އިޒްރޭލުގެ ޑްރޯންއެއް އީރާންގެ ވައިގެ ތެރޭގައި ގޮއްވާލާ މަންޒަރު ކަމަށް ބުނެ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް
19 އެޕްރީލް 2024 - 10:07
އީރާންގެ މެދުތެރޭގައި އޮންނަ އިސްފަހާން އިން ބާރުގަދަ ގޮވުންތަކެއް އަޑު އިވިފައި ވާއިރު އިޒްރޭލުން އީރާންގެ ކިބައިން ބަދަލު ހިފުމަށް ހަމަލާތަކެއް ދީފި ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފި އެވެ.
އީރާންގެ އެކި ސިޓީތަކުގައި އެއާ ޑިފެންސް ސިސްޓަމް އެކްޓިވޭޓްކޮށްފައި ވާއިރު ދައުލަތުގެ މީޑިއާއިން ބުނީ އިސްފަހާން ސިޓީން ގޮތުންތަކެއްގެ އަޑު އިވިފައިވާ ކަމަށެވެ. އެކަމަކު "ގައުމުން ބޭރުން" ހަމަލާތަކެއް އައި ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
މިކަން ހިނގާފައި މި ވަނީ މިދިޔަ ހަފްތާ ބަންދުގައި އިޒްރޭލަށް އީރާނުން ހަމަލާދިނުމުން އެކަމުގެ ބަދަލުހިފާނެ ކަމަށް އިޒްރޭލުން ބުނެފައި ވަނިކޮށެވެ. އީރާނުން އިޒްރޭލަށް ހަމަލާދިނީ ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓް އިމާރާތަކަށް އިޒްރޭލުން ހަމަލާދީ ސިފައިންގެ އިސް ބަޔަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ.
އީރާންގެ ފާސް ނިއުސް އެޖެންސީން ބުނީ ގަހްޖަވަރެސްތާން އާއި ޝެކާރީ ވައިގެ މަރުކަޒު ކައިރިން ތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ. އީރާންގެ ސްޕޭސް އެޖެންސީގެ ތަރުޖަމާނު ހުސައިން ދަލިރިއަން ވިދާޅުވީ "ގިނަ އަދަދެެއްގެ" ޑްރޯން ވައްޓާލާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިސައިލެއްގެ ހަމަލާއެއް އައި ކަމުގެ ރިޕޯޓެއް ނެތް ކަމަށެވެ.
"ނުރައްކާތެރި ގޮވުމެއް އަދި ބޮޑު ގެއްލުމެއް ވެސް މި ކަންކަމުގެ ސަބަބުން ލިބުނު ކަމުގެ ރިޕޯޓެއް އަދި ނެތް،" އީރާންގެ ރަސްމީ ނިއުސް އެޖެންސީން ބުންޏެވެ.
މީގެ އިތުރުން އިސްފަހާންގައި ހުންނަ ނިއުކްލިއާ ފެސިލިޓީއަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުންޏެވެ.
Iranian media: No damage in air defences’ response to a “suspicious” object over #Isfahan #Iran #israel #Breaking
— ⚡️🌎 World News 🌐⚡️ (@ferozwala) April 19, 2024
📹The Video shows the moment Iran's air defence shot down several mini #quadCopters near Isfahan.pic.twitter.com/qeLrWyA3wa
މިއީ އިޒްރޭލުން ދިން ބަދަލު ހިފުމުގެ ހަމަލާއެއް ކަމަށް އެމެރިކާގެ މީޑިއާ އިން އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްކޮށްފައި ވިޔަސް މިކަމާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ. އަދި އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ވެސް ރަސްމީ ބައެއް ނުބުނެ އެވެ.
ސީއެންއެން އިން ބުނީ އިޒްރޭލުން ދިން ހަމަލާގެ އަމާޒަކީ ނިއުކްލިއާ ފެސިލިޓީއެއް ނޫން ކަމަށެވެ.
އޭއެފްޕީން އިޒްރޭލުގެ އަސްކަރިއްޔާއާ ސުވާލުކުރުމުން ބުނީ "މިވަގުތު އަދި ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ.
