ކުޅިވަރު / އެފްއޭއެމް

ފީފާގެ ވަފުދުގެ މަޝްވަރާ؛ ބޮޑަށް ބުރަވަނީ އެފްއޭއެމް އިންތިހާބުގެ ކުރިން އަސާސީގަވާއިދު އިސްލާހު ކުރަން

މިދިޔަ ހަފުތާގައި ފީފާގެ ވަފުދުން ރާއްޖޭގެ ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ މަޝްވަރާތަކުން ބޮޑަށް ބުރަ ވަނީ އެފްއޭއެމްގެ އަސާސީގަވާއިދު އިސްލާހުކުރުމަށް ފަހު އިންތިހާބަކަށް ދިއުމަށެވެ.

އެ މަސައްކަތް ކުރުމަށް، ފީފާއިން ހަވާލުކުރަނީ ނޯމަލައިޒޭޝަން ކޮމިޓީއަކާ އެވެ. ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ވިދާޅުވީ، އެފްއޭއެމްގެ އަސާސީގަވާއިދުގައި ހުރި ބައެއް މައްސަލަތައް ކަލްބްތަކުން ފީފާގެ ވަފުދާ އެކު ބޭއްވި ބައްދަލުވުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ ކަމަކީ، އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލުމުގައި އޮތް ހަނި ޖާގަ އެވެ. ވަކި އަދަދެއްގެ ކްލަބްތަކެއްގެ އެންޑޯޒްމެންޓް ލިބިގެން ނޫނީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ހާމަކަން ބޮޑު ހުޅުވާލެވިފައިވާ އިންތިހާބަކަށް އޮތް ހުރަހެއްގެ ގޮތުގައި ފާހަގަ ކުރެ އެވެ. އެ މާއްދާ އޮތީ އެފްއޭއެމްގެ އިނގިރޭސި ގަވާއިދުގެ އެންމެ ފަހު އާޓިކަލްގަ އެވެ.

ކްލަބްތަކުން ދެން ފާހަގަ ކުރި އަނެއް ކަމަކީ، ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި އިންތިހާބުގައި ބައެއް ކްލަބްތައް ކޮންގްރެސްގައި ބައިވެރި ނުކުރުމުގެ މައްސަލަ އެވެ. އަދި އެއް ކަލަބަށް ކޮންގްރެސް އަށް ދައުވަތު ދީފައި ނުވާކަން ވެސް މަޝްވަރާތަކުގައި ފާހަގަ ކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ ކްލަބަކީ ވެލެންސިއާ އެވެ.

ފީފާއިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުން: ވަފުދަށް ކްލަބްތަކުން ހުށަހެޅީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންދިއުމަށް --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

އެ ކޮންގްރެސްގެ ކުރިން، ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުވެ އޮތުން ވެސް ކްލަބްތަކުން ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބާއްވަން މަސައްކަތް ކުރިން ކޮންގްރެސް ކޯރަމް ހަމަވުމުގެ ސަބަބުން ނުބޭއްވި އޭގެ 15 މިނެޓް ފަހުން ހަމަ އެ އެޖެންޑާއާ އެކު ދެވަނަ ކޮންގްރެސް ބޭއްވުމުގައި ވެސް އުސޫލުތައް ފުރިހަމަކޮށްފައި ނެތް ކަން ކްލަބްތަކުން ފާހަގަ ކުރި އެވެ.

އެފްއޭއެމްގެ އިންތިހާބީ މައްސަލަ އެކަންޏެއް ނޫނެވެ. މިހާރު އޮތް އަސާސީގަވާއިދަށް، އެ އެސޯސިއޭޝަނުން ވެސް އަމަލު ނުކުރާކަން ކްލަބްތަކުން ހާމަ ކުރި އެވެ. މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދެވަނަ ދައުރުގައި ހަދަން ޖެހޭ ކޮމިޓީތައް ހަތަރު އަހަރު ވީ އިރު ވެސް ހަދާފައި ނެތް ކަން ކްލަބްތަކުން ފާހަގަ ކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ބައެއް ކޮމިޓީތައް އެކުލަވާލައި އިންތިހާބު އިއުލާން ކުރި ފަހުން، ފީފާއިން ވަނީ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އަދި މިހާތަނަށް އިންތިހާބައިގެން ކުރިއަށް ދިއުމުގެ ހުއްދައެއް ފީފާއިން ނުދެ އެވެ.

ފީފާއިން ނޯމަލައިޒޭޝަނެއް ގެންނަ ހާލަތާ ބެހޭގޮތުން ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، އެފްއޭއެމުން އަސާސީގަވާއިދަށް އަމަލު ނުކުރާ މައްސަލައިގެ އިތުރުން، އެ އެ އިދާރާގެ ވެރިންނާ ގުޅޭ ގޮތުން ފީފާއިން މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ.

"ކޮންސްޓްޓިއުޝަނަލް މައްސަލަތައް އަދި ބާއްވާ، އޭގެ އިތުރުން އެފްއޭއެމް އެތެރޭގައި ހިނގި އެހެން ކަންކަން ފީފާއިން އެދަނީ ބަލަމުން. އެހެންވީމަ މިފަދަ ވަގުތެއްގައި އިންތިހާބައިގެން ކުރިއަށްދާކަން ފީފާއިން ހުއްދަ ދޭނެ ކަމަކަށް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށްގެންދިޔަ މަޝްވަރަތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އެފްއޭއެމް ނޯމަލައިޒޭޝަނަށް ގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

"ޔަގީން ވާނީ ފީފާއިން އެ ހާލަތަކަށް ގެންދިޔައީމަ. އެކަމަކު މި ވާހަކަ ދައްކަނީ މަޝްވަރާތަކަށް ބަލާފަ، ބޮޑަށް ބެލެވޭނީ އިންތިހާބަކަށް ދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

"ނޯމަލައިޒޭޝަން ކޮމިޓީއެއްގައި އޮންނާނީ ވެސް ދެ ކަމެއް. އަސާސީގަވާއީދު އިސްލާހު ކުރުމާ އިންތިހާބު ބޭއްވުން. ދެން ޑެއިލީކޮށް ކުރާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދެވޭނެ."

ބައްދަލުވުމުގައި ބައިވެރިވި އެހެން ކްލަބެއްގެ އޮފިޝަލަކު ވިދާޅުވީ ކްލަބްތަކުގެ މައިގަނޑު ވިސްނުމަކީ އިންތިހާބުގެ ކުރިން އަސާސީ ގަވާއިދު އިސްލާހު ކުރުމެވެ.

"އެހެންވެ ކްލަބްތަކުން އެދުނީ ވެސް އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސް ދޭން،" އޭނާ ވިދާޅުވި އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާށޭ

28 April 2024

ދުނިޔޭގެ ގުޑް ގަވަނަންސްގައި އޮންނަނީ މެނޭޖްމަންޓް ނުވަތަ ލީޑުކުރަން ތިބޭ މީހެއްގެ މައްސަލައެއް ކޯޓެއްގައި ހިގާނަމަ ނުވަތަ ތަހުގީގުކުރާނަމަ އެ ތަހުގީގު ނިމެންދެން ވަޒީފާއިން ސަސްޕެންޑު ކުރުމެވެ. ރާއްޖޭގެ އެހެން އޮފީސްތަކުގައިވެސް ކަންތައްތައް ކުރާފަދައިން ބައްސާމްވެސް ސަސްޕެންޑު ކުރެވެން ޖެހޭނެޔޭ

The name is already taken The name is available. Register?

ކުލަބު

28 April 2024

ބަލަ މި ކުލަބުތަކުންނެއް ނޫންތަ ބައްސާމު ހޮވާފަ އެހެރީ. އަނެއްކާ އިތުރު ދައުރަކަށް ކުރިމަތިލާން އެންޑޯސްކޮށްދީފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454