22 އެޕްރީލް 2024 - 07:54
ބޮލީވުޑް އެކްޓްރެސް ޖާންވީ ކަޕޫރު ދެން އެންމެ އަވަހަށް ފެންނާނީ ތިނެސްކަން ލޯބީގެ ފިލްމަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ފިލްމުގައި ޖާންވީގެ އިތުރުން ލީޑު ރޯލުން ސާރާ އަލީ ހާންގެ ކޮއްކޮ އިބްރާހިމް އަލީ ހާން އާއި މަހީމާ މަކްވާނާ ފެންނާނެ އެވެ.
ފިލްމު "ސާރޭޒަމީން" އަށް ފަހު މިއީ އިބްރާހިމް ކުޅޭނެ ދެވަނަ ފިލްމެވެ. އެ ފިލްމުގެ ހުރިހާ މަސައްކަތެއް ވަނީ މިދިޔަ އަހަރު ނިމިފަ އެވެ. ނަމަވެސް އެ ފިލްމު ރިލީޒްކުރާ ތާރީހު އަދި އިއުލާން ނުކުރެ އެވެ.
ޖާންވީ އާއި އިބްރާހިމް އަދި މަހީމާ ކުޅޭ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތާއި ކާސްޓުން ނެގުމުގެ މަސައްކަތް މިހާރު ނިމިފަ އެވެ. އަދި އަންނަ އަހަރު މި ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ރިޕޯޓްތައް ބުނީ އެ ފިލްމުގައި ގެނެސްދޭނީ ތިނެސްކަން ލޯބީގެ ވާހަކައެއް ކަމަށެވެ. ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރަކީ ކާކު ކަން އަދި ނޭނގޭ ކަމަށް ބުންޏެވެ.
އަންނަ އަހަރު ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ ދަރްމާ ޕްރޮޑަކްޝަން އާއި މެޑޮކް ގުޅިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
22 April 2024
މަހީ ކިހެނެއްތިހިރީ..... ބޮއިހަލަކި