ށ. ފުނަދޫގައި މީހުން ނުކުމެ އިހުތިޖާޖު ކުރަނީ--
03 މެއި 2024 - 11:18
ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
ސިހުރު ހަދާފައި ހުރި ކަމަށް ބެލެވޭ ގަހެއް--
"ސިހުރު ހަދާ މީހާ ވަރަށް ގަދަ ކޮށްލައިފަ އެބަ ބުނޭ އަދިވެސް ބޭނުން އެއްޗެކޭ ހަދާލާނީ، އެއްވެސް ކަމެއް ނުކުރެވޭނެ އޭ،"
އޭނާގެ ބަންދުގެ މުއްދަތު ޖަހަން މިވަގުތު ހުރީ ފޮނަދޫ މެޖިސްޓްރޭޓަށް ހާޒިރު ކޮށްފަ އެވެ.
އަދި އެ ރަށު ރައްޔިތުން އަންނަނީ މެޖިސްޓްރޭޓް ކުރިމަތީ އިހުތިޖާޖު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯ
04 May 2024
ތީ އެއްވެސް އެޗެއް އިގޭ މީހެއް ނޫން ތީ ހަމަ ފައްކާ ރޯނު އެދުރެއް ނަމަކީ އުސްމާން ހަހަހަހަހހަހަހހަހަހަހަހަހަހ މާ މޮޅު ސިހުރުހަދާ މީހެއްކަމައް ހެދިގެން އުޅޭނީ
އަލީ ވާފިރު
03 May 2024
21 ވަނަ ޤަރުނުގައި ވެސް މީހުން ތިކަހަލަ ފޭކު ކަންކަން ޤަބޫލުކުރޭތަ... ދިވެހިން ކުރިނާރަނީ އެހެންވެ.
ގައު
04 May 2024
މިއީ ހަމައެކަނި ދިވެހިންގެ ތެރޭގަ އޮތް ކަމެއް ނޫން..ސިހުރު ހަދާ ދުނިޔޭގެ އެކި ހިސާބުތަކުގަ އުޅޭ މީހުންވެސް..ޣައިރު މުސްލިމު ގައުމުތަކުގަވެސް މުސްލިމު ގައުމުތަކުގަވެސް ސިހުރު ހަދާ މީހުން އުޅޭ..ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގަ އޮންނާނެ ސިހުރަކީ ހަޤީޤަތުގަވެސް ޖެހޭ އެއްޗެއް ކަން. އަދި ރަސޫލާގެ ސީރަތު އަޑުއަހާ މީހަކަށްވެސް އެނގޭނެ ރަސޫލާ ސޢވއަށްވެސް ސިހުރު ޖެހިވަޑައިގެންކަން.
ފެންސު
04 May 2024
ހިސާބައްވުރެ މީހާ މާއްދިއްޔަތައްގޮސް ހުސްވީމާ ރޫހާނިއްޔަތު ގަބޫލެއްނުކުރެވޭނެ. ތިމާގެލޮލަށް ނުފެންނަ އަދި ތަޖުރިބާނުކުރެވޭ ކޮންމެކަމެކަމެއް އެއީ ނެތްކަމެއް. ނަމަވެސް ޖައްވުގައި އިންސާނުންނަށް ޔަގީންނުވާ ކަމެއްގެ ވާހަކަވެސް އެބަ ގަބޫލުކޮށްލާ! އެއީ ތިޔަކަހަލަ މީހުންގެ ޖާހިލުކަމާއި ޢިލްމީފެންވަރު ފަހަތަށް ޖެހިފަހުރިވަރު އަންގާދޭކަމެއް.
ކަރިމޮވިޗް
04 May 2024
އަސްލުވެސް. ދިވެހިން އަދިވެސް އުޅެނީ ޖާހިލިއްޔަ ޒަމާނުގަ.
އަބްޑޫޅް +
03 May 2024
ހެއްހެއް. ކަލޭމެން މި ޒަމާނުގަވެސް ސިހުރު ހާހޫރަ، އިސްތިރި، ވަރިތޮޅި، ކިއްސައްޑެވި، ބުއްޑެވި، މުޅަދެވި، ކަފިކޮޅު، އަފިރިންފަރާ، އޮޑިވަރުރެއްސި، ރަންނަމާރި، ހާމުންޑި މިކަހަލަ މިކަހަލަ، ދެވި ދިޔޯ ގަބޫލުކުރަނީ ދޯ؟ ޗީޗީ، ހަމަ މައް ބީރަށްޓެހިން.
ގައު
04 May 2024
ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ މާނަ ބަލާލަބަލަ..ސިހުރަކީ ވާ އެއްޗެއްކަން އެނގޭނެ..
އަޅި އަލީ
03 May 2024
އިންތިހާބުން ބަލިވީމަ ހަޖަމް ނުވެގެން މޮހޮރު ޖެހީ!
1473
03 May 2024
އިސްލާމީ ޝަރީޢަތް ގާއިމް ނުކޮށް މިކަންކަން ރަނގަޅަށް ނުވާނެ
ޚސމސމ
03 May 2024
ހައްލަކީ އުމަރު
އަމީނު
04 May 2024
ކިހިނެއްބާ އިސްލާމީ ޝަރިޔަތުން މޮހޮރު ޖެހުން ހުއްޓުވެނި
ސިހުރު ވޯރކް ނުކުރާނެ
03 May 2024
އެއްފަހަރު ލިޔާނެ ފުނަދޫ އޭ އަނެއްފަހަރު ފޮނަދޫ އޭ . ސިހުރު ހެދިއޭ ބުނީމަ އެއްވެސް ކަމެއް ކުރާނެކަމެއް . ސިހުރަކުން ހާހޫރާ އަކުން ވާނެކަމެއް ނޯންނާނެ. ޤަބޫލެއް ނުކުރަން
ގައު
04 May 2024
ބަޤަރާ ސޫރަތުގެ 102ވަނަ އާޔަތުގެ މާނަ ބަލާލަބަލަ..ސިހުރުން ލިބޭ ގެއްލުމާއި ސިހުރަކީ ގެއްލުން ދެނިވި ޢިލްމެއްކަން އެނގޭނެ
ނޯ ޕުރޫފް
03 May 2024
މީހަކު މީހަކަށް ސިހުރު ހެދިކަން ޕްރޫވް ކުރެވޭނެ އެއްވެސް ގޮތެތް ނެތް. މީ ވިޗް ހަންޓު ކަހަލަ ކަމެއް. މީގެން ދައްކައިދެނީ ދިވެހީން އިންޓަލެކްޗުއަލީ ހުރީ އެތައް ގަރުނެއްގް ފަހަތުގަކަން.
މަނަދޫ
03 May 2024
މިރަށުގަ ވެސް ތި ބަލާ ވ ބޮޑު
ފިރުއައުނު
03 May 2024
މަގޭ ސުވާލަކީ ތީނާގެ ސިހުރު ބަނީއިސްރާއީލު ބާގައިގެ މީހުންގެ ސިހުރަށްވުރެ ބާރުގަދަހޭ
ނަނަނަ
03 May 2024
އެކަމަު މޮޅެއްނުވި...
ގެދާނޯމޮސް
03 May 2024
މާލޭޕޮލިހުންނަށް މިފަދަ ކަންކަމާ ގުޅޭކޭސް އެއްގެ ވާހަކަ އިނގުނަށް ބަލަނީ ބޯދަމައިގަނެވޭތޯއެވެ! ބިރުން :