ކްރިމިނަލް ކޯޓުގެ އިމާރާތުގައި ރެނދު އަޅައި، ތަންތަންގަނޑު ވެއްޓޭތީ ދަގަނޑު ވިއްދާފައި --- ފޮޓޯ/މިހާރު
18 އެޕްރީލް 2024 - 15:24
ފަނޑިޔާރުންގެ މަސައްކަތްތަކާ ބެހޭ ގޮތުން ހޯމް މިނިސްޓްރީ އާއި ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދޭއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ކްރިމިނަލް ކޯޓުން ފާހަގަކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެހެން ބުނީ ރާއްޖެ އަށް އެތެރެ ކުރި 119 ކިލޯ މަސްތުވާތަކެތީގެ މައްސަލަ އެ ކޯޓުގައި ނިމުނު ގޮތާ ބެހޭ ގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް އެ ކޯޓުން ނިންމާފައިވަނިކޮށް މިއަދު ބޭއްވި ގާޒީންގެ ކުއްލި މަޖިލީހުގަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އާންމުންނާއި ނޫސްތަކަށް މައުލޫމާތު ދޭއިރު ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމުގައި އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަ ކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ރައްކާތެރިކަމާއި ގުޅޭ ކަންކަން އިންތިޒާމުކޮށް ދޭ އިސް ފަރާތެއްގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑް މިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް ބައިވެރިވި ކަމަށާއި ޖުޑިޝާލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ދައުވަރު އެރުވި ކަމަށް އެ ކޯޓުން ބުންޏެވެ.
ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދލަުވުމުގައި ބުނެފައި ވަނީ؛
- މައްސަލަ ފުލުހުން ތަހުގީގު ކޮށްފައި ވާނީ ތުހުމަތު ކުރެވުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް.
- ތުހުމަތު ކުރެވޭ މީހުންގެ ފޯނުގެ ޕާސްވޯޑު ހޯދަން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރެއް ނުނެރެދިން.
- ޝަރީއަތް ނިމެންދެން ތުހުމަތު ކުރެވޭ ތިން މީހުން ބަންދު ކޮށްފައި ވަނިކޮށް އެ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރު ނެތި މައްސަލަ ލަސް ވާ ކަމަށް ބުނެ އެ މައްސަލާގައި ހިމެނޭ މުޖާހިދު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި.
- މުޅި މައްސަލައިގެ ޒިންމާ ޒުބައިރު ނަގަން އުޅޭ ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައި ވަނިކޮށް މައްސަލަ ނިމިގެން ދިޔައީ ވެސް ހަމަ އެ ގޮތަށް ޒުބައިރުގެ މައްޗަށް އެކަނި މައްސަލަ ސާބިތުވެގެން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްދަޅު ފެކްޓްރީ
18 April 2024
ނޫސްތަކުންވެސް އެބަޖެހޭ ހޭލުންތެރިވާން. މަސްދަޅު ފެކްޓްރީއަކުން އެކި ނަންނަމުގަ މަސްދަޅު ނެރޭއިރު ރައްޔިތުންނަށް އެނގޭނެ އެއީ އެއް ދިމާލަކުން ޕްރޮސެސްވެގެން އަންނަ އެއްޗެހިކަން. އެ ތަކެތި ނިކުންނަނީ އެއް ދިމާލަކުންކަން އެނގޭއިރު އެ މަސްދަޅުތަކަށް ބަޔަކު ފީޑްބެކްދިނީމަ ނޫސްވެރިން އެ ފީޑްބެކް ސެންސަރުކޮށް ކިއުންތެރިންނާ ހަމައަށް ނުގެނައުން އެއީ ހަމަހަމަކަން އެކުލެވޭ ގޮތަށް ނޫސްވެރިކަންކުރުމެއް ނޫން.
ލަރޭ
18 April 2024
ފުލުހުން ދިން މައުލޫމާތުގަ މައްސަލައެއް ނެތް. .. ފައިސާ ނަގާ މީހުން ބިރުން މަރަށް ތެޅެނީ