އިޒްރޭލަށް ޑްރޯން އާއި މިސައިލުން 300 އަށްވުރެ ގިނަ ހަމަލާ ދިނުމުގެ ކުރިން އީރާނުން އެކަން އެމެރިކާއަށް ކުރިން އެންގި ކަމަށް ބުނެފައި ވާއިރު އިޒްރޭލުން ވެސް ހަމަލާގެ މައުލޫމާތު ކުރިން އެމެރިކާއަށް މައުލޫތު ދިން ކަމަށް އެމެރިކާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިޒްރޭލުން ބަދަލު ހިފުމުގެ ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓާ އެކު އީރާނަށް ދަތުރުކުރުން އެތައް އެއާލައިނަކުން ވަނީ މެދުކަނޑާލައިފަ އެވެ. ހަމަލާތަކާ އެކު އީރާނުން އެއާޕޯޓްތައް ހުއްޓުމަކަށް ގެނައުމަށް ފަހު މިހާރު އަލުން ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
21 April 2024
ސާބަހޭ، އިޒްރޭލު. ހަންކަނޑުވާލާ!
ޢަލީބެ
20 April 2024
އިޒްރޭލުން އުޅެނީ ހަމާސް ބަލިނުކުރެވުމުން ލޮޔަބޮލަށް އަރައިގެން އިރާން އަތުން ހަމަލާއެއް ލިބި ދުނިޔޭގެ ހަމްދަރުދީ ހޯދަން ގާޒާފޯކަސް ބަދަލުކުރަން އީރާންން ހާގަ ނުސޭނެ.
ނުރަބޯ.
19 April 2024
ލަދުން ހަދާނެގޮތެއް ނޭގިގެން މޮޔަހަދަނީ. ތިއަގޮތަށް މީހުންގެ މަހާނަމަތީ ބަރަވެލިވެސް ދުވޭ. އެއީ މާމޮޅުކަމެއްތަ.
ގދތކ
19 April 2024
އިޒްރޭލަށް ބޮޑު ހަމަލާއެއް ދޭން މިއީ ހަމަ އެންމެ ރަގަޅު ވަގުތު. އީރާން މިފަހަރު ދޫކޮށްގެންނުވާނެ. ދޫކުރަންޏާ ވާނީ ހަމަ އަބަދުވެސް ދޫކުރާހާ.
ޢަލިބެއިރާން
19 April 2024
އިޒްރޭލް އިން ހިތުން އީރާންގެ ރާޑަރުތަކައް އެގުންނުވާނެހެން ކުދި ޑޮރޯން މިފޮނުވީ...މީގެ 2 ކަމެއްވޭ... 1.ކުދި އެއްޗިސް ފޮނުވާގެން ރާޑަރުތަކައް ސިއްރުން ހަމަލާ ދެވިދާނެތޯ؟ 2.ކުދި ޑޮރޯންތަކުން ފޮނުވާގެން ލިބުނު މައުލޫމާތުން އީރާންގެ ދިފާއީ ނިޒާމުގެ ހުރި ލޫޕްހޯލް ދެނެގަނެ...ކުރިއައްހުރި ބޮޑު ހަމަލާ ރޭވުން... ފަހަރުގަ ފައިޓާ ޖެޓް ބޭނުންކޮއްގެން ވަރައް ބަރު ބޮން ބޭނުންކުރުމައް..އެއީ ބިންގަރާސް ސުންނަާފަތި ކުރެވޭ ބޮން
ޖުއްބާ
19 April 2024
ހޫނނނނނނނ.... ދިވެހިން ވަރައް މޮޅުވާނެ ހަނގުރާމައިގެ އާޖުފާޖަށާއި ސަޅިބައިސާއައް...
ހުތްއާދަނު
19 April 2024
ހަމަލާއެއް ނުދެވޭ. ދެތިން ޑްރޯން އުދުއްސާލީ އެވެސް ވައްޓާލާފި
އަލީބެ
19 April 2024
އިޒްރޭލަށް ހަމަލާތަކެއް އަނެއްކާވެސްދީ