ގަދަ ހޫނާ ހެދި މިދިޔަ ހަފްތާގައި ބަންގްލާދޭޝްގެ ސްކޫލްތައް ބަންދުކުރުމުން ދަރިވަރަކު ގޭގައި ކިޔަވާއިރު ބައްޕަ ކައިރީގައި އިށީނދެލައިގެން: މިއަދު ސްކޫލްތައް އަލުން ބަންދުކުރަން ކޯޓުން އަމުރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
29 އެޕްރީލް 2024 - 17:21
ގަދަ ހޫނާ ހެދި ބަންގްލާދޭޝްގެ ސްކޫލްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވުމާ އެކު ސްކޫލްތައް ބަންދުކުރުމަށް އެ ގައުމުގެ ކޯޓަކުން މިއަދު އަމުރުކޮށްފި އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ހެދި ހޫނު ގަދަވުމާއި ހޫނު ދުވަސްތައް ގިނަވުން އިތުރުވެފައިވާކަން ސައިންޓިފިކް ދިރާސާތަކުން ވަނީ ކަށަވަރުވެފަ އެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލް ޝައިޚް ސައިފުއްޒަމާން އޭއެފްޕީ އަށް ވިދާޅުވީ ޕްރައިމަރީ، ސެކަންޑަރީ އަދި ހުރިހާ މަދަރުސާތަކެއް ބަންދުކުރުމަށް އަމުރު ނެރުއްވީ ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ. އޭނާ ވިދާޅުވީ މި އަމުރު ނެރުއްވީ، ގަދަ ހޫނުގެ ސަބަބުން ބައެއް ޓީޗަރުން ވެސް މަރުވެފައިވާ ކަމަށް ވަކީލުން ވިދާޅުވެފައި ވަނިކޮށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ބަންގްލާދޭޝްގެ ވެރިރަށް ޑާކާގައި މިދިޔަ ހަފްތާގައި ވަނީ މިދިޔަ 30 އަހަރާ އަޅާބަލާއިރު އެވްރެޖް ހޫނުމިން 4-5 ޑިގްރީ ސެލްސިއަސް އަށް މަތިވެފަ އެވެ.
ސަރުކާރުން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި މި މަހު ވަނީ ގަދަ ހޫނުގެ ސަބަބުން ހަތް މީހަކު މަރުވެފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ހޫނުމިން 40 ޑިގްރީ ސެލްސިއަށް ވުރެ މަތީގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ބަންގްލާދޭޝްގެ މީޓިއޮރޮލޮޖިސްޓެއް ކަމަށްވާ މުހައްމަދު އަބްދުލްކަލާމް މާލިކް އޭއެފްޕީ އަށް ވިދާޅުވީ ބަންގްލާދޭޝް އަށް މިހާ ހޫނު ދުވަސްވަރެއް ދުވަހަކު 1948 ވަނަ އަހަރު ހިސާބުތައް ބަލަހައްޓަން ފެށި ފަހުން ތަޖުރިބާކުރަން ޖެހިފައި ނުވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޫޓު
29 April 2024
އަދިވެސް ރާއްޖޭގެ ސްކޫލުތައް ބަންދުކުރާކަށް ނޫޅޭތަ؟
ޟަރު
29 April 2024
މާދަމާ ބަންދުވާނެ
ޖަންބު
30 April 2024
ރާއްޖެ ނުކުރާނެ. އަދިވެސް ކުރީ ޒަމާނުގަހެން ކްލާސްވެސް އެހާ ހޫނުކޮށް ހުއްޓާ އެކިޔަވާދެނީ
ކައްބޯ
30 April 2024
ބަންގްލާދޭޝްގައި 40 ޑިގްރީއޭ އެކިޔަނީ އިހްސާސްވާ ހޫނަކަށް ނޫން. އެއީ ހަގީގީ ހޫނުމިން. އެހެންވެ ބައެއް ހާލަތުގައި މީހުން ވެސް އެ މަރުވަނީ. ކުވައިތު ކަހަލަ ގައުމުތަކުގައި ބައެއް ފަހަރު ހަގީގީ ހޫނުމިން 50 އަށް ވެސް އަރާ.