ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލާފައި.
30 އެޕްރީލް 2024 - 10:54
ރޭ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ، އޭގެ ދަށުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ރޭ ފަތިހު އެވެ.
އެ އިން ދަތުރުކުރި ފަސް މީހުން ކަނޑުވެ ހަތަރު މީހަކު ރޭ ފަތިހު ސީއެމްބިއުލާންސަށް ނަގާފައިވާ ކަމަށާއި އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު އެވެ. އެއީ ބިދޭސީއެކެވެ.
މީގެ އިރުކޮޅެއް ކުރިން އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ފެނުނުއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެ މީހާ ފެނުނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި އޮއްވައި ކޯސްޓްގާޑު ޑައިވަރުންނަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އިތުރު މައުލޫމާތެއް ނުދެ އެވެ.
މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވަރަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ މީހުން ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފްޖީ މަލިކު
30 April 2024
ވަރަށް ހިތާމަކުރަން
މަލިކު
30 April 2024
ނިޔާވި މަލިކު މީހެއް ކަމަށް ވަނީ. މުސްލިމެއް
ސީތާ
30 April 2024
ހިތާމަވެރި ޙާދިސާއެއް. މުސްލިމެއްނަމަ ފާފަ ފުއްސަވާ ޢަފޫކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި. އާމީން.
ޅޮލޮ
30 April 2024
މުސްލިމެއް ނޫންނަމަ ؟
ބުނަންތަ
01 May 2024
ޅޮލޮ! މުސްލިމަކު މަރުވެއްޖެނަމަ އެމީހަކަށް ފާފަ ފުއްސަވާ، ނަރަކައިން މިންޖު ކުރައްވާ، ސުވަރުގެ ދެއްވުން އެދި ދުއާކުރުން އެދެވިގެންވޭ. މުސްލިމަކަށް ނޫންނަމަ އެގޮތަށް ދުއާކުރުން ހުއްދައެއްނޫން. އެމީހަކަށް ވާނެ ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ.
ދިވެެއްސެއް
30 April 2024
އަހަރުމެން ދިވެހިންނަށް އެނގޭނީ ކޮޅުވެއްޓި ކީމަ. ނިޔާވި ބޭފުޅާއަށް ރަޙްމަތް ލައްވާށި. އާމީން