30 އެޕްރީލް 2024 - 07:07
ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓަރު ޕްރިޔަންކާ ޗޯޕްރާ އަށް ދެ އާއިލާގެ ސަގާފަތާއި އާދަކާދައިން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
"ރީޑް އެންޑް ރޫމް" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ ދެ އާއިލާގެ ސަގާފަތާއި އާދަކާދައިގެ ވާހަކަ ދައްކައިފަ އެވެ.
ޕްރިޔަންކާ އާއި ނިކް ޖޯނަސް ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އަދި އުމުރުގެ ގޮތުން 10 އަހަރުގެ ފަރަގެއް ހުރި ނަމަވެސް، ދެ މީހުން އުޅެމުން އަންނަނީ ވަރަށް ސާދާ، ރީތި ދިރިއުޅުމެކެވެ.
ނިކް އަކީ އެމެރިކާ އަށް އުފަން އެމެރިކާގެ އާދަކާދަތަކަށް ހޭނިފައި ހުރި މީހެއް ނަމަވެސް، ޕްރިޔަންކާއާ ކައިވެނި ކުރުމަށް ފަހު، ނިކް ވަނީ އިންޑިއާގެ އާދަކާދަތަކަށް ވަރަށް ފަރިތަވެފައި ކަމަށް ޕްރިޔަންކާ ބުންޏެވެ.
އެ އިންޓަވިއުގައި ޕްރިޔަންކާ އިތުރަށް ބުނި ގޮތުގައި، ނިކް އަކީ ބޮޑު އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް، އޭނާ ތަރުބިއްޔަތު ކޮށްފައި ހުރީ އެމީހުންގެ އާދަކާދަތަކާ ވަރަށް ތަފާތުކޮށެވެ.
ޕްރިޔަންކާ ބުނީ ނިކްގެ އާއިލާގެ މީހަކު ވާހަކަ ދައްކާއިރު، އެ މީހަކު ދައްކާ ވާހަކައެއް ނުނިމެނީސް، އަނެއް މީހާ ވާހަކަދައްކަން ނުފަށާ ކަމަށާއި އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިހުތިރާމު ކުރާ ކަމަށެވެ. އަދި މިއީ ޕްރިޔަންކާ އުޅެބޮޑުވި ގޮތާއި ވަރަށް ތަފާތު ކަންކަން ކަމަށް އޭނާ ބުންޏެވެ.
މި ކަހަލަ ކުދިކުދި ކަންކަމަށް ހޭނެން ފުރަތަމަ އުނދަގޫވި ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
މިހާރު ދެ މީހުންނަށް ވެސް އެކަކު އަނެކެއްގެ ސަގާފަތާއި އާދަކާދަތައް ރަނގަޅަށް ވަދެވި، ދަސްވެއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.
ނިކް ވަރަށް ގިނައިން ޕްރިޔަންކާ އެކު އިންޑިއާ އަށް ދެ އެވެ. ވަރަށް ފަހުން އިންޑިއާގައި އޮތް ސަގާފީ ކުޅިވަރެއްގައި ވެސް ނިކް ވަނީ ޕްރިޔަންކާގެ އާއިލާއާއެކު ބައިވެރިވެފަ އެވެ.
ނިކް އާއި ޕްރިޔަންކާ އަށް ވަނީ ސަރޮގެސީ މެދުވެރިކޮށް 2022 ވަނަ އަހަރު ކުއްޖަކު ލިބިފަ އެވެ. އެއީ މަލްތީ މާރީ ޗޮޕްރާ ޖޯނަސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ބަސްބާރު
30 April 2024
މަށައްވަރިހަމަ ހިޖުރައޮޅިފަހުއްޓަސް.
ރީތާ ޗޯޕްލާ
30 April 2024
ސުނީ އަށް ދަސްވީ ވަރެއް ބަލާލުންވެސް ރަނގަޅު..
ދފކ
30 April 2024
ދެން އެހެންވީމައި ތިޔަ ނިމުނީނު . ކޯޓަށްގޮސް އަވަސްކޮށްލައި ނިންމާލަން އުޅޭހަބަރުކަންނޭނގެ ދެން އަންނާނީ