ޚަބަރު / ދިވެހި ގައުމީ ޔުނިވަސިޓީ

ފުރޮޅުލީ ގޮނޑީގައި އިނދެގެން ރައިޝަން ޑިގްރީ ނިންމާލައިފި

ރައިޝަން، ސައިކޮލޮޖީގެ ޑިގްރީއަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮންމެ ހާލަތެއްގައި ވެސް ކިޔެވޭނެކަން މުހައްމަދު ރައިޝާން އަނެއްކާ ވެސް މިއަދު ސާބިތުކޮށްދީފި އެވެ. މަސްކިއުލާ އެޓްރޮޕީ ޓައިޕް ދޭއް ނުވަތަ މައިބަދައިގެ މައްސަލައެއްގެ ސަބަބުން ހިނގުމުން މަރުހޫރުމްވެފައިވާ ރައިޝަން ވަނީ، ފުރޮޅުލީ ގޮނޑީގައި އިނދެގެން ޑިގްރީ ފުރިހަމަކޮށްފަ އެވެ.

ގައުމީ ޔުނިވާސިޓީން ސައިކޮލޮޖީގެ ތިން އަހަރުގެ ޑިގްރީ ފުރިހަމަކުރުމަށް ފަހު 22 އަހަރުގެ ރައިޝާން ވަނީ މައި ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވެފަ އެވެ.

އޭނާ "މިހާރު" އަށް ބުނީ އުނދަގޫ ހާލަތެއްގައި ވެސް ކިޔެވުން ކުރިއަށް ގެންދަން އެމްއެންޔޫގެ މެނޭޖްމަންޓު އަދި ހެލްތު ސައިންސަސް ފެކަލްޓީ އަދި އެކުގައި ކިޔެވި ހުރިހާ ރައްޓެހިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާއަކީ 35 ދަރިވަރުން ކިޔަވަމުން ދިޔަ ޑިގްރީ ބެޗުން އެންމެ މޮޅު ހަތް ދަރިވަރުންގެ ތެރޭގައި ހިމެނި، ޑިސްޓިންކްޝަން އެވޯޑު ހާސިލްކުރުމެވެ.

"ކްލާހަށް ދެވޭ ހުރިހާ ދުވަހެއްގައި ކްލާހަށް ގޮސްގެން ކިޔެވީ. ގަޑިތައް އޮންނާނީ ހަވީރު ހަތަރަކުން ފެށިގެން. ބައެއް ދުވަސްދުވަހު ރޭގަނޑު 10 ޖަހަންދެން ވެސް އޮންނާނެ." އިޖުތިމާއީ އެކި ހަރަކާތްތަކަށް ވެސް ވޮލެންޓިއާ ކުރާ ރައިޝަން ބުންޏެވެ.

ރައިޝާން، ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނާގެ މަންމަ އައިންތުއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސައިކޮލޮޖީގެ ކޯސް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑު ފެތުރެން ފެށުމުން ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އެހެންވެ، ފުރަތަމަ ދުވަސްކޮޅު ގޭގައި ހުރެގެން ކިޔަވަން ޖެހުމުން ރައިޝަނަށް ފަސޭހަވެގެން ދިޔަ އެވެ. އެކަމަކު، ޔުނިވާސިޓީތައް އަލުން ހުޅުވުމުން އަނެއްކާ ވެސް ކްލާހަށް ގޮސްގެން ކިޔެވޭނެ މަގެއް ހޯދަން ޖެހުނެވެ.

ހެލްތު ސައިންސަސް ފެކަލްޓީގެ ކެމްޕަސް ހިންގަނީ ދިވެހިރާއްޖޭގެ އަޑު ކައިރީގަ އެވެ. އޭރު ރައިޝަން އުޅެމުން ދިޔައީ ސީއެޗްއެސްއީ ކައިރީގައި ހުންނަ ގެއެއްގައި ކަމަށް ވާތީ، އެހާ ދުރު ތަނަކަށް ފުރޮޅުލީ ގޮނޑީގައި ދަތުރުކުރުން ވެގެން ދިޔައީ ބޮޑު ތަކްލީފަކަށެވެ. ނަމަވެސް، ފަހުން ރެޑް ކްރެސެންޓުގެ ވޭނެއް ހަމަޖައްސައި، އޭގައި ދަތުރުކުރަން ފެށި އެވެ.

ރައިޝަން ބުނީ ރެޑް ކްރެސެންޓުގެ ވޭނުގައި ކުރި ދަތުރުގެ އެއް ބަޔަށް ހަރަދުކޮށްދިނީ ހެޔޮ އެދޭ މީހެއް ކަމަށެވެ. ބާކީ ބައި ދެއްކީ މަންމަ އެވެ. އަދި ކާކުކަން ނޭނގޭ ހެޔޮ އެދޭ މީހެއްގެ ފަރާތުން، އެއް އަހަރުވަންދެން ލިބުނު ބޮޑު އެހީއަށް އެ އާއިލާއިން ޝުކުރު އަދާކުރެ އެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު، އެމްއެންޔޫގެ ޗާންސެލާ ޑރ. ޝައުގީ، ރައިޝަންގެ ސެޓްފިކެޓު ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭގެ ފަހުން ހުޅުމާލޭގެ 2 ވަނަ ފިޔަވައްސަށް ބަދަލުވި އެވެ. ދަތުރުކުރުމުގައި އިތުރަށް އުނދަގޫވިއަސް ރައިޝަންގެ ކިޔެވުން މެދުކަނޑާނުލައި ކުރިއަށްގެންދިޔަ އެވެ.

"ތިން ވަނަ ސެމިސްޓާ ނިންމާފައި ބަލާލިއިރު، އެ ސެމިސްޓާގައި އެކަނި ވެސް ދަތުރަށް 15،000ރ. ހަރަދުވި. ފަހުން، ޖަޕާނު ސަރުކާރުން ހަދިޔާކުރި އެކްސެސިބުލް ވެހިކަލްގައި ދަތުރުކުރަން ފެށީމަ ކޮންމެވެސް ވަރެއްގެ ލުއެއް ލިބުނު." ރައިޝަން ބުންޏެވެ.

އޭނާ ބުނީ އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑު ބަލިކަށިވަމުންދާ ކަމަށެވެ. ރަނގަޅަށް ކަނދުރާ ވެސް ހަރެއް ނުލަ އެވެ. އަތުގެ ހަރަކާތްތައް ވެސް ދަނީ ދަށްވަމުންނެވެ. އެހެންވެ، ކޮލެޖުގައި ލެބޯޓްރީގައި ހަދަން ޖެހުނު އެކްސްޕެރިމެންޓުތައް ފުރިހަމަކުރީ ލެކްޗަރާއިންގެ ވަރަށް ބޮޑު އެއްބާރުލުމާއެކުގަ އެވެ.

ކިޔެވުން ނިންމިއަސް މި ވަގުތު އޭނާ އިތުރު މަސައްކަތެއް އަދި ނުކުރެ އެވެ. ރައިޝަން ވިސްނައިގެން ހުރީ އޭނާއަށް ދިމާވާ އުނދަގޫތަކަށް ލުއެއް ހޯދަން، އިންޑިއާއިން ލަފާދިން ސްކޯލިއޯސިސް ކަރެކްޝަން ސާޖަރީ ހަދާށެވެ. އެ ފަރުވާއަށްފަހު މަސައްކަތް ފަށާނެ ކަމަށް އޭނާ ބުންޏެވެ.

ރައިޝަން، ދަސްވެނިވުމުގެ ރަސްމިއްޔާތަށްފަހު ފުރޮޅުލީ ގޮނޑީގައި ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރައިޝަން ބުނީ ކިޔެވުމަށް އޭނާ ކުރާ މަސައްކަތް މި ހިސާބުން އަދި ނުނިމޭނެ ކަމަށެވެ. ޕާފޯމެންސް ސައިކޮލޮޖީ ރޮނގުން ހާއްސަވުމަށް އޭނާގެ ހާއްސަ ޝައުގުވެރިކަމެއް ހުއްޓަސް، މި ސަރަހައްދުން އެ މާސްޓާސް ހެދޭކަށް ނެތެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކުން އެ ކޯސް ކުރިއަށްގެންދާތީ، ރައިޝަން ބޭނުންވަނީ ލައިފް ކޯޗަކަށް ވެސް މަސައްކަތްކުރެވޭނެ ޕާފޯމެންސް ސައިކޮލޮޖިސްޓަކަށް ވާށެވެ.

"މާސްޓަސް ހަދަން ދެވޭނެ ދުވަހެއް ނޭނގެ. ފުދޭވަރަކަށް ބޮޑު ހަރަދެއް ހިނގާނެ." ރައިޝަން ބުންޏެވެ.

ފުރޮޅުލީ ގޮނޑީގައި އިނދެގެން އޯ ލެވެލްގެ ގައުމީ ގަދަ 10ގެ 10 ވަނަ އަދި 2019 ގައި ހެދި އޭ ލެވެލް އިމްތިހާނުގައި ވެސް ރައިޝާން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި އެވެ.

14 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 2%
icon inlove icon inlove 84%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޞްރުﷲ

30 April 2024

އަލްޙަމްދުﷲ! ތިޔަ ހޯދެވި ކާމިޔާބަށް މަރުޙަބާ!

The name is already taken The name is available. Register?

އައްބާސް

30 April 2024

ވަރަށް އުފާވި ރައިޝަން ސްޓޭޖްމަތިން ސެޓުފިކެޓް ހަވާލުވި ތަން ފެނުމުން. މިއީ އެހެން ސްކޫލުތަކުގައި ކިޔަވަން އުޅުނު އިރު ކުރިން ވީ ކަމެއް ނޫން. ސްޓޭޖު މަތިން ސެޓުފިކެޓެއް ނުލިބޭ. ޔުނިވަރސިޓީ އިން ވަނީ ރައިޝަން އަށް ޓަކައި ރަސްމިއްޔާތު އޮތް ތަނަށް ވެސް ބަދަލު ގެނެސް އެހެން ކުދިންނެކޭ އެއް ފަދައިން އެކަން ކުރެވޭނެ ގޮތް ހަދައިފައި. ޝުކުރިއްޔާ ގައުމީ ޔުނިވަރސިޓީ!

The name is already taken The name is available. Register?

ބިކަމްސް

29 April 2024

ކުއްޖަކު އުފަންވާއިރުނުކުޅެދޭ ކުއްޖަކަށްވަނީ އެއީ 1. ޖެނެޓިކް ފެކްޓަރސް މީ ދެމަފިރިންގެ ޖެނެޓިކް އިން އުފެދޭ ސެލްއަށް ގެއްލުމެއް ލިބުން 2. މާބަނޑުއިރު ގެއްލުމެއް ދަރިއަށް ލިބޭނެ ގޮތެއްވުން 3. ވިހެއުމުގައި ރަނގަޅަށް އޮކްސިޖެން ނުލިބުން 3. ވިހަން ދުވަސް ހަމަވުމުގެ ކުރިން މާބޮޑަށް އަވަހަށް ވިހެއުން 4. ވިހެއުމުގެ ތެރޭގައި ޑައުން ސިންޑްރޯމް ހުރުން 5. މާބަނޑުމީހާ އުޅޭ ވެއްޓަކީ ޓޮކްސިކް ވެއްޓަކަށް ވުން 6. ކުއްޖާ ޅަފަތުގައި ވެއްޓި ބޮލަށް ގެއްލުން ލިބުން

The name is already taken The name is available. Register?

ގެޓްއަލޯޑް

29 April 2024

ނުކުޅެދޭ ކުދިންނަށް ގުދުރަތީ ގޮތުންދެއްވަވާ ވަރުގަދަ ރޫހާނީ ބާރެއް އެބާރު ތެރޭގައި އެކުދިން ނުކުޅެދެނީ ގުނަވަން ތަކުން ކަމަށްވާނަމަ އޭގެ ތިން ގުނަ ފައިދާ ކުރާ ގޮތަށް އެކުދިންގެ ސިކުނޑީގެ ބާރުގެ ބޭނުން ފަސޭހައި ކުރެވޭނެ ގޮތްވަނީ ލައްވަވާފައޭ މީ މިހާތަނަށް ދުނިޔެއަށް އެމެން ސާބިތުކޮށްދީފައިވާ ކަންކަމޭ އެގޮތުން ބަލާއިރު ނުކުޅެދޭ ކުދިން މެތެމެޓިޝަނުން އަޒި ފިޒިސިސްޓުންނަށް ވަރަށް ފަސޭހައިން ވެވޭނެއޭ ކިއެއްވެތޭ އިންސާނުންނަށް އޮކްސިޖެން ބޭނުންވަނީ

The name is already taken The name is available. Register?

ދިސްވޭއިން

29 April 2024

ސައިކޮލޮޖީ އަކީ ސައެންސް އޮރިއެންޓެޑް ސަބްޖެކްޓެއް ނޫން އެއީ ކުރެވޭ ހީއަކަށް ކުރާކަމެއް ގިނަފަހަރަށް އެގޮތަށް ހީކުރާ ހީކުރުން ދިމާނުވާނެ ސަބަބަކީ އެއީ ކޮގްނިޓިވް ބިހޭވިއަރ އާއި ގުޅިފައިވާ ކަމަކަށްވާތީއޭ ސައިކޮލޮޖީ އަކީ ދަސްކުރަން ވަރަށް ފަސޭހަ އެއްޗެއް ޖެހޭނީ އިނގިރޭސިން ޚުތުބާ ލިޔަން އެއްވެސް ވޭރިއެބްލް އެއް ހަދަން ނުޖެހޭނެއޭ އެކަމަކު ސައިކޮލޮޖިކަލް ސައެންސް ކިޔެވައިފިނަމަ އިނގޭނެ ކުރިއަށްވާނެ ގޮތާއި އަދި މާޒީގައިވެފައިވާ ކަންކަން ދަނެގަންނަން

The name is already taken The name is available. Register?

ޖަވާބް

29 April 2024

އެމް އެން ޔޫ ގަ ކިޔަވާނީ ފިލޯސޮފިކަލް ސައިކޮލޮޖީއެއް ނޫން. ތި ހީކުރީ ނުބައިކޮން

The name is already taken The name is available. Register?

ނަސްރު3027

30 April 2024

ކޮއްކޯ ވާނެ ކަންތައް އިނގެނީ ހަމަ އެންމެ ފަރާތަކައް. ޭއ ފަރާތަކީ މުޅި ކާއިނާތު ވެރި ގަދަ ކީރިތި ވަންތަ ﷲ .

The name is already taken The name is available. Register?

ކަފަލޮލީ

02 May 2024

ހާދަ މޮޅޭ ދެން ދިސްވޭއިން. ސައިކޮލޮޖިސްޓެެއްތަތީ؟ އެމް.އެން.ޔޫ ކޯސް ކޮންޓެންޓްސް ބަލާލިންތަ މޮޅެތި ކޮމެންޓޮ ކުރުމުގެ ކުރިން؟ ބޯހަލާކު

The name is already taken The name is available. Register?

އައިމިނާ

29 April 2024

މަރުޙަބާ! ރައިޝަން. އަދި ޢާއިލާ.

The name is already taken The name is available. Register?

މަހާރަދުން

29 April 2024

ތި އީ ވަރަށް ހިތްވަރު ގަދަ ނަމޫނާ ކުއްޖެއް..އަދި ތި މަންމަ ޔަކީވެސް ނުކުޅެދޭ ކުދިންގެ ބެލެނިވެރިންނަށް ހުރި ނަމޫނާއެއް...ﷲ ހެއު މަކާނަކަށް ވާސިލު ކުރައްވާ އެދުންތައް ފުއްދަވާށީ!!

The name is already taken The name is available. Register?

48343

29 April 2024

ވަރަށް ހިތްވަރުގަދަ. އަދިވެސް ދެންއޮތްތަނުގާ ހިތްވަރާއެކު ކުރިއަށް ދޭ.

The name is already taken The name is available. Register?

ނަމޫ ނާ

29 April 2024

ވަރަށް ހިތްވަރު ގަދަ ކުއްޖެއް! އަދި ވަރަށް ހިތްވަރު މަންމަ އެއް

The name is already taken The name is available. Register?

ދޮން ހަސީނާ

29 April 2024

ރައިޝަން އަށް މަރުހަބާ. ވަރަށް ހިއްވަރުގަދަ ދިވެހި ދަރިއެއް.

The name is already taken The name is available. Register?

ޯމަރީ

30 April 2024

މަރުހަބާ ރައިޝަން އަދި މަންމަ. ވަރަށް ހިތްވަރުގަދަ. އިތުރު ކާމިޔާބީއަށް އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454