ވިޔަފާރި / އެޗްޑީސީ

ހުޅުމާލޭގައި ވެއާހައުސިން ކޮންޕްލެކްސްއެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި އަޅާ ވެއަހައުސިން އަށް ހާއްސަ އިމާރާތް. އެ މަސައްކަތް ދެ އަހަރު ތެރޭ ނިންމަން ވަނީ ހަވާލުކޮށްފައި -- ފޮޓޯ: އެޗްޑީސީ

ޒަމާނީ ވަސީލަތްތަކާ އެކު ފެންވަރު ރަނގަޅު ވެއާހައުސިން ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސިންގަޕޫރުގެ ކުންފުންޏަކާ އެކު އެޗްޑީސީން މިއަދު ސޮއިކޮށްފި އެވެ.

އެޗްޑީސީއިން ބުނީ އެތަން އިމާރާތް ކުރަނީ އޮޓޮމޭޓެޑް ވެއާހައުސް މެނޭޖްމެންޓް ސިސްޓަމްގެ ވަސީލަތްތައް ހިމަނައިގެން ކަމަށެވެ.

ހުޅުމާލޭގައި އިމާރާތްކުރާ މި ވެއާހައުސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިމާރާތް ކުރާ ސިންގަޕޫރުގެ ކޮންޓްރެކްޓަރު ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޒޯ ވެއިޑޮންގް އެވެ.

މި އެއްބަސްވުމުގެ ދަށުން ވެއާހައުސިން ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ވެއާހައުސިން ކޮމްޕްލެސް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: އެޗްޑީސީ

މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ފަޒުލް ވިދާޅުވީ އެ ވެހައުސް ކޮމްޕްލެކްސް އަކީ އިންޑަސްޓްރީ އަށް އަންނަ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ. މި ހިދުމަތް ދޭން ފެށުމުން ވިޔަފާރިތަކަށް ގިނަ ކުރިއެރުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެކި ބާވަތުގެ މުދާ ރައްކާކުރުމަށް ތަފާތު ޔުނިޓްތައް ހިމަނައިގެންނެވެ. ކޯލްޑް ސްޓޯރޭޖް އާއި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް އަދި ކާނާގެ ބާވަތްތަކާއި ކޮންޒިއުމަބްލް ރައްކާކުރެވޭ ޔުނިޓްތައް ހިމެނެ އެވެ. އޮފީސް ޖާގައާއި ޝޯރޫމް ހިމެނޭ އިމާރާތެއް މި ކޮމްޕްލެކެސް ގައި ހުންނާނެ އެވެ.

އެކި ބާވަތުގެ މުދާ ރައްކާކުރެވޭ ގޮތަށް ހަދާ މި ކޮމްޕްލެކްސް އަކީ ވިޔަފާރިތަކަށް މުދާ ރައްކާކުރުމަށް ލުއި ފަސޭހަ ވަސީލަތަކަށް ވާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ރައްކާ ކުރާނެ އިތުރު ޖާގަ ތަނަވަސްވެ، ވިޔަފާރި ފުޅާކުރެވޭނެ ފުރުސަތު ތަނަވަސް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

7 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަފަލޯ

24 April 2024

އެއްކޮޅުން އުތުރުމީހުނަށް އޮޅުވާލައިގެން އައިހެވަން ބަނދަރު ހަދަނީ ތިލަފުށީގަ، އެކަމަކު ވެއާހައުސިން މިހަދަނީ ހުޅުމާލޭގަ، މިއިރު ރަށުގެ ރައްޔިތުން ތިބީ ހުޅުމާލޭ ބިންކޮޅާހެދީ އާދޭސްކޮށްކޮށް.

The name is already taken The name is available. Register?

ލިފާން

24 April 2024

މިފަހަރު ހޮވުނު މެމްބަރުންނަށް ވެއާހައުސް ބޭނުންވާނެ ދޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

24 April 2024

ތިއީ އެޗްޑީސީއިން ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑަށްދީގެން މަސައްކަތްދީގެން ނޫންނަމަ އިންވެސްޓަރ ފައިނޭންސް އުސޫލުން ނުވަތަ އެފަރާތަށް ބިންދީގެން އެމީހުން ކުރާ ކަމެއްތޯ!؟ އޮފީސް ޖާގައާއި، ޝޯވްރޫމް ހިމަނައިގެން ކޯލްޑް ސްޓޯރޭޖް އާއި ކާނާގެ ބާވަތްތަކާއި، ކޮންޒިއުމަބްލް ރައްޖާކުރާ ގުދަންދަތުގައި އިންޑަސްޓްރިއަލް ވެއާހައުސިން ޔުނިޓް ހަދައި އެފަދަ ތަކެތި އެއްތަނެއްގައި ރައްކާކުރުމަކީ ސިންގަޕޯރގައި ކޮށްއުޅޭ ކަމެއްނޫންވީމަ އަހާލީ.

The name is already taken The name is available. Register?

ޖެނިން

25 April 2024

ދެން ސިންގަޕޯރގައި ކުރާކަމަކަށް ނުވީމަ ، ރާއްޖޭގަ ކުރާކަށްނުވާނެ ދޯ؟ އެހެންވެގެން ހަމަ އަހާލީ.

The name is already taken The name is available. Register?

ކޮރަލް

24 April 2024

93 މެމްބަރުން ކޮންމެ މެމްބަރަކު ވެއަރ ހައުސް އެއް ބޭނުންވާނެ އެވެ. މަޖްލީހަށް ގޮސް ވިޔަފާރި ނުކުރާ މީހަކާ ދިމައެއް ނުވެ އެވެ.

The name is already taken The name is available. Register?

ހާދަރީތި

24 April 2024

ހާދަރީތި ޑިޒައިންއެކޭދޯ.! ނިމޭއިރު ތިޔަގޮތަށް ކާޕެޓްވިނަ ހައްދާފަ މުޅި ސަރަހައްދުގަ ގަސްހައްދާފަ ހުރި ހުސްބިންތަކާ ފެހިކަން ފެންނަން ހުންނާނެތަ.؟

The name is already taken The name is available. Register?

ކޮބާ

24 April 2024

ވެއާ ހައުސް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454