ދުނިޔެ / އިޒްރޭލް

އިޒްރޭލުގެ ވެރިން ހައްޔަރުކުރަން އައިސީސީން އަމުރު ނެރެފާނެ ކަމަށް ބިރުން

އިޒްރޭލުގެ އާންމުން ހަނގުރާމައިގެ މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު މެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އަޑު އުފުލަނީ. -- ފޮޓޯ: އޭއެފްޕީ

30 އެޕްރީލް 2024 - 19:39

14 comments

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ވެރިން ހައްޔަރުކުރުމަށް ނުވަތަ އެ މައްސަލަ ތަހުގީގު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެން އުޅޭ ކަމުގެ އަޑުތަކާ އެކު އިޒްރޭލުން ކަންބޮޑުވެ ބިރުން އުޅެން ފަށައިިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އާއި އެހެން ބައެއް ވެރިން ހިމެނޭ ގޮތަށް އަމުރެއް ނެރެން އުޅޭ ކަމަށް އިޒްރޭލުގެ މީޑިއާގައި ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން އިޒްރޭލުގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ވަނީ ގައުމުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފާނެ ކަމުގެ މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުގެ އެކި އެމްބަސީތަކަށް ވެސް މިހާރު މި މައުލޫމާތު ދީފައިވާނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން އައިސީސީން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މި އަމުރު ނެރެން އުޅޭ ކަމަށް ބުނެ އިޒްރޭލުން ވަނީ 2014 ވަނަ އަހަރު އިޒްރޭލާއި ހަމާސްއާ ދެމެދު ކުރި ހަނގުރާމައާ ގުޅިގެން ފެށި ތަހުގީގުގެ ވާހަކަ ވެސް ދައްކައިފަ އެވެ. މީގެ ތިން އަހަރު ކުރިން އައިސީސީން ބަލަން ފެށި މި މައްސަލައިގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ހިލާފަށް ޔަހޫދީން ވަޒަންވެރިކޮށް ފަލަސްތީނުގެ އާބާދީތައް ނައްތާލާ މައްސަލަ ވެސް ހިމެނެ އެވެ. އަދި މިހާރު ޣައްޒާގައި އިޒްރޭލުން ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ޖަރީމާތަކުގެ މައްސަލަ ވެސް ހިމެނެ އެވެ.

އިޒްރޭލުގެ އިސް އޮފިޝަލުން ވަނީ އައިސީސީން މިފަދަ އަމުރެއް ނެރެން ނޫޅޭ ކަމުގެ ޔަގީންކަން ދިނުމަށް ގޮވާލައިފަ އެވެ. އަދި އިޒްރޭލާ ދެކޮޅަށް އަޅާ ފިޔަވަޅަކީ "އެންޓި-ސެމިޓިޒަމް" ނުވަތަ ޔަހޫދީންނަށް ނަފްރަތު ކުރުމުގެ އަމަލެއްގެ ގޮތުގައި ބެލިދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު ވަނީ އައިސީސީން ނެރެފާނެ އަމުރަކާ މެދު ކަންބޮޑުވެ އެކަމުގެ ޝަކުވާ އެމެރިކާގައި ވެސް ކޮށްފަ އެވެ. އެމެރިކާ އާއި އިޒްރޭލަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ. އެކަމަކު ފަލަސްތީނުން 2015 ވަނަ އަހަރު ވަނީ އައިސީސީ ބަލައިގެންފަ އެވެ.

އެމެރިކާއިން ވަނީ އައިސީސީން އިޒްރޭލުގެ މައްސަލަ ތަހުގީގުކުރަން އުޅޭ ކަމަށް ބުނާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބުނެފައި ވަނީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އައިސީސީ އަށް ނޯންނާނެ ކަމަށެވެ. އެކަމަކު އައިސީސީގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ޚާން މިދިޔަ އޮކްޓޫބަރު މަހު ވިދާޅުވެފައިވާ ގޮތުގައި ހަމާސް އާއި އިޒްރޭލާއި އިޒްރޭލުގެ ސިފައިން ހަނގުރާމައިގެ އެއްވެސް ޖަރީމާއެއް ޣައްޒާގައި ހިންގާ ނަމަ އެކަމެއް ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންވެ އެވެ.

ޚާން ވިދާޅުވި ގޮތުގައި އައިސީސީން ބަލަމުން ދަނީ ޣައްޒާގައި އެއްވެސް ބަޔަކު ހަނގުރާމައިގެ ޖަރީމާއެއް ހިންގާފައި ވޭތޯ އާއި އެފަދަ އަމަލެއް ހިންގާފައިވާ ނަމަ އެކަމެއް ކުރި ބަޔަކު ޒިންމާކުރުވުމަށެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ތުހުމަތުތަކުގައި ވަކިވަކި ފަރުދުންގެ ޝަރީއަތް ހިންގާ އައިސީސީގައި ކުރިއަށްދާ ތަހުގީގަކީ ހޭގްގައި ވެސް ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިޒްރޭލާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ މައްސަލައާ ވަކި ތަހުގީގެކެވެ.

ދުނިޔޭގެ ކޯޓުގެ ގޮތުގައި ބަލަމުން އަންނަ އައިސީޖޭ އަކީ ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބެލުމަށް އދ. އިން ގާއިމުކޮށްފައިވާ ކޯޓެކެވެ.

14 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލް-ބައިރޫނީ

02 May 2024

1948ގައި އުރުދުން ޤުދުސާއި ވެސްޓްބޭންކް ހިފުމުގެ ކުރިން ޤުދުސްގެ މެޖޯރިޓީއަކީ ޔަހޫދީން، ވެސްޓްބޭންކްގައިވެސް ޔަހޫދީ އާބާދީތައް ހުރި. އޭގެން ބައެއް މީހުނަކީ ދާއޫދުގެފާނުގެ ޒަމާނުން ތިބި މީހުންގެ ދަރިކޮޅު. އުރުދުން އެ ހުރިހައި ޔަހޫދީން ބޭރުކޮށްލި. އަދި އެ މީހުންގެ ބިމާއި ގެ ޢަރަބިނަށް ދިން. ދެން 1967ގައި އިޒްރޭލްގެ ބާރުގެ ދަށަށް ޤުދުސާއި ވެސްޓްބޭންކް އައުމުން އިޒްރޭލުން އެޔަހޫދީން އަލުން އެ މީހުން ބޭރުކޮށްލެވުނު އަވަށްތަކުގައި ވަޒަންވެރި ކުރުވި.

The name is already taken The name is available. Register?

ޖައްސާސަތު

02 May 2024

އެވެސް އެ ބޭރުކޮށްލެވުނު މީހުން އިޒްރޭލްގެ ކޯޓްތަކަށް ހިނގާ ގޭގޭގެ ރަޖިސްޓްރީ ދައްކާ ސާބިތްކޮށް ކޯޓުން ހުކުމް ކޮށްގެން އެ ސެޓްލަމަންޓްތައް ރިސްޓޯރ ކުރީ. ފަލަސްތީންގެ ބިމުގައި އިޒްރޭލް އުފެދުމުގެ ކުރިން ޔަހޫދީން އުޅުނު ފަލަސްތީންގެ ދެ ފަޅީގައި ވެސް. އޭރު މިއީ އެއް ގައުމެއް. ވެސްޓްބޭންކްގެ ނާބުލްސް ހިބްރޯން ޖެރޫސަލަމް އަކީ ޔަހޫދީ އަވަށްތައް ގިނަ ތަންތަން. އިޒްރޭލް އުފެދުމުން އުރުދުނުން އެތަންތަން ހިފައި ޔަހޫދީން ލައްކައިން ބޭރުކޮށްލީއެވެ.

The name is already taken The name is available. Register?

އެންޓިލޯ

02 May 2024

މާ އެނގޭކަމަށް ހެދިގެން ތިޔަ ދައްކަނީ މާ ފަހުގެ ވާހަކަ. ދެވަނަ ބޮޑުހަނގުރާމަ ފެށުމުގެ ކުރިއަށް ތިޔަ ބުނާ ޔަހޫދީން ތިބީ ކޮންތާކު؟ 1920ގައި ލީގް އޮފް ނޭޝަންސް އޭ ކިޔާ ހަމައެއް ނެތް ޖަމާއަތެއް އޮތް އިރު، އިނގިރޭސީން ފަލަސްތީނުގެ ބިން އެ މީހުން ބޭނުންވާ ގޮތަކަށް ބަހައިގެން ވެރިވެގަނެގެން އުޅުނު. އޭގެ ފަހުން ވިއްސަކަށް އަހަރު ތެރޭގައި "ޔަހޫދީން" އޭ ކިޔާ ބަޔަކު ގެނެސް ވަޒަންވެރިކުރުވި.

The name is already taken The name is available. Register?

ޖައްސާސަތު

06 May 2024

1800 ތެރޭ ފަލަސްތީންގައި ޔަހޫދީން ތަންކޮޅެއް މަދުވީ އުސްމާނީ ޚަލީފާ ޔަހޫދީން ފަލަސްތީނުން ބޭރުކުރުމުން އަދި އަނިޔާވެރިވުމުން އަދި ޤުދުސްގައި އަޅުކަން ކުރުންވެސް މަނާ ކޮށްފައިވަނީ. ދެން އެ ބޭރުކޮށްލެވުނު މީހުން އަނބުރާ އައީ އަނެއްކާވެސް 1900 ތެރޭ.

The name is already taken The name is available. Register?

ގަމާރު-

06 May 2024

1920ގެ 20 އަހަރު ފަހުނޭ ބުނާ އިރު ތެލްއަވީވް ފަދަ ތަންތަނަކީ އިޒްރޭލް އުފެދުމުގެ 100 އަހަރު ކުރިން ޔަހޫދީން ބިނާ ކުރި ސިޓީސަހަރު. އަދި ފަލަސްތީން ޖަހައިފައި މިހާރު މި ދައްކާ 1917ގެ ފައިސާ ފޮތީގައި އިޒްރޭލްގެ ބަސް ހިބްރޫ ބަހުން އެ އިންނަނީ ލިޔެފައި. ބެލި ކޮންމެ މީހަކަށް ފެންނާނެ ޔަހޫދީންގެ އަކުރުންކަން އޭގައި ލިޔެފައި އެ އިންނަނީ. އޭގައި ލިޔެފައި އެ އިނީ "ޢަރްޒް އިޒްރޭލް."

The name is already taken The name is available. Register?

ޔަހޫޒީ

02 May 2024

1967ގައި މިސްރާއި އުރުދުން އިޒްރޭލާއި ދެކޮޅަށް ފެށި ހަނގުރާމައެއްގައި އެ ދެޤައުމުގެ މީހުން ބަލިވެގެން ދުއްވައިގަތުމުން އިޒްރޭލް މިސްރުގެ ސައިނާއާއި ޣައްޒާާއާއި ހިފި . މިސްރުން ދެން ދުވަހަކު ވެސް ހަނގުރާމަ ނުކޮށް ސުލްހައިގައި އުޅޭ މަތިން އިޒްރޭލުން ސައިނާ އަނބުރައި މިސްރަށް ދިން. މަހްމޫދު އައްބާސްމެނާއި ސުލްހަވާން 2005ގައި ޣައްޒާއިން ފައިބައި ފަލަސްތީން ސަރުކާރަށް ދިން. ދެން ހަމާސްއިން އަރާ އެތަން ހިފައި ޢައްބާސް ބޭރުކޮށްލީކަން ދިވެހިނަށް އެގޭތަ

The name is already taken The name is available. Register?

އެންޓިލޯ

02 May 2024

މާ އެނގޭކަމަށް ހެދިގެން ތިޔަ ދައްކަނީ މާ ފަހުގެ ވާހަކަ. ދެވަނަ ބޮޑުހަނގުރާމަ ފެށުމުގެ ކުރިއަށް ތިޔަ ބުނާ ޔަހޫދީން ތިބީ ކޮންތާކު؟ 1920ގައި ލީގް އޮފް ނޭޝަންސް އޭ ކިޔާ ހަމައެއް ނެތް ޖަމާއަތެއް އޮތް އިރު، އިނގިރޭސީން ފަލަސްތީނުގެ ބިން އެ މީހުން ބޭނުންވާ ގޮތަކަށް ބަހައިގެން ވެރިވެގަނެގެން އުޅުނު. އޭގެ ފަހުން ވިއްސަކަށް އަހަރު ތެރޭގައި "ޔަހޫދީން" އޭ ކިޔާ ބަޔަކު ގެނެސް ވަޒަންވެރިކުރުވި.

The name is already taken The name is available. Register?

އެނދިމަރިޔަނބު

03 May 2024

ކޮންތާކުން ތާރީޚު ކިޔެވި ރޯނު އެދުރެއް މި ޔަހޫޒީއަކީ؟

The name is already taken The name is available. Register?

ޖަލީލީ

02 May 2024

ލޮލް. އަހަރެމެން މުސްލިމުން ދީނަށް ރުޖޫއަ ނުވެ އަބަދުވެސް މި އުޅެވެނީ ކާފަރުންގެ ކިބައިން އިއްޒަތާއި ސަލާމަތް ހޯދަން. މިހެން އުޅެގެން އަބަދުވެސް ނިކަމެތިކަން ނޫން އެއްޗެއް ނުލިބޭނެ.

The name is already taken The name is available. Register?

ދަ ހޭގް

02 May 2024

ހަމާސުން އެބަ ހުރި އިޒްރޭލްގެ 200 ނުވަތަ 300 މީހުން އުޅޭ ޔަހޫދީ އަވަށްގަނޑު އެއްކޮށް ޤަތުލުކޮށް މަގުމައްޗަށް ވައްޓާލާފައި. ރާއްޖޭގައި 200 ނުވަތަ 300 މީހުން މިއުޅޭ ކުޑަ ރަށެެއްގެ އެންމެން ޤަތުލުކޮށް ބޯ ކަނޑައި ވައްޓާލަ ބަލަ، ޖެނީވާ ޤާނޫނު ހިފައިގެން ދިވެހި ސަރުކާރުން މި ކޯޓަށް ނާދޭތޯ، ދިފާޢީ ހަނގުރާމަ ޙައްޤުވެއްޖޭ ކިޔަމުން.

The name is already taken The name is available. Register?

ުެޮ34

08 June 2024

ކޮބާ ހެކި

The name is already taken The name is available. Register?

ޖާރނަލިސްޓް

02 May 2024

ތިޔާ ކަލޯ ދޮގު ޚަބަރް ދުވަހަކު ވެސް ތިޔާ ފަދަ އަމުރެއް ތިޔާ ކޯޓުން ނުނެރޭނެ. ތިޔާ ހުރިހާ ކޮޅަކުން ވެސް އިސްރާޢީލް ބަލިވާ ކަން ދައްކަން ހިންގާ ނަފްސާނީ ޕްރޮޕެގެންޑާ. އެއީ ތިޔާ ކޯޓުން ގެންގުޅޭ ޖެނީވާ ކޮންވެންޝަން ފަދަ އެއްޗެތީގައި ދިފާޢީ ހަނގުރާމަ ކުރެވޭ. އިޒްރޭލުން ހަނގުރާމަ ކުރީ ރަހީނުން ސަލާމަތް ކުރަން. ހަނގުރާމަ ފެށީ ހަމާސުން އިޒްރޭލްގެ ކުށެއް ނެތް 1500 ރައްޔިތުން ޤަތުލުކޮށްގެން. 300ހައި މީހުން އުޅޭ އަވަށް އެއްކޮށް ޤަތުލުކޮށްފައި އެބަ ހުރި.

The name is already taken The name is available. Register?

ނަތިންޔާހޫ

01 May 2024

ހަދާން ނައްތާލަންޖެހޭނީ. ތިޔަފަދަ އަމުރެއް އެމެރިކާގެ 51 އެއްވަނަ ސްޓޭޓް ގެ ވެރިނާއި ދެކޮޅަށް ކުރަން ކެރޭނެ މުވައްސަސާއެއް ދުނިޔެއަކު އަދި އެއް ނެތް. އަދި ހުކުމެއް ކުރިޔަސް އިޒުރޭލު ހިތަކަށް ނާރާނެ ކަހެރުވަކޭވެސް.

The name is already taken The name is available. Register?

ވެންގަބޯ

30 April 2024

ނަތަންޔާހޫގެ އަމުރައް ޒައިނިސްޓުން ވަނީ ފަލަސްތީނުގެ 34،000 އަށް ވުރެ ގިނަމީހުން ޝަހީދު ކޮށްލާފައިވަނީ ނަތަންޔާހޫއަށް އާ މިކަމުގައި ބައިވެރިވިމީހުން ވަގުތުން ވަގުތައް ހައްޔަރުކޮށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ވެސް ގޮވާލަން ފަލަސްތީނަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ދެއްވާންދޭވެ އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454