހީކުރުކުރުމަކީ ކުށް ހީއެއްކަން އީރާނުން އެއޮތީ ދައްކާފައެވެ. ދެންވެސް ހަމަލާއެއް ދީފިނަމަ އޭގެބަދަލުގައި ހަމަލާދޭން ފަސްނުޖެހޭނެކަން ދަންނަންޖެހެއެވެ. ކިތައްމެ މޮޅު ހަތިޔާރުހުރެ ކިތައްމެ ބާރުގަދަ ޤައުމުތަކުން ކަލޭމެންނަށް އެހީވާން ތިއްބަސް އީރާނާ، ޔަމަނާ، ހިޒްބުﷲ އަދި ހަމާސް ފަަދަ ޖަމާޢަތްތަކަށް ކަލޭމެންނަކަށް ބިރެއް ނުދެއްކޭނެ އެވެ.
ގެޓް އައުޓް
17 April 2024
ހަމަލާ ދީފަ އިޒުރޭލަކަށް ވެސް ސަލާމަތެއް ނުވެވޭނެ. އިޒްރޭލު ހީކޮށްގެން ނުވާނެ އީރާނަކީ ހަމާސް ނުވަތަ ހިޒްބުﷲ ކަމަށް.
އަހް
17 April 2024
ބަލަ . ފުރަތަމަ އިރާނަށް ނިސްބަތްވާ ތަނަކަ ހަމަލާދީ ބަޔަކު މަރާލީ! ދެންކޯނޗެކޭ ތިކިޔަނީ!!!
ޭައަލީބެ
17 April 2024
ނޯޓަންޔާހޫ. ކަލޭ އަނގަހުޅުވަން ލަދުގަނޭބަލަ. އަހަރެން މިހިރީ ރޯދައަށް
ބެރުދުންމާރި.
17 April 2024
ނޫސްވެރިންނަށް ތިއަދައްކާލީ ވެއްޓުނު މިސައިލުތަކުގެ ތޮށިގަނޑު. މީހުންވެސް މަރުވި. އަސްކަރީ ޖެޓުތައްވެސް ހަލާކުވި. ފަރުދާގެ ފުރަގަހުގަ އޮތްތަން އެނގޭމީހުން ވެސް އެބަތިބި. އަދި މީގެ ވިއްސަކަށް އަހަރުފަހުން ތެދަށް ބުނާނެ. ތިއައީ ޔޫސުފުގެފާނު ވަޅަށް ވައްޓާލާފަ ރޮމުންރޮމުން ގޮސް ޔަޢުގޫބުގެ ޢަލައިހިއްސަލާމަށް ދޮގުހެދި މީހުން. ޔޫސުފުފާނު ގަމިސްކޮޅުގަ ލޭ އުނގުޅާފަ ގެންގޮސްފަ ބުނީ މިނިކާވަގު ކާލިއްޔޭ. ތެދެއް ނުހަދާނެ